ކޮވިޑް-19 ފުރަތަމަ ފެތުރިފައި ވަނީ ޗައިނާގައި ނޫން ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ޔުނިވަސިޓީ ކަމަށްވާ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ބުނެފިއެވެ.
އޮކްސްފޯޑްގެ ސެންޓާ ފޯ އެވިޑެންސް ބޭސްޑް މެޑިސިން (ސީއީބީއެމް) ގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެއް ސައިންސްވެރިޔާ ޑރ.ޓޮމް ޖެފާސަން ވިދާޅުވީ އޭޝިއާގައި ކޮވިޑް-19 ފެތުރިގެން ދިއުމުގެ ކުރިން ދުނިޔޭގެ ކޮންމެވެސް އެހެންތަނެއްގައި ކޮވިޑް-19 ފެތުރިފައިވާކަމަށް މިހާރު ލިބެމުންދާ ހެކިތަކަށް ބަލާފައި ގަބޫލު ކުރެވޭ ކަމަށެވެ.
މިދިޔަ ހަފްތާގައި ސްޕޭންގެ ނަރުދަމާ ނިޒާމިން ނެގި ފެން ދިރާސާ ކޮށްގެން ކުރި ތަހްލީލްތަކުން ހާމަވެފައިވާ ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހު ސްޕޭންގައި ކޮވިޑް-19 ވައިރަސް އޮތެވެ.
ސްޕޭންގެ މިލާންގެ ނަރުދަމާގެ ނިޒާމުން ނަގާފައިވާ ފެނުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މިލާންގައި ވެސް ޑިސެމްބަރު މަހު މެދުތެރޭގައި ވައިރަސް އުޅުނެވެ. އަދި ބްރެޒިލްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވައިރަސް އުޅުނު ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
"އަހަރެންނަށް ގަބޫލު ކުރެވެނީ ވައިރަސްގެ ފެށުން ގުޅިފައި އޮތީ ޗައިނާ އާއި ނޫން ކަމަށް. ވައިރަސް ފުރަތަމަ ފެތުރުނު ތަނަކާއި ދެން ވައިރަސް އަށް އައިސްފައިވާ ބަދަލުތައް ދެނެގަންނަން އިތުރު ދިރާސާތައް ވަނީ ކުރަން ޖެހިފައި." ޑރ.ޖެފާސަން ވިދާޅުވިއެވެ.
ކޮވިޑް-19 ފުރަތަމަ ފެތުރުނީ ކޮންތަނެއްގައި ކިހިނެއްކަން ދެނެގަނެވިއްޖެނަމަ ވައިރަސް އާއި ދެކޮޅަށް ބޭނުން ކުރާނެ ފަރުވާއެއް ހޯދުމަށާއި އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތައް ފިޔަވަޅުތައް އަޅަން ފަސޭހަ ވެގެން ދާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.
ތިޔަ ހުރިހާ އިލްމެއް އެންމެ ރަނގަޅަށް ހުންނާނީ އަހަރެމެންގެ ފޮތުގައި
ތިވާނީ އެމެރިކާގެ އުފެއްދުމަކަށް
އަންނި މިކަމުގަ އެއްމެ އަޑީގަ އުޅޭނެ އޭނަޔާ ސުވާލު ކޮއްލީމަ ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ.