ކެއުމަށް ރައްކާކޮށްފައި ބެހެއްޓުމަށް އާންމުން ގެންގުޅޭ އޮޅު ކުއްތާތައް އުތުރު ކޮރެއާގެ ސަރުކާރާ ހަވާލުކުރުމަށް އަމުރުކޮށްފިއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެގައުމުގެ ރައީސް ކިމް ޖޮންގް އުން ވަނީ އެގައުމުގައި އޮޅު ޖަނަވާރު އާންމުން ގެންގުޅުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގޭގައި އެފަދަ އޮޅު ޖަނަވާރެއް ގެންގުޅޭ ނަމަ، އެ ގެންގުޅޭ މީހަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ. އަދި ގެތަކުގައި ގެންގުޅުނު އޮޅު ޖަނަވާރުތައް ކަމާބެހޭ ފަރާތްތަކުން ވަނީ އަތުލައިފައެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އެގައުމުގެ ސަރުކާރުން އަންނަނީ އޮޅު ޖަނަވާރުގެ ތެރެއިން އެންމެ ގިނަ ބަޔަކު ގެންގުޅެމުން އަންނަ ކުއްތާތައް ސަރުކާރާ ހަވާލުކުރުމަށް އާންމުންނަށް އަންގައިފައެވެ. އެއީ އެގައުމަށް އެކަށީގެންވާ މިންވަރަށް ކެއުމަށް އެއްގަމު މަސް ނުލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެއެވެ.

މިހާރު ވަނީ ސަރުކާރުގެ ބައެއް ޒޫތަކަށް ކުއްތާތައް ޖަމާކުރަން ފަށައިފައެވެ. މިތަކެތި އެއްގަމު މަހުގެ ގޮތުގައި ރެސްޓޯރެންޓުތަކަށް ވިއްކާނެއެވެ.

ޔޫއެންގެ ރިޕޯޓުތަކުން ދައްކާގޮތުން ނިއުކްލިއަ މިސައިލް އުފެއްދުމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތްތަކާއި، އެކު އާންމުންގެ 60 އިންސައްތަ މީހުން އަންނަނީ ކާނާ ރައްކާކުރަން ފަށައިފައެވެ.

ދެކުނު ކޮރެއާގައި ކުއްތާ މަސް ކެއުމަކީ އާންމު ކަމަކަށްވެފައި ވީނަމަވެސް، އުތުރު ކޮރެއާގައި މި ޖަނަވާރުގެ މަހެއް ނުކައެވެ. އެމީހުން ކުއްތާ ގެންގުޅެނީ އޮޅު ޖަނަވާރުގެ ގޮތުގައި އެކަންޏެވެ.

ކުއްތާގެ މަސް އެންމެ ގިނައިން ކައި އުޅެނީ ހޫނު މޫސުމުގައެވެ. އެ މަސް ކެއުމުން ގައިގެ ވަރުޖެހި ބާރު ގަދަވާ ކަމަށް އެ ކާ މީހުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތްރެވި

    އުތުރު ކޮރެއާގެ ހުދުމުޚުތާރު ތަޚުތަށް ވެޑުވިގެން އިން ޖައްބާރު ވެރި "ކުއްތާ" ޤައުމުން ދަމާ ނެރެ ބައިނަލްއަޤުވާމީ "ހަވަރަށް" ދިނުން ކިހިނެތް ވާނެ؟؟؟

    2
    2