ނިއުޒިލޭންޑްގެ ބޮޑުވަޒީރުކަން ދެވަނަ ފަހަރަށް ޖަސިންޑާ އާޑާން ކާމިޔާބު ކުރައްވައިފިއެވެ.
އެޤައުމުގައި މިއަދު ބޭއްވި އާއްމު އިންތިހާބު ޖަސިންދާ ކާމިޔާބު ކުރައްވާފައިވަނީ 49 އިންސައްތަ ވޯޓުންނެވެ. ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ. ބޮޑު އިންސައްތަ އަކުން ޖަސިންޑާގެ ޕާޓީ ކާމިޔާބުވުމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބާއަށް 64 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ގުނާފައިވަނީ 77 އިންސައްތަ ވޯޓެވެ.
ޖަސިންދާ އަށް ބޮޑުތަނުން ކުރި ލިބުމުން އިދިކޮޅުން ވަނީ އެފަރާތުގެ ނަން އިންތިހާބުން ނަންގަވާފައެވެ.
ޖަސިންދާ އިންތިހާބު ކާމިޔާބު ކުރުމުން އިދިކޮޅު ޕާޓީގެ ލީޑާރު ކޮލިންސް ވަނީ އެކަމާއި މަރުހަބާ ވިދާޅުވެފައެވެ.
"ބޮޑުވަޒީރު ޖަސިންދާ އާޑާން އަށް ވަނީ ފޯނުން ގުޅައި މަރުހަބާ ދަންނަވާފައި. އެއީ ހަމަ ހައްގު ވޯޓުތައް." ކޮލިންސް ވިދާޅުވިއެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ތިން ހަފްތާ ފަހުން އިއުލާން ކުރަން ހަމަޖެހިފައިވާ އިރު އާޑާން ވިދާޅުވިީ އެގައުމުގައި ކުރިއަށް އޮތް ތިން އަހަރަށް ވެރިކަން ކުރާނީ ލޭބާ ޕާޓީން ކަމަށެވެ.
"ފާއިތުވި 50 އަހަރު ތެރޭ ލޭބާ ޕާޓީއަށް ނުދޭ ފަދަ ބޮޑު ތަރުހީބެއް މިރޭ ނިއު ޒީލޭންޑުން ވަނީ މި ޕާޓީއަށް ދީފަ. ކުރިއަށް އޮތް ތިން އަހަރު ސަރުކާރު ހިންގާނީ ލޭބާއިން ކަން ވަނީ ކަށަވަރުވެފައި،" އާޑާން ވިދާޅުވިއެވެ.
އެގައުމުން ޖަސިންދާ އަށް އެހާ ބޮޑު ތަރުހީބެއް ލިބިފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރައްވާފައިވާ މަސައްކަތާއި ގުޅިގެންނެވެ. އެކަމަނާ މަގާމަށް ހޮވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.
އެގޮތުން ބަލާއިރު، އެގައުމަކީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ އެންމެ ފުރަތަމަ ބޯޑަރުތައް ބަންދު ކުރި އެއް ގައުމެވެ. އަދި މަދު އަދަދެއްގެ ބަޔަކު ފައްސިވުމުން ވަނީ ފުރަބަންދުވެސް ކޮށްފައެވެ.
މީނައަކީ ވިސްނުންތެރި ކަނބަލެއް. މީނައަކީ ޔާމިން ވިސްނުން ކަހަލަ ވިސްނުމެއް ގެންގުޅޭ ކަނބަލެއް. އީވަމެން މާރިޔާމެން ކަހަލަ އަޅުގަނޑުވެ ވިއްކާ ކަނބަލެއްނޫން.
މަރުހަބާ