ތާރީޚު ބުނާގޮތުގައި، 1940 ވަނަ އަހަރާއި 1945 ވަނަ އަހަރާ ދެމެދު، ޖަރުމަނުވިލާތުގައި ވަނީ ގާތްގަނޑަކަށް 1.1 މިލިޔަން ޔަހޫދީން މަރާލާފައެވެ. އެފަރާތްތައް މަރާލާފައިވަނީ އޯޝްވިޓްޒް-ބިރްކެނޯއޫ ކޭމްޕުގައި، އެޑޮލްފް ހިޓްލަރުގެ ނާޒީ އިންކަމަށްވެސް ތާރީޚު ބުނެއެވެ. މިކަންކަމަށް ތާރީޚުގައި ދީފައިވާ ނަމަކީ ހޮލޮކޯސްޓް އެވެ.

އިސްވެ ފާހަގަކޮށްފައިވާ ކަންކަމަކީ ދޮގެއްކަމަށް ބުނި އުމުރުން ދުވަސްވީ މީހަކު ޖަލުގައި ބަންދުކުރުމަށް، ޖަރުމަނުގެ ކޯޓަކުން ވަނީ ޙުކުމްކޮށްފައެވެ. އޭޕްރީލް 23 ވަނަ ދުވަހު އެޤައުމުގެ ޖަލުތައް ބަލަހައްޓާ ފަރާތްތަކާ، އެމީހާ ހަވާލުވުމަށް އަމަރުކޮށްފައިވީނަމަވެސް، އޭނާ ހަވާލުވެފައެއް ނުވެއެވެ. އަދި، އޭނާވަނީ ވީ ނުވީ އެއް ނޭނގި ގެއްލިފައެވެ.

އުރްސުލާ ހަވަބެކް ނަމަކަށް ކިޔާ 89 އަހަރުގެ މި އަންހެން މީހާ ހޯދުމުގެ މަސައްކަތް، ޖަރުމަނު ފުލުހުން ފުޅާ ދާއިރާއެއްގައި ކުރަމުންދާއިރު، އެއީ ނާޒީ މާމަގެ ގޮތުގައި މީޑިޔާތަކުން ދަނީ ސިފަކުރަމުންނެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި 2008 ވަނަ އަހަރުގެ ތެރޭގައި، އުރްސުލާ ހިންގި ޓްރެއިނިން ކޭމްޕެއްވެސް، ނާޒީ އިންގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ބުނެ ބަންދުކޮށްފައިވެއެވެ. އަދި، އޭގެފަހުން ބައެއް ޓީވީތަކަށް ބަސްދީގަތުން ދިނުމަށްފަހުވެސް ހޮލޮކޯސްޓަކީ ބޮޑު ދޮގެއްކަމަށް ބުނެފައިވެއެވެ. އަދި، އެއީ މިހާތަނަށް ބަޔަކު ހަދާފައިވާ އެންމެ ދެމެހެއްޓެނިވި ދޮގުކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރު ޓީވީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އުރުސުލާ ހޯދަމުންދާއިރު އޭނާ ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ދެ އަހަރުގެ މުއްދަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަފީފް

    އެއީ ތެދެއް. ނުމަރާ. ހުސްދޮގު. އަހަރެމެންގެ ހިސްޓްރީވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި. އެކަމު މީކީ އެމީހުންހެދި އެންމެބޮޑު އަދި ދިގުދެމިގެންވާ ދޮގެއް ނޫން. އަދި އޮތީ....... ވިސްނާ....... މީފަހުޒަމާން. .... ޑޯންޓް އަންޑަރއެސްޓިމޭޓު މިބައިގަނޑު...... މިއޯޅުވާލުންތައްމީ ސީދާ ޝައިތޯނާގެ ޑިރެކްޓް ކޮމާންޑުގެދަށުން ހިންގާކަންކަން.......
    ހޯދާވިސްނާފިމީހަކު ކޮސްވާނެ........ ހައްގާއި ބާތިލް ވަކިކުރުމަށް އޮތްހަމައެކަނި މެނުއެލް އަކީ ނުވަތަ ރެފެރެންސްއަކީވެސް ހަމައެކަނި ކީރިތި ގުރުޢާން....... ވިސްނާ..... ނޫނީ ދެދުނިޔެވެސް ގެއްލުވާލާނެ މިމަކަރުވެރި ކޮމާންޑަރު

  2. މުހންމ

    އަހަންވެސް ހިޔެންނުވެ ހެޓިލަރު ޔަހޫދީ މެރިހެނެ

  3. ހުސޭނުބޭ

    ޔަހޫދީން މެރި މީހުންގެ ޢަދަދު ޖަހާލިނަމަ މި ލިއުން ފުރިހަމަވީސް.

  4. މާސްޓަރ

    ތިޔަބުނާ ފައްކާ ޑިމޮކްރަސީގަ އެހާކުރީގެ ތަނެއްދޮރެއްނެގޭ ތާރީޚަކާމެދު އެމީހެއްގެ ޚިޔާލުފާލޫކުރީމާ 02 އަހަރުގެ ޖަލުޙުކުމެއް އަންނަން ޖެހޭ ގޮތް ނުވިސްނިގެން މިއުޅެނީ.

  5. ޖިންނި

    ރޯ ބުހުތާނު ދޮގު އޭރު މުޅި ދުނިޔޭގަ 2 މިލިޔަން ޔަހޫދީން ނޫޅޭ އެކަމަކު ހިޓްލަރ 6 މިލިއަން ޔަހޫދީން މަރާލި