ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ރަޝިއާގެ ރައީސް ކަމުގައި 2024 ވަނަ އަހަރާއި ހަމައަށް ހުރުމަށްފަހު އަދި އިތުރު ދެދައުރު ވެރިކަން ކުރެވޭ ގޮތައް ރަޝިއާގެ ޤާނޫނު އަސާސީ އިސްލާހް ކުރަން ނެގި ވޯޓަށް ރަޝިއާގެ ރައްޔިތުން ރުހުން ދީފިއެވެ.
ކުރިން ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ލަފާކުރީ ޕޫޓިންގެ މަގުބޫލުކަން ދަށްވެފައި ވާތީ ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ވޯޓް ކަމިޔާބު ކުރަން ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ރަޝިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ 99 އިންސައްތަ ފޮށީގެ ވޯޓް ގުނައި ނިމުނުއިރު 77 އިންސައްތަ މީހުން ވަނީ ޤާނޫނު އަސާސީ އިސްލާހު ކުރަން ތާއިދު ކޮށްފައި ކަމަށެވެ. ޤާނޫނު އަސާސީ އިސްލާހް ކުރުމާއި ދެކޮޅަށް 21 އިންސައްތަ މީހުން ވޯޓް ދިނެވެ. 65 އިންސައްތަ މީހުން ވަނީ ވޯޓް ލާން ނިކުމެފައެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާތީ ވޯޓް ލުން މިބޭއްވީ ކުރިން ވޯޓް ލުން ކުރިއަށް ގެންދަން ނިންމި ތާރީޚަށްވުރެ ފަހުންނެވެ. ކުރިން ނިންމާފައި އޮތީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ވޯޓް ލުން ކުރިއަށް ގެންދާށެވެ.
އުމުރުން 67 އަހަރުގެ ޕޫޓިން މިހާރު ވެރިކަމުގައި ހުރީ ރައީސް ކަމުގެ ދެވަނަ ދައުރުގައެވެ. އޭނާ ވަނީ މީގެ ކުރިން ރަޝިއާގެ ބޮޑުވަޒީރުކަން ވެސް ދެދައުރު ކުރައްވާފައެވެ. އެހެންކަމުން 2024 ވަނަ އަހަރު ނިމޭއިރު ޕޫޓިން ރަޝިއާގެ ވެރިކަމުގައި ހުންނަވާތާ 20 އަހަރު ވާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޕޫޓިން ޤާނޫނު އަސާސީ އަށް މިހާރު އިސްލާހު ހުށަހަޅުއްވާފައި ވަނީ އުމުރު ދުވަހު ވެރިކަމުގައި ހުރުމަށްޓަކައެވެ.
ރާއްޖޭ މޯދީ މި ކަމުން ފަރުމާން ނަގަން އުޅެފާނެބާ.
ރަނގަޅިއްޔާ ބަހައްޓަންވީ
ހުދުމުޚުތާރު