ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރު "ފެއިލް" ވެފައިވާ ކަމަށް ވިދާޅުވެ، ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރ މަނާލް އަބްދުއްސަމަދު އިސްތިއުފާދީފިއެވެ.

އާދީއްދަ ދުވަހު މަނާލް އިސްތިއުފާ އިއުލާނުކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އިސްތިއުފާ ދިނުމަށް ނިންމީ ބެއިރޫތުގައި މިދިޔަ ހަފްތާގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާ އާއި ގުޅިގެން، ސަރުކާރުން އެކަމާއި އިހުމާލުވާން ޖެހޭ ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އެހެންކަމުން މި ހާދިސާ އާއި ގުޅިގެން ބެއިރޫތުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށްވެސް ބަޔާނުގައި މަނާލް ވިދާޅުވެފައި ވެއެވެ.

މަނާލް އަކީ ބެއިރޫތު ގޮވުމުގެ ހާދިސާއަށްފަހު ލުބުނާނުގެ ކެބިނެޓުން ފުރަތަމަ އިސްތިއުފާދިން ވަޒީރެވެ. އޭނާގެ އިތުރުން ލުބުނާނު ސަރުކާރުގެ އިސް ބައެއް އޮފިޝަލުން އަންނަނީ މި ހާދިސާ އާއި ގުޅިގެން އިސްތިއުފާ އިއުލާނުކުރަމުންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގައި 150 އެއްހައި މީހުން ވަނީ މަރުވެފައެވެ. އަދި 5000 އެއްހައި މީހުން ޒަޚަމްވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ލުބުނާނުގެ އިސް ބައެއް ފަރާތްތަކުން މަޤާމުން އިސްތިއުފާ ދެމުން މިދަނީ، މި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ކަރަޕްޓު ވެރިން" ކަމަށް ބުނެ ލުބުނާނުގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެތައް ހާސް ބަޔަކު ބައިވެރިވާ މި މުޒާހަރާ ހޫނުވެ އިއްޔެ ވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީގެ އިދާރާވެސް، މުޒާހަރާގެ ބައިވެރިންގެ އަތްދަށަށް ގެންގޮސްފައެވެ.

ބެއިރޫތުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައި ނުވީނަމަވެސް، ގޮވުމުގެ ބާރު އިތުރަށް ގަދަވެ ގެއްލުން ބޮޑުވީ ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަނުގައި ރޯވުމުން ކަމަށް އޮފިޝަލުން ބުނެއެވެ. މި ގުދަނުގައި ނުރައްކާތެރި ގޮވާތަކެތި ހުރިކަން މީގެ ކުރިން އެކި ފަހަރުމަތީން އިދާރާތަކުގެ ސަމާލުކަން ގެނެވިފައިވާކަން ތަހުޤީޤުތަކުން ހާމަވެފައި ވެއެވެ.

އެހެންކަމުން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ގުދަންކުރެވިފައި ހުރި މި ތަކެއްޗާއި މެދު ފިޔަވަޅެއް އެޅިފައި ނުވަނީ، ބައެއްގެ ބާރާއި ނުފޫޒުންނެވެ. ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބް ވެސް ވަނީ، މި ހާދިސާ ހިނގީ ކަރަޕްޝަންގެ ސަބަބުން ކަމަށް ވިދާޅުވެ، އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮކްޓޭލ

    މިއީ ކިހާ ރީތި މިސާލެއްތޯ މިގައުމުގަވެސް އަލިފާނުގެ ހާދިސާއެއް ވެރިރަށުގަ ހިގިއިރު އަލިފާން ހިފާޒާތްގެ އެއްޗިހި ތަކެއް ނުފޫޡް ގަދަ ބަޔެއްގެ ހުރުމުން އެތައް ގެތަކެއް އަދާ ދިޔަ އިރު ޒިންމާވާނެ މީހަކު ނުވި އެކަމަކު ޕޯޑިއަމްތަކުގައި ތަހުޒީބް ގައުމުތަކުގެ މޮޅުވާހަކަ ދައްކާފަ ވާކަމެއް ވީކަމެއް ހަރާމް ރިހޭ ފޮއިމައްޗައް ފައި

    15
    1
  2. ސަޒާ

    ކިހާރީތި މިސާލެއް. މިގައުމުގަ މިއުޅެނީ އޮފީހުގަތިބޭ ކުދިންކޮޅުގެ ގަޔަށް އަރާފަވެސް ކަރަޕްސަނާ ވައްކަން ކޮށްފަވެސް ވަޒީފާ ދިފާޢުކުރަން. އަމިއްލަ އެދުންބޮޑުބައެއް ދިވެހިންނަކީ. މިސަރުކާރު އައިފަހުން ކިތައްމީހުންގެ ބަޑަށް ކުދިން މަރުވެއްޖެ. ހޮސްޕިޓަލްގެ އިހުމާލުން ކިތައްމީހުން މަރުވެއްޖެ. އެކަމުވެސް ހެލްތު މިނިސްޓަރުވެސް މަވަރެއްނެތިގެން އެބަ ވާހަކަ ދައްކާ

    13
    2
  3. ނަވީން

    މިހެން ހިގާ އެންމެ ޙާދިސާއަކީ ސަރުކާރު ފެއިލްވެއްޖެކަމަށްބުނެ އިސްތިޢުފާދޭންވީ ކަމެއް ނޫނެވެ. ހިނގާދިޔަ ޙާދިސާއިން ޢިބްރަތްލިބިގަނެ މުސްތަޤުބަލް ރަވާން ޢަޒުމު ކަނޑައަޅަންވީ ވަގުތެވެ. ދިވެހި ރާއްޖޭގެ ކުރީގެ ރައީސްގެ ޒަޢާމަތުގައި އަވަސްއަވަހަށް ގެތަކުން ފެންކަނޑާގެންގޮސް އެންމެފަހުން އަލިފާންރޯވެ ފެންކުންފުނި މެޝިންތަކާއެކު އަނދާ ހުލިވިއެވެ. އެކަން ޙައްލުކޮށްލިގޮތާ ކަރަންޓް ވިއުގަ ގުޅާލަން ކޮށްފައިހުރި ދުރުވިސްނޭ މަސައްކަތް އެހުރީ ފެންނާށެވެ. އިސްތިޢުފައެއް ނުދެއެވެ. މަނާލު ވާންވީ މިކަހަލަ މީހަކަށެވެ.

    3
    3
  4. ސަނީ

    މި ރާއްޖޭނުވާނެ ތިހިން، ކަން ކަން ގޯސްވި ގޯސްވިހެން ބަލާނީ ތަނައް ފައިގަދަ ކުރުމައް..

    3
    1
  5. ދަރަނި ދަންތުރަ

    ރީނދޫގުރޫޕު މިއީ ޒިންމާ ކިޔާއެއްޗެއް ދަންނަ ބައެއްނޫން މުޅިގައުމު ފުނޑިގެންދާއިރުވެސް ގަދަބަސް ބުނެލަ ބުނެލަ އެތިބެނީ މިހާރު މިގައުމުގައި ރައީސަކަށް އެމް ޑީ ޕީ އަށް ނިސްބަތްނުވާ މީހަކު ރައީސްކަމުގައި ހުރިނަމަ މުޅިގައުމުގައި އަލިފާން ރޯކޮށްފީސް ސަރުކާރުގެ ހުރިހާ އޮފީހެއް ތަޅާ ސުންނާފަތި ކޮށްފީސް ކެނެރީގޭ ނަސީދު މަޖީދީމަގު މެދުގައި އެނދު ބަހައްޓައިގެން ނިދަން ފަށައިފީސް ....

    2
    2
  6. ޒޫނާ

    ލެބަނަންގެ މުސްލިމު ގިނަ އުޙުތުންނަކީ ޒަމާނީ ފެޟަނަށްގޮސް ހުސްވެފަވާބަޔެއް. މާތްﷲ އެންގެވި ގޮތަށް ހެދުންއަޅާ ނިވާވެފަ ތިބޭނީ ވަރަށް މަދު އުޙުތުން ތަކެއް. މިއީ އެތަނެއް ހަލާކުވެ ދިއުމުގެ އެންމެ ބޮޑު އެެއް ހަޤީޤަތް.