ޕަޕުއާ ނިއު ގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ބިންހެލުން އައިސްފައިވަނީ މީގެ ކުޑައިރުކޮޅެއް ތެރޭ، ޕަޕުއާ ނިއު ގިނީގެ ވެރިރަށް މޯސްބައިއަށް ކަމަށެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 80 ކިލޯމީޓަރު އަޑިން ރެކްޓަރ މިންގަނޑުން 7.2 ބާރުމިނުގައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު، ސުނާމީގެ އިންޒާރު ވެސް ނެރެފައެއް ނުވެއެވެ.