ފިޠުރު ޢީދާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާގައި ކާފިއުއެއް އިޢުލާނުކުރަން އެ ގައުމުން ނިންމައިފިއެވެ.

މި އަހަރުގެ ފިޠުރު ޢީދާއި ދިމާކޮށް އެ ގައުމުން ދާާހިލީ ވުޒާރާއިން ވަނީ 5 ދުވަހު މުއްދަތަށް މުޅި ގައުމު ބަނދުކޮށް ކާފިއު ޢިއުލާން ކުރުމަށް ނިންމާފައެވެ. އެގޮތުން އެ ގައުމުގެ ރިޕޯޓްތަށް ބުނަގޮތުން އެ ގައުމުން މި ފިޠުރު ޢީދާ ދިމާކޮށް ކާފިއުއެއް ޢިއުލާންކުރަން ނިންމީ ޗުއްޓީ ތެރޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށާއި އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

ސައުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ވަނީ މި މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ މުއްދަތަށް ކާފިއު އިއުލާންކުރުމަށް ނިންމާފައެވެ. ނަމަވެސް ކާފިއުގެ މުއްދަތުގައި އެ ގައުމުގެ ފިހާރަތަކާއި ވިޔަފާރިތަށް ހުޅުވިފައި ހުންނާނެ ކަމުގައި އެ ވުޒާރާއިން ހާމަކުރެއެވެ.

ސައުދީ އަރަބިއްޔާއިން 5 ދުވަހުގެ ކާފިއުއެއް ހިންގުމަށް އެ ގައުމުގެ ދާހިލީ ވުޒާރާއިން ހަމަޖައްސާފައިވާއިރު ވިޔަފާރިތަކާއި އަދި ބައެއް ކަންތަށްތަކަށް ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެ ގޮތުން ކާފިއު ހިންގި ނަމަވެސް ކޮންމެ ދުވަހެއްގައި ހެނދުނު 9 އިން ހަވީރު 5 އަށް އާންމުންނަށް ބޭރުގައި އުޅެވޭނެ ކަމަށް އެ ގައުމުން ބުނެއެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފަށާ ސައުދީ އިން ވަނީ ނިމުނު މާރިޗު މަހު ތެރޭގައި އެ ގައުމުން ފެނުނު ފުރަތަމަ ވޭދަނަ (ކޭސް) ތަކާއެކު ފިޔަވަޅުތަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ޤައުމުން ކޮވިޑް-19 ފެތުރެން ފެށިފަހުން އެ ގައުމުން ވަނީ 24 ގަޑިއިރަށް ކާފިއު ޢިއުލާންކޮށް އުމުރާގެ އަޅުކަން މެދުކަނޑާލާފައެވެ. ނަމަވެސް އެ ގައުމުން މި ރަމަޞާން މަހާއި ދިމާކޮށް ވައިރަސްގެ އަސަރު ބޮޑަށް ކޮށްފައިވާ ސަރަހްއަދުތަށް ފިޔަވާ އެހެން ސަރަހައްދުތަކަށް ވަނީ ކާފިއުއަށް ލުއި ދީފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި މުޅި ދުނިެ ހަގުރާމަކުރަމުންދާއިރު ސައުދީއިން މިހާތަށް ވަނީ 44,830 މީހުން ބަލި ޖެހިފައި ވެއެވެ. އަދި އެ ގައުމުން 273 މީހުން މަރުވެފައިވާއިރު 17,622 މީހުން ވަނީ ރަނގަޅުވެފައެވެ. ސައުދީ އަރަބިއްޔާ ވެފައިވަނީ އަރަބި ގައުމުތަކުގެ ތެރެއިން ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަށެވެ.