އޯޝަނިއާގެ ޤައުމެއް ކަމަށްވާ ޕަޕުއާ ނިއު ގިނީގެ ބައެއްގެ ގޮތުގައި އޮންނަ "ބޯގަންވިލާ" ނަމަކަށް ކިޔުނު ރަށަށް ރައީސަކު އިންތިޚާބު ކޮށްފިއެވެ.

ވަކި ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ޤައުމަށް ރައީސެއްގެ ގޮތުގައި އިންތިޚާބުކޮށްފައި ވަނީ، ކުރިން އެ ސަރަޙައްދުގެ އިދިކޮޅު ޕާޓީގެ ހަތިޔާރުއެޅި ގޮފީގެ ކޮމާންޑަރެއްގެ ގޮތުގައި އުޅުއްވި އިސްމައިލް ތޮރޯމާއެވެ. އޭނާ އަކީ އެޤައުމު ޕަޕުއާ ނިއު ގިނީން ވަކިކޮށް މިނިވަން ޤައުމަކަށް ހެދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާއެވެ.

ބޯގަންވިލާ މިނިވަން ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވަނީ އެޤައުމުގައި އުޅޭ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް ރަސްމީކޮށް އެގޮތަށް ނިންމާނީ މިއަހަރުގެ ފަހުކޮޅުއެވެ. އެޤައުމު ޕަޕުއާ ނިއު ގިނީން ވަކިކުރުމަށް ރައްޔިތުންގެ ވޯޓަކަށް ދާން ނިންމާފައިވަނީ، ސިޔާސީ ޕާޓީތަކުން އެކަމަށް ގޮވާލަމުންދާތާ ގިނަ އަހަރުތަކެއް ވެފައި ވަނިކޮށެވެ.

ބޯގަންވިލާ މިނިވަން ކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ބޮޑެތި ޤައުމުތަކުން ވެސް މީގެ ކުރިން ގޮވާލާފައި ވެއެވެ.

ޤައުމެއްގެ ދަރަޖަ ލިބުނުނަމަވެސް އެޤައުމު ވެގެންދާނީ ދުނިޔޭގެ އެންމެ ކުޑަ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ.

ޕެސިފިކް ކަނޑުން އޯޝަނިއާގައި ވަކިން ޖަޒީރާ ރަށެއްގެ ގޮތުގައި އޮންނަ ބޯގަންވިލާއަކީ 9300 ކިލޯމީޓަރުގެ ދިގުމިން ހުންނަ ބޮޑު ރަށެކެވެ. 1900 ފަހުކޮޅު އަލަށް މީހުން އާބާދުވާން ފެށި މިރަށުގައި ދެލައްކައަށްވުރެ ގިނަ މީހުން މިހާރު ދިރިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަ

    ތީ އިބުރާމެން ޤައުމް... ދިވެހިންނާއި ކިހާވައްތަރު..

    7
    2
  2. ފަތުހުﷲ 7-11

    އައްޑޫ އަތަޅު 2030 ވަނަަހަރު ވަކިގައުމެއްގެ ގޮތުގަ އޮންނާނެ ކަމަށް ލަފާކުރެވޭ'

    9
    21
    • ކެނެރީގޭ މީހާ

      މޮޔަ ނުގޮވާ ގޮސް ފެންތައްޓެ ބޮއެގެން އިދެބަަލަ...

      2
      1
  3. ހަސަން ފޭދޫ

    ރާއްޖޭން ޔޫކޭ އަށްވެސް ހުންނަނީ 9000 ކިލޯމޯޓަރ، ތިޔަ ރަށުގަ އެބަހުރި 9300 ކިލޯމީޓަރ. ތީ އަނެއްދުނިޔޭގެ ރަށެއްބާ!

    1
    1