މެކްސިކޯގައި ކޮވިޑް-19 ޖެހިގެން އިތުރު 947 މީހަކު މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އެކަނި ވެސް މެކްސިކޯގައި 5,437 މީހަކު ފައްސިވެފައިވެއެވެ. ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރޭ ގައުމުތަކުގެ ތެރޭގައި މެކްސިކޯ ހިމެނެއެވެ. ކޮވިޑް-19 ޖެހިގެން މިހާރު އެންމެ ގިނަ ބަޔަކު މަރުވާ އެއް ގައުމަކީ ވެސް މެކްސިކޯއެވެ.

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން މިހާތަނަށް 24,324 މީހަކު ވަނީ މަރުވެފައެވެ. އަދި 196,847 މީހަކު ވަނީ ފައްސިވެފައެވެ. އެ ބަލި ޖެހިގެން މިހާތަނަށް 149,318 މީހަކު ރަނގަޅުވެފައިވާ އިރު، ބަލީގައި ފަރުވާދެމުން ދަނީ 23,205 މީހުންނަށެވެ.

އަދި އެ ގައުމުގައި ބަލި ޖެހިގެން ސީރިއަސް ހާލަތުގައި 378 މީހަކު އެބަތިއްބެވެ.

މެކްސިކޯގެ އިތުރުން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އިން މީހުން މަރުވާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، އެމެރިކާ ހިމެނެއެވެ.