ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރަން ލަންކާ އިން އަނެއްކާވެސް މަޝްވަރާތައް ފަށަން ނިންމައިފިއެވެ. މީގެ ކުރިން ލަންކާގެ ވެރިކަމުގައި ރާޖަޕަކްސަ ހުންނެވިއިރު ވެސް ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް އައުމާއިއެކު އެމަޝްވަރާތައް އިތުރަށް ކުރިއަކަށް ނުދިޔައެވެ.
ރާޖަޕަކްސަގެ ކޮއްކޮ ގޮތަބަޔާ މިހާރު ލަންކާގެ ރައީސް ކަމުގައި ހުންނެވިއިރު، ލަންކާގެ ބޮޑުވަޒީރަކީ ރާޖަޕަކްސައެވެ. ދެބޭފުޅުންނަކީ ވެސް ޗައިނާ އާއި ވަރަށް ގާތް ދެބޭފުޅުންނެވެ.
ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމުގެ މަޝްވަރާތައް އަލުން ފަށަން ލަންކާ އިން ނިންމިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ވެސް ޗައިނާ އާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރިއެވެ. ދެގައުމުން އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެއްބަސްވުމާއި ގުޅޭ ގޮތުން ރާއްޖޭގެ ޓެކްސް ޤާނޫނުތަކަށާއި އިމްޕޯޓް ޑިއުޓީގެ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެވި އޮތުމުން އެއްބަސްވުމުގެ ފައިދާއެއް ނުކުރިއެވެ. ރައީސް ޞާލިހްގެ ސަރުކާރުން ވަނީ އެއެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.
ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމުން ޗައިނާގެ މުދާ ލަންކާ އަށް އެތެރެ ކުރާއިރު ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އަދި ލަންކާގެ މުދާ ޗައިނާ އަށް އެކްސްޕޯޓް ކުރުމުގައި ވެސް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.
ރާޖަޕަކްސަ އިއްޔެ ވަނީ ޗައިނާގެ އެންމެ އިސް އެއް ޑިޕްލޮމެޓް ކަމަށްވާ ޔަންގް އާއި ބައްދަލު ކުރައްވާފައެވެ. ދެބޭފުޅުން ބޭއްވި މަޝްވަރާތަކަށް ފަހު ރާޖަޕަކްސަ ވިދާޅުވީ ޗައިނާ އާއި އެކު ލަންކާ އިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ސަބަބުން ލަންކާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް މަތިވެގެން ދާނެ ކަމަށެވެ.
ރާޖަޕަކްސަ އިއްޔެ ވަނީ ދަނޑުވެރިކަމާއި، ތައުލީމާއި، ފަތުރުވެރިކަމާއި ސިއްހީ ދާއިރާ އިން އަދި ލަންކާ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ޗައިނާގެ ޑިޕްލޮމެޓް ޔަންގް އާއި މަޝްވަރާ ކުރައްވާފައެވެ.
ރާޖަޕަކްސަގެ ދެބެއިން ލަންކާގެ ވެރިކަމަށް އައުމާއި އެކު ޗައިނާ އާއި ލަންކާގެ ގުޅުން އަނެއްކާވެސް އަންނަނީ އިތުރަށް ބަދަހިވަމުންނެވެ.
ޜާއްޖެއަށް ލިބުނު ރަނުގެ ފުރުސަތު ދޫކޮއް އިންޑިޔާގެ އަޅުވެތިކަމަށް. ޢެވެސް
ދިވެހި ގައުމުން ޗައިނާއާ އެކު ކޮށްފައިވާ މިނިވަންވިޔަފާރިގެ އެއްބަސްވުން ތަންފިޒު ނުކުރަންޖެހޭ ސަބަބެއް އެބައޮތްބަ؟މިހަރުވެސް ރާއްޖެއަށް ޗައިނަ އިން އެތެރެ ކުރާ މުދާ އުޅެނީ ވަރަށް މަތީގަ ރާއްޖެއިން ޗައިނާ އަށް މުދާ އެކްސްޕޯޓް ކުރުމަށް ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ތައާރަފް ކޮށްދީ ޗައިނާ މީހުން ސައުގުވެރިކަން ހުރި އައިޓަމްތައް ޗައިނާ އަށް އެކްސްޕޯޓް ކުރުމުގެ މަގު ފަސޭހަކަމާއެކު އޭރުން ހާސިލް ކުރެވޭނެ. ޗައިނާ އާ އެމްރިކާގެ ވިޔަފާރިން ބޮޑުނަފާ ލިބެނީ ޗައިނާ އަށް.އެމެރިކާ ޖަޕާން ބޮޑުނަފާ ލިބެނީ ޖަޕާނަށް ޗައިނާ އައި ޖަޕާނގެ ވިޔަފާރިން ބޮޑުނަފަ އޮތީ ޗައިނަ އަށް އެއީކީއްވެ؟ އެއީ އެގައުމުތަކުގެ އުފެއްދުން އެގައުމުގެ ރައްޔިތުންނަށް އަގު ބޮޑުވެފަ ޗައިނާގެ އުފެއްނުން އަގުހެޔޮވެފަ އެމީހުންގެ ބޭނުންތައް ފުރިހަމަކުރެވޭތީ. އަހަރުމެންވެސް އެކްސްޕޯޓް އިތުރުކޮށްފިނަމަ ޗައިނާއަށް ވުރެ ބޮޑުނަފާ ޗައިނަ މާކެޓުން ހޯދުމުގެ ފުރުސަތު އެބައޮތް.
މިހެންވުމުން މި އެގުނީ ލަންކާ ވެރިންގެ ބޯގަޅިކަް ތާ އަދި އަޅުގަނޑުމެންގެ ވެރިންގެ ބުއްދިވެރިކަން، ޗައިނާ އަތްދަށުނުވާން! ސާބަހޭ ދިވެހި ވެރިން! ބޯ ހަލާކު!
ޗައިނާ އާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާ ގައުމުތަކުގެތެރެއިން ހަމައެކަނި ގެއްލުންވަނީ ދިވެހިރާއްޖެއަށް... މަރުމޯލި ރަޢީސް ރޯނުއެދުރު ބުނެފިއްޔާ ރީނދޫ ފިޔޮށްތައް ތިބޭނެ ގޮވާލަ ގޮވާލަ.... ހޭބުއްދި ފިލާދިޔައިމާ އެމީހުންގެ ބުއްދީގެ ލަގަން ދޯކޮށްލައިފައިވަނީ މަރުމޯލި ރަޢީސް ރޯނުއެދުރު އަތަށް.... ވަރަށް ސަލާމް
ލަންކާގެ ހައިވޭތަކަށް ބެއްޔަސް، ޕޯޓަށްބެއްޔަސް، މިޒަމާނުގެ ތަރައްގީ ލަންކާހޯދަނީ ޗައިނާގެ އެހީގަ. މީ ލަންކާގެ ކޮންމެ ރައްޔިތަކުވެސް ގަބޫލު ކުރާކަމެއް. އިންޑިއާ އެކަންކަމުގެ ތެރެއަށް ވަންނަން އުޅުނަސް އިންޑިއާގެ އެފެންވަރު ނެތްކަމާ އިންޑިއާގެ ތަރައްގީއކީ މިޒަމާނަށް ފެތޭ ތަރައްގީއރއް ނޫންކަން ވެސް އެނގޭ. ރާއްޖެ މިހާލަތުގާ އޮއްވާ އަނެއްކާވެސް ލަންކާ ކުރިއަރާދާނެ. އިންޑިއާގެ އަތްދޮށުވެއްޖެނަމަ އެބަޔަކު އުޅެންޖެހޭނީ ތަރައްގީ ނުދެކި.
އިންޑީއާ އަތްދަށުވެ ދިވެހިރާއްޖެ ވާނީ އަޅުވެތި. ތަރައްޤީއެއް ނުވާނެ.