މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން އިން ކޮވިޑް-19 ފެތުރެން ފެށި އިރުގައިވެސް ހޮންކޮންގުގައި މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، ވައިރަހުގެ އަސަރު އެ ގައުމަށްވެސް މާބޮޑަށް ކުރަން ފެށުމުން މުޒާހަރާތައް ވަނީ މެދުކަނޑާލާފައެވެ. މިހާރު ފެންނަ މަންޒަރުތަކުން އަނެއްކާވެސް އެކަން މިވަނީ ފަށާފައެވެ.

މުޒާހަރާގެ ބައިވެރިން މަގުތައް މައްޗައް ނިކުމެފައި ވަނީ ޗައިނާ ސަރުކާރުގެ ނުފޫޒުގެ ދަށުން ހޮންކޮންގުގައި ފާސްކުރަން ނިންމާފައިވާ ގާނޫނެއްގެ ސަބަބުންނެވެ. މި ގާނޫނުގެ ސަބަބުން ޗައިނާ އަށް ހޮންކޮންގުގެ މައްޗައް މިހާރަށް ވުރެން ބޮޑަށް ބޮޑެތި ބާރުތަކެއް ލިބިގެން ދާނެއެވެ.

މިއަދު ހޮންކޮންގެ އެތައް ހާސް ރައްޔިތުންތަކެއް މި ބިލް ފާސްކުރުމާއި ދެކޮޅަށް މުޒާހަރާ ކޮށްފައި ވާއިރު، ވައިރަސް ފެތުރެން ފެށި ފަހުން 8ށް ވުރެން ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އެެހެންކަމުން އެ ގައުމުގެ ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެެވެ.

މުޒާހަރާގެ ބައިވެރިން ހޮންކޮންގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮވާލައި ނޫ ކުލައިގެ ދިދަ ތަކެއް ހިފައިގެން މުޒާހަރާ ކުރިއިރު، ޗައިނާ އިން ބޭނުންވާ ބިލް ފާސް ކުރުމާއި އެކު މިފަދަ ކަންކަން ކުރުމަކީވެސް ކުށަކަށް ވެގެން ދާނެއެވެ.

މެދުނުކެނޑި 6 މަސް ދުވަހަށް މުޒާހަރާ ކުރުމަށް ފަހުގައި މިހާރު ފެންނަ މަންޒަރުތަކުން އަނެއްކާވެސް އެކަން މިވަނީ އަލުން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙައްގުބަސް

    ރާއްޖޭގައިވެސް އިދިކޮޅުން މުޒާހަރާ ޖައްސަން ނުވޭތަ؟ މިގޮތަށް މާސްކު އަޅައިގެން ވީވަރަކުން ގައި ދުރުކޮށްގެން މުޒާހަރާ ނުވަތަ އިޙްތިޖާޖު ކުރަން އެނަޖެހޭ!! އެއީ އެމްއެމްއޭގެ ހަޒާނާ ހުސްކޮށް އެތަން ވަޅުގަނޑަކަށް ހަދާކަމަށް ތުހުމަތުކޮށް ގިނަބަޔަކު ވަހަކަދައްކާތީ1 ޕްރޮވިޑެންޓު ފަންޑުގައި ފައިސާ ނެތްކަމަށާއި އިންވެސްޓްކޮށްފައިވާކަމަށް ބުނާތީ!! ބުނެދޭން އެބަޖެހޭ ޖުމްލަ ފައިސާ ފަންޑުގައި ހުރި ޢަދަދާއި އިންވެސްޓު ކުރެވިފައިވާނަމަ އިންވެސްޓްކުރި ދާއިރާތަކާއި ޢަދަދާއެކު!! ސާފުކޮށް ބުނެދޭންޖެހޭ!! ދެބައިކުޅަ އެއްބައި ބުނެފަ ހުއްޓާލީމަ ކަމަކުނުދޭ!! ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ!! ކޯޓުގައި އޮތްކަމަށް ހައިލަމް ހާމަކުރި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ 50 މައްސަލަ ނުބަލާ ވަޅުލާފައިވާތީ!! ދީނާ ދެކޮޅު ބަޔާންނެރެފައިވާތީ!! ދައުލަތުގެ އިސް ފަރާތްތަށްކަމަށް ބެލެވޭ މީހަކު/ބަޔަކު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ބޯން ތިބި ބަޔަކާއެކު ބަރ އެއްގެތެރޭ ނަށާ ނާޗަރަންގީ ކުޅެފައިވާތީ!! އެކަމާ ފިޔަވަޅު ނާޅާތީ!! ދެ މިނިސްޓަރެއްގެ ދޭތެރޭ ދެކެވުނު ފޯނުކޯލެއްގައި ކޮރަޕްޝަންކަމަށް ބެލެވޭ ކަންތައްތަކާއި ބޭއަދަބީ ވާހަކަ ދައްކާފައިވާތީ! އެކަމަށް ފިޔަވަޅު ނާޅާތީ!! ރައިސްކަމަށް އަންނަންކުރި އެތައްސަތޭކަ ވަޢުދެއްގެތެރެއިން ރައްޔިތުންނާ ސީދާ ގުޅުންހުރި އެންމެ ވަޢުދެއްވެސް ފުއްދުނުތަން ނުފެންނާތީ!! އެކަންވިގޮތް ބަލަން! މިސަރުކާރު ވެރިކަމާއި ޙަވާލުވިއިރު ގައުމުގައި ހިނގަމުން އައި ޕޮރޮޖެކްޓްތައް ހުއްޓުވާފައިވަތީ!! އެކަންވިގޮތް ބަލަން!! ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރާއިރު ކޮންމެވެސް ހިޔަލީ/އަފީފު ކިޔާ މީހަކާ މިބަޔަކު އުފައްދައިގެން އުޅޭ ކުންފުންޏެއް މެދުވެރިކޮށް ހުރިހާ އެއްޗެއް އެތެރެކޮށް ކޮރަޕްޝަންކަމަށް ބެލޭވޭ ކަންތައްތަކެއް ހިންގާތީ އެކަން ބަލަން ބާރު އެޅުމުގެ ގޮތުން!! ވަޒީފާއިން މީހުން ވަކިކުރާތީ!! ވަޒީފާ ނުލިބި މަގުމަތީވާ މީހުން އިތުރުވާތީ!! މިރާއްޖޭގައި ގަވާޢިދާއި ޚިލާފަށް އުޅޭ ފަރާތްތަށް ގައުމުން ފޮނުވާލާ ރާއްޖޭގެ ބޯޑަރ ހަރުދަނާ ކުރަން މަސައްކަތް ނުކުރާތީ!! މިކަހަލަ އެތައްކަމެއްގެ އަޑުއުފުލާ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށާއި މުޅި ދައުލަތަށް އަޑު އިއްވުމުގެ ގޮތުން ސުލްޙަވެރި މުޒާހަރާއެއް ނުވަތަ އެއްވުމުމެއްނަމަވެސް ބާއްވަންޖެހޭ!! ޑިމޮކްރަސީ ފައްކާވާނީ އޭރުން!!

    3
    1