ތުރުކީގެ އިސްތަންބޫލްގައި ހުންނަ އަޔާ ސޯފިޔާ މިސްކިތުގައި މިއަދު ހުކުރު ނަމާދު ކޮށްފިއެވެ. މިއީ މިމިސްކިތުގައި ފާއިތުވި 86 އަހަރު ތެރޭގައި ނަމާދެއް ކުރި ފުރަތަމަ ފަހަރެވެ.

އަޔާ ސޯފިއާ އަކީ އެންމެ ފުރަތަމަ ކްރިސްޓިއަނުންގެ ފައްޅިއެކެވެ. ޢުޘްމާނީ ދައުލަތުގެ މަޝްހޫރު ޚަލީފާ ސުލްތާން މުހައްމަދުލްފާތިޙް 1453 ވަނައަހަރުގެ މޭމަހު، ބީޒެންޓައިން އެމްޕަޔާގެ ވެރިރަށް މިހާރުގެ އިސްތަންބޫލް ފަތަހަ ކުރެއްވުމަށް ފަހު އަޔާ ސޯފިޔާގެ ބިމާއި އެއިމާރާތް އަގުދެއްވާފައި ބައްލަވައިގަތެވެ. އެއަށްފަހު އެތަން މިސްކިތެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ނަމަވެސް ތުރުކީވިލާތުން ވަނީ މީގެ 86 އަހަރު ކުރިން އެއީ މިއުޒިއަމެއް ކަމަށް ކަނޑައަޅާފައެވެ. އެއާއި އެކު މީގެ ދެހަފްތާ ދުވަސް ކުރިއާއި ހަމައަށް އެއީ މިއުޒިއަމެވެ. އިސްތަންބޫލަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް ބިނާތަކުގެ ތެރޭގައި އަޔާ ސޯފިއާ ހިމެނެއެވެ. 2019 ވަނަ އަހަރު ވެސް އަޔާ ސޯފިޔާ ބަލާލުމަށް 3.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

އަޔާ ސޯފިޔާ އަލުން މިސްކިތަކަށް ބަދަލު ކުރީ އެތަން މިސްކިތަކުން މިއުޒިއަމަކަށް ބަދަލު ކުރީ ޤާނޫނާއި ހިލާފަށް ކަމަށް ތުރުކީގެ ކޯޓަކުން ނިންމުމުންނެވެ.

މިއަދު އަޔާ ސޯފިޔާގައި ކުރި ހުކުރު ނަމާދުގައި ތުރުކީގެ ރައީސް ޠައްތިބު އުރުދޮޣާން އާއި ތުރުކީ ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސްމަގާމުތައް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހުކުރު ނަމާދަށް ފަހު ދެން ހުރިހާ ނަމާދެއް ވެސް އަޔާ ސޯފިޔާގައި ކުރުން އޮންނާނެއެވެ. އަދި މިސްކިތް އަލުން ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން މެދުކެނޑުމެއް ނެތި 24 ގަޑިއިރު ވަންދެން މިސްކިތުގައި ޤުރުއާން ކިޔެވުމުގެ ހަރަކާތެއް ވެސް މިހާރު ކުރިއަށް އެބަގެންދެއެވެ.

ތުރުކީ ސަރުކާރުން ބުނާ ގޮތުގައި އަޔާ ސޯފިޔާ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ފަތުރުވެރިންނަށް މިސްކިތް ބަލާލުމުގެ ފުރުސަތު އޮންނާނެއެވެ. ދެން މިސްކިތައް ވަންނަން އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ތުރުކީ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ހާގިއާނސޯފިއާ. ކްރިސްޓިއަނުންގެ މުގައްދަސް ޗާރޗެއް. އުސްމާނީ ހިލާފަތުގައި ހިފީ. މިހާތަނަށް ހުރީ މިޔުޒިއަމްއަކަށް.

    4
    18
    • ގެރިކުޑޭ

      ސްޕޭނަކީ މުސްލިމުންގެ ބިމެއް، ކްރިސްޓިޔަނުން އެގައުމު ފޭރިގަތީ! މުސްލިމުން ގަތުލުކުރީ، ފޮތްތަށް އަންދާލީ!

      19
      • Anonymous

        އެއީ އިސްލާމީ ހިލާފާވެއްޓުމުންނާއި އިނގިރޭސި ވެރިކަމުގައި އޭރު ހުތި ކިންގް ޖޯންގެ ނުބައިކަން. އަދި ސޮލީބީ ހަނގުރާމައަކީ ސީދާ ދައްޖާލު ޝައިޠާނުންލައްވާ އިންސާނުންގެ މައްޗަށް ބާރުފޯރުވި ބިރުވެރި އަދި މުސްލިމު އުއްމަތް ނެތިކޮށްލުމަށް ހިންގި ހަނގުރާމައެއް ހަނގުރާމަ ނިމުނުއިރު ނަފްރަތާ ބަދަލުހިފުން ނޫން އެއްޗެއް ޔޫރަޕް މީހުންގެ ހިތުގައި ނެތް. އެއީ 14 ވަނަ ގަރުނު. އިސްލާމީ ހިލާފަ ނިމުނީ 11 ވަނަ ގަރުނުގައި. ރަނގަޅަށް ކަންކަން ނޭގިތިބޭތީ މުސްލިމުންނަކީ ޖާހިލުންނޭ ޔޫރަޕްމީހުން އެގޮވަނީ.

    • ގެރިބޯ

      ކީކޭ ކަލޭ ކިޔަން ތިޔަ އުޅެނީ؟

    • ގަނެފައި

      ސުލްތާން ފާތިހު އާއި އޭނާގެ މުސްލިމް ލަޝްކަރު އިސްތަންބޫލް ފަތަހަ ކުރެއްވުމަށްފަހު އީސްޓަރން އޯރތޮޑޮކްސް ކްރިސްޓިއަނުން އަތުން އެފައްޅި އަމިއްލަ ޚަރަދުގައި ބައްލަވައިގަނެ މިސްކިތަކަށް ބަދަލު ކުރެއްވީ. އެއަށް ފަހު އަތާ ތުރުކު ކިޔާ ސެކިއުލަރިސްޓަކު ތުރުކީއަށް ޒިޔާރަތްކުރި ހުޅަނގުގެ ކްރިސްޓިނެއްގެ ބަހަށް އަޔާ ސޫފިއާ ބަންދުކޮށް ދާރުލް އާޘާރަކަށް ބަދަލުކުރީ. މިފަހުން އުރްދުޢާން އަލުން މިސްކިތަކަށް ބަދަލު ކުރެއްވީ.

    • ތެލުލިމަސް

      އެ އޮތީ ލާރި ދީފަ ގަނެ މިލް ކު ކުރި ކަމަށް ދެން ކޮން ވާހަ ކައެއް ދައް ކަން އޮންނާނީ

      6
      1
  2. ޖިންނި

    އެކަމެއް މެދުކެނޑުނު ޤައުމުން އެ ކަމުގެ ދެ ވަނަ އަދި ފަހު ބައި ފެށޭނެ ނަމަ އުއްމީދު ކުރެވޭ ގޮތަކީ ، ވުން ކައިރި ގޮތަކީވެސް އެއީ ބުއްދިވެރި ގޮތަކީވެސް އެއީ ކަމަށް ވެދާނެ 2030 ގެ ކުރިން ކަޅުކަނޑަށް ދެވަނަ ކެނަލް އެޅުމުގެ ކުރިން އިސްލާމީ ޚިލާފަތެއް ދެވަނަ ފަހަރަށް " ޤިސްތަންތާނިއްޔާ " އިން އިޢުލާން ކުރާނެ ކަމަށް ލަފާކުރެވޭ.

    14
    1
  3. އަހުމަދު

    ޢަލްހަމްދު ލިއްލާހި

    31
    1
  4. މައިމޫނާ

    މިއީ މުސްލިމުން ފަޚުރުވެރިވާން ޖެހޭ ބިނާއެއް

    17
    1
  5. Anonymous

    ޝުކުރިއްޔާ އުރުދޮޣާން.

    14
    1
  6. އަލީ

    ﷲއަކްބަރ

    18
    1
  7. ބައްލަވައިގަތީ

    ސުލްތާން ފާތިހު އާއި އޭނާގެ މުސްލިމް ލަޝްކަރު އިސްތަންބޫލް ފަތަހަ ކުރެއްވުމަށްފަހު އީސްޓަރން އޯރތޮޑޮކްސް ކްރިސްޓިއަނުން އަތުން އެފައްޅި އަމިއްލަ ޚަރަދުގައި ބައްލަވައިގަނެ މިސްކިތަކަށް ބަދަލު ކުރެއްވީ. އެއަށް ފަހު އަތާ ތުރުކު ކިޔާ ސެކިއުލަރިސްޓަކު ތުރުކީއަށް ޒިޔާރަތްކުރި ހުޅަނގުގެ ކްރިސްޓިނެއްގެ ބަހަށް އަޔާ ސޫފިއާ ބަންދުކޮށް ދާރުލް އާޘާރަކަށް ބަދަލުކުރީ. މިފަހުން އުރްދުޢާން އަލުން މިސްކިތަކަށް ބަދަލު ކުރެއްވީ.

    6
    1
  8. ޒުހުރާ

    ފަހަރެއްގައިވެސް މުސްލިމުންނަށް ބުނި ދެރަ ބަހެއްނޫން. އެއީ ހަގީގަތް. މިސްކިތްތައް ހަދަންވާނީ އޭގެ ބިނގާވެސް މިސްކިތުގެ ގޮތުގައި އަޅައިގެން ކަމަށް ވަނީ. މުސްލިމުންނާކްރިސްޓިއަނުން (ޔަުރަޕުގައި އުޅޭ ކްރިސްޓިއަނުންނެއްނޫން) ގެ މެދުގައު ރުޅިވެރިކަންއުފެއްދުމަށް ކުރިކަމެއް ހާގިޔާ ސޯފިއާ އެމީހުންގެ އަތުން ފޭރިގަތުމަކީ. އެކަމަު މުސްލިމުން ކޮންސްޓަންޓިނޮޕޯލް ހިފާ ހާގިއާ ސޯފިއާ އޮތޮޑޮކްސް ކްރިސްޓިއަނުންނަށް ފަހު ޒަމާނުގައި ދޭނެކަމަށް ހަދީޘްގައިވާކަަށްއިލްމުވެރިން ވިދާޅުވެފައި އެބަހުރި

    2
    2
  9. Anonymous