ކުވޭތުގެ އަމީރު ޝައިޚް ސަބާހް އަލް-އަހުމަދު އަލް-ޖަބްރު އަލް ސަބާހް އަވަހާރަވެއްޖެ އެވެ.

ޝައިޚް ސަބާހް އަވަހާރަވިއިރު، އުމުރުފަޅަކީ 91 އަހަރެވެ. އެމަނިކުފާނު އަވަހަރާވެފައި ވަނީ، އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަމުން ދަނިކޮށެވެ.

ޝާހީ އާއިލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު، ޝައިހް އަލީ ޖައްރާ އަލް-ސަބާހް ވަނީ ކުވޭތުގެ އަމީރު އަވަހާރަވިކަން މިޑީއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ޝައިޚް ސަބާހް އުފަންވެ ވަޑައިގެންނެވީ 1929 ވަނަ އަހަރުގައި އެވެ. އޭނާ އަކީ ކުވޭތު މިހާރު މިދެކޭ އުމްރާނީ ތަރައްޤީގެ ހަގީގީ މޭސްތެރިޔާ އެވެ. އެމަނިކުފާނު ވަނީ ކުވޭތުގެ ފޮރިން މިނިސްޓަރުކަން ސާޅީހަކަށް އަހަރު ކުރައްވާފައެވެ. އެމަނިކުފާނު ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ 1963 ވަނަ އަހަރުއެވެ. ފޮރިން މިނިސްޓަރުގެ މަގާމުގައި އެމަނިކުފާނު 2003 ވަނަ އަހަރާއި ހަމައަށް ދެމިހުންނެވިއެވެ.

އޭގެ ފަހުން ޝައިޚް ސަބާހް ހުންނެވީ ކުވޭތުގެ ބޮޑުވަޒީރުގެ މަގާމުގައެވެ.

ކުވޭތުގެ އަމީރުކަމުގެ މަގާމާއި ޝައިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ ޝައިޚް ޖަބާރް އަލް-ސަބާހް 2006 ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެންނެވެ.

އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޝައިޚް ސަބާހް އަށް ކުރިމަތިވި ކުއްލި އާލާސްކަންފުޅެއްގެ ސަބަބުން ޝައިޚް ސަބާހް ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިވަޑައިގެންނެވިއެވެ.

އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ ކޮންކަހަލަ އާލާސްކަންފުޅެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅު ރަނގަޅުނުވުމުގެ ސަބަބުން މިދިޔަ ޖުލައި މަސް ތެރޭގައި އެމެރިކާއަށް ވަޑައިގެންނެވިއެވެ. އެމެރިކާ އަށް ޝައިހް ސަބާހް ގެންދެވީ އެމެރިކާގެ އަސްކަރިއްޔާ އިން ކުވޭތަށް ފޮނުވި ހާއްސަ ފްލައިޓެއްގައެވެ. އެ ފްލައިޓަކީ ހޮސްޕިޓަލަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް ލިބެން ހުންނަ ފްލައިޓެކެވެ. އެމެރިކާގައި އެމަނިކުފާނު ސާޖަރީއެއްވެސް ކުރައްވާފައިވާ ކަމަށް "އަލްޖަޒީރާ" އިން ރިޕޯޓްކޮށްފައި ވެއެވެ.

ޝައިހް ސަބާހް އަކީ ކުވައިތީ އާއިލާގެ ފަރާތުން ކުވޭތުގެ ވެރިކަން 15 ވަނަ އަށް ކުރެއްވި ލީޑަރެވެ. ޝައިހް ސަބާހްގެ އާއިލާ އިން ކުވޭތުގެ ވެރިކަން ކުރައްވަމުން ގެންދަވާތާ މިހާރު 250 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    Oki

    4
    20
  2. މާމިގިލީ މީހާ

    މިވެސް ބުރޭކިން ނިއުސް އެއްތަ. ދިވެހިންނައް ކޮން ކަމެއް މިކަލޭގެ މަރުވިއްޔާ.

    4
    67
    • Anonymous

      އަހަރުމެން މުސްލިމުންނަށްވެ ތިބެ މީހެއްގެ މަރުގެ ހަބަރު ލިބުމުން ތިހެން ބުނުމަ ކީ ހެޔޮވާވަރުގެ ކަމެއްނުން، އަހަރުމެން ހުރިހާ އެންމެންނަ ކީވެސް ބަރުޒަޚުގެ ޢާލަމަށް ދަތުރު ކުރާނެ ބައެއް.

      34
      2
    • އެއްކަލަ ގޮލާ

      އާން. ކީތް ދޯ. އިންޑިޔާ ފިލްމު ކުޅޭ މީހެއް މަރުވިއްޔާ ކަލޭ ވެސް ހުންނާނެ ފޯރި.

      30
      2
  3. އަހުމަދު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    36
  4. ގލ

    އިންނާލިﷲ ވައިންނާއިލަހި ރާޖިއޫން.

    33
  5. ސަޢުދިއްޔާ ޢަބްދުﷲ

    إناالله وإنا إليه راجعون