އިންޑިއާގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ރޭޕްކޮށްލުމަށްފަހު، ވަޅެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނިއްޖެއެެފެ.
އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ހަފްތާ ބުރާސްތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަދްޔަ ޕްރަދޭޝްގެ ޗައްޓަރްޕޫރްގެ ވަޅެއްގެ ތެރެއިންނެވެ.
އެ ކުއްޖާގެ ރިޕޯޓްތައް ދައްކާގޮތުން އެ ކުއްޖާ ވަނީ ރޭޕްކޮށްފައެެވެ. އަދި އެ ކުއްޖާ އޮތީ މަރާލާފައި ކަންވެސް ވަނީ އެނގިފައެވެ.
އެި ކުއްޖާގެ ކޭސްއާއި ގުޅިގެން ފުލުހުންގެ ތަހުގީގު ބާރަށް ކުރިއަށް ނުދާ ކަމަށް ގަލްފް ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ މައްސަލަ ބެލުމަށް ފަރުވާ ކުޑަ ކުރަމުންދާ އޮފިސަރުންތަކެއް އެބަ ހުރި ކަމަށާއި، އެ މީހުންގެ މައްސަލަ ބަލަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
"އެއީ ތެދެއްކަން ކަށަވަރުވެއްޖެނަމަ، އެކަމުގައި އުޅުނު އެންމެންވެސް ސަސްޕެންޑް ކުރާނަން"ޗައްޓަރްޕޫރްގެ ގެ ސުޕްރިންޑެންޓް އޮފް ޕޮލިސް ކުމާރް ސައުރަބް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މީގެ އިތުރު މިއަދު އުމުރުން އުމުރުން 9 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި މީހަކު ވަނީ އިންޑިއާއިން ހައްޔަރުކޮށްފައެވެ.
އެކަން މީޑިއާތަކަށް ކިޔާދެމުން އެ ކުއްޖާގެ މަންމަ ބުނެފައި ވަނީ، ދަރިފުޅު ރޭޕްކޮށްފައި ވަނީ އަވައްޓެރިއެއް ކަމަށެވެ.
"އަހަރެން ހީކުރީ އޭނާ އަހަރެންގެ ދަރިފުޅު ގެންދިޔައީ ކުޅެން ކަމަށް، އެކަމަކު ކުއްލިއަކަށް އަޑުއިވުނީ ދަރިފުޅު ހަޅޭލަވާގަތް އަޑު އަހަރެން ގޮސް ބެލިއިރު އޭނާ އޮތީ ދަރިފުޅު ރޭޕް ކުރަން". އެ އަންހެން މީހާ ބުނެފައި ވެއވެެ.
އެކުއްޖާގެ މެޑިކަލް ރިޕޯޓްތައް ދައްކާގޮތުން އެ ކުއްޖާ ވަނީ ރޭޕްކޮށްފައެވެ.
2016 ވަނަ އަހަރު ތެރޭގައި އެކަނި އިންޑިއާގައި 40,000 އަށް ގިނަ ރޭޕްގެ މައްސަލަތަކެއް ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިޔާ ދުވަހަކުވެސް ރަނގަޅެއް ނުވާނެ
އިންޑިއާގަ އުޅެނީ ހައްތާ ހިންދޫންތަ؟ ކުޑަކުދީންނާ ހިންދޫން އިނދެހަދާތަ ދީނީ ގޮތުން؟
އެބައި މީހުން ބުނެތެއެވެ! "އީސްޓް އޯރ ވެސްޓް، އިންޑިޢާ އިޒް ދި ބެސްޓް" - މި ޚަބަރުންވެސް މި ބަސް އިތުރަށް ސާފުވީ!
ރޭޕިސްތާން.
ކޮބާތަ އަންނި ކޮބާ ފެނޭތަ ރީނދޫ ކުދިންނަށް އެއީ އިންޑިޔާގައި ހިގިކަމެއް ތޯ އަންނި ކުރެން އަހާލަބަ ފަހަރެއްގައި ފަހަރެއް ގައި އޮޅުމަކުން ޖެހިފަ އިންޚަބަރަ ކަށްވެސް ވެދާނެ ކޮބާތަ އަންނިޔަށް ޖާނާއި މާލުން ފިދާވާ ރީނދޫ ކުދިންކޮޅު މިޚަބަރު ކިޔާލަން ކެރޭވަރު ވޭބާ!