ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އިންޑިއާގައި ހުންނަ ނޭޝަނަލް ސެންޓަރ ފޯ ސެއެސްމޮލޮޖީން ބުނީ އެ ގައުމަށް ބިންހެލުން އައިސްފައި ވަނީ 6.2 މެގްނެޓިއުޑް ބާރުމިނުގައި ކަމަށެވެ.

ޔޫއެސްޖީސީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޕަޕުއާ ނިއުގިނީގެ ކިމްބެގެ 108 ކިލޯމީޓަރު ދުރަށް އައިސްފައި ވަނީ 6.5 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މި ބިންހެލުމާއި ގުޅިގެން އިތުރު ތަފްސީލެއްވެސް އަދި ލިބިފައެއް ނުވެއެވެ.

މީގެ ތިން ދުވަސް ކުރިންވެސް ޕަޕުއާ ނިއު ގިނީ އަށް ބަރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެފަހަރު އައިސްފައި ވަނީ 6.2 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.

ޕަޕުއާ ނިއުގިނީއަކީ އޯޝޭނިއާގެ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނީފް

    ބިންހެލުންތައް ގިނަވަނީ، ފާޙިޝްކަންކަން ޢާއްމުވަނީ، އެއީ މާބޮޑުކަމަކަށް މިހާރު ނުދެކޭ..