އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވާދަކުރައްވާ ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރައްވާ ޖުމްލަ 273 އިލެކްޓޯރަލް ވޯޓް ކަށަވަރު ކުރައްވައިގެންނެވެ.
ޕެންސިލްވޭނިއާގެ ވޯޓް ބައިޑެން ކާމިޔާބު ކުރެއްވިކަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އެމެރިކާގެ ހުރިހާ ބޮޑެތި މީޑިއާތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި ބައިޑެން ވަނީ ޕެންސިލްވޭނިއާގެ ވޯޓް ކާމިޔާބު ކުރައްވާފައެވެ.
އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނެ ބައިޑެން އަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ.
ބައިޑެން ވަނީ 1973 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަައަށް އެމެރިކާގެ ސެނެޓް މެންބަރުކަން ކުރައްވާފައެވެ. ސެނެޓްގެ މެންބަރުކަން 36 އަހަރު ކުރެއްވުމަށް ފަހު ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްއެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އޭނާ ހުންނެވިއެވެ.
ބައިޑެން ވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގެ އެންމެ އިސްސަފުގައި 44 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ.
77 އަހަރުފުޅުގެ ބައިޑެން މަތީ ތައުލީމް ހާސިލް ކުރެއްވީ ޤާނޫނީ ދާއިރާއިންނެވެ. އޭނާ ފާހަގަ ކުރެވުނީ ވަރުގަދަ ޑިޕްލޮމެޓެއްގެ ގޮތުގައެވެ. ހާއްސަކޮށް ސެނެޓްގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ދިގު މުއްދަތެއް ވަންދެން ބައިޑެން ކުރެއްވި މަސައްކަތްޕުޅަށް ގިނަ ބައެއްގެ ތައުރީފް ލިބިފައި ވެއެވެ.
ބައިޑެން ވެރިކަމަށް ވަޑައިގެންނެވުމުގެ ވާހަކަތައް ފުރަތަމަ ދެކެވެން ފެށުނީ 1992 ވަނަ އަހަރު އެވެ. ނަމަވެސް އެއަހަރު އޭނާ ވާދައެއް ނުކުރައްވައެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ވެސް އޭނާ ވެރިކަމަށް ކުރިމަތިއްލެވުމުގެ ވިސްނުން ގެންގުޅުއްވިއެވެ. ނަމަވެސް އެންމެ ފަހުވަގުތު ނިންމެވީ އިންތިޚާބުގައި ވާދަނުކުރެއްވުމަށެވެ.
2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާ ބައިޑެން ޑިމޮކްރަޓިކް ޕާޓީ ޕްރައިމަރީގައި ކެމްޕޭން ވެސް ކުރެއްވެވިއެވެ. ނަމަވެސް ބަރަކް އޮބާމާ އާއި ހިލަރީ ކްލިންޓަން ފަދަ މަގުބޫލް ބޭފުޅުންނާއި ވާދަކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވެވޭތީ ފަހުން ނަން އަނބުރާ ގެންދެވީއެވެ.
2016 ވަނަ އަހަރު ރިޔާސީ އިންތިޚާބު އައިއިރު ޑިމޮކްރަޓިކް ޕާޓީ މެންބަރުންގެ މެދުގައި އެންމެ މަގުބޫލް ލީޑަރެއްގެ ގޮތުގައި ހުންނެވީ ބައިޑެން އެވެ. ބައިޑެން އެފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާ ވަރަށް އަރިސް ބޭފުޅުންނާއި މަޝްވަރާ ކުރެއްވެވިއެވެ. ނަމަވެސް އެދުވަސްވަރު އޭނާގެ ދޮށީ ދަރިކަލުން ކެންސަރުގެ އާލާސްކަންފުޅުގައި އަވަހާރަވުމުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން ދޫކޮށްލެއްވީއެވެ.
މަރުހަބަ
الحمد لله
ބަ އިޑެން މަރުހަބާ މުސްލިމުން ނަށް އިހްތިރާމް ކުރާނެ ކަމަށް އު އް މީދު ކުރަން
ލާދީނީ ޓްރަންޕް ގެ ޒަމާންދިޔެއީ.
ހަމަ ރަގަނޅު އާމީން.. ކޮބާ ޓްރަމްޕު ދެންވެސް ފޮނި ބާސާ ނުކަޑައްޗޭ...
ބައިޑަން އަކީ ވަކި ރަގަނޅު މީހެއްނޫނުން...މުސްލިމުންނައް އިޙްތިރާމްއޭ އެއީ ދަޅައެއް
އީރާނުން އިންޒާރު ދީފައިވޭ ދެން އަންނަ ރައީސެއް ސަރެންޑަރ ކުރަން ޖެހޭނެ ކަމަށް އީރާނައް
އަޅެ މީގެ މާނައަކީ ކޮބައިބާ؟؟ކޮންކަމެއް ވާންބާ މިއުޅެނީ؟؟
ހަނގުރާމަ އިސްރާއީލު ގެ މައްޗައް
މަރުހަބާ .. މުސްލިމުންނަށް އިހުތިރާމް ކުރަ އްވާނެކަމަށް އުންމީދުކުރަން!! ފަސޭހަފުޅުވިވަގުތެ އްގާ ދިވެހިރާ އްޖެ އަށްވެސްދަތުރުފުޅެ އްކުރެ އްވުމަށް އަޅުގަނޑުގެ އަމި އްލަނަމުގާ ދަ އުވަތު އަރުވަން.
ޜާ އްޖެ ނާންނާތި. ތިމީސް މީހުން ދާތަންތާ ފަށަނީ ހަނގުރާމަ.
ބޭބެގެ ނަމުގަ ބައިޑެންއަށް ތަހުނިޔާއާއި މުބާރިކުބާދީ ފޮނުވަދީބަލަ ވަގުތު ކުދިން. ބޭބެގެ ނަމަކީ އަހުމަދު އެލެކްސް.
އިރާދަކުރެއްވިޔާ މިއީ މުސްލިމުންނަށް ލިބުނު ނަސްރެއް.
ދިވެހިންގެ ތެރޭ ވަރަށް އާއްމުބަހެއް، ޒުވާނުންނަށް ފުރުސަތު ދީ، އެމެރިކާގެ ރައީސަކަށް ހޮވުނީ 77 އަަހަރުގެ ބޭފުޅެއް. މީރާއްޖޭގައި ހިނގި ކަމެއްނަމަ، ހުންނާނެ ކުޅިފަށެއް.
ޒުވާނުން ވޯޓު މިލީ ޓްރަމްޕަށް ތަ އަޅެ ފަހެ
މަރުހަބާ ބައިޑެން މިގައުމުގަ މިއޮތްސަރުކާރަށްވެސް ދެންވާނީ މިހެން ހުރިހާރަށްޔަތުންބޭނުންވަނީ ގައުމުތަރަށްގީކުރި ރައީސްޔާމީން ދެވަނަދައުރަކަށް ހޮވުން އިންޝާ ﷲ މިކަންދައްކާނަން.
ޓްރަންޕްގެ 4 އަހަރު ނިމުނުއިރުވެސް ނުފުދުނު 1 ވައުދު އެބައޮތް އެމެރިކާއިން މުސްލިމުން ހުހެއްނުކުރެވުނު
ބައިޑެން އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މަމެން ބައިޑެން އަށް މަރުހަބާ ކިޔަމޭ މަމެން އުއްމީދު ކުރަމޭ ބައިޑެންގެ ފުރަތަމަ ރަސްމީ ދަތުރަށްވާން ޖެހޭނީ އެއީ ރާއްޖެ އަށް ރަސްމީ ދަތުރު ފުޅެއް ކުރައްވާ މާލެ ސަރަހައްދު ގާފަރު ފަޅު އެއްކޮށް ހިއްކާލާ އެތަނުން 1 މިލިއަން އަކަފޫޓްގެ ޕްލޮޓްސް ތައް ނަގާ ކޮންމެ ޕްލޮޓެއް 10 މިިލިއަން ޑޮލަރަށް ވިއްކާ އެފަދަ ބިން ތަކުގައި އެމެރިކާގެ އިންޑަސްޓްރިއަލް ޕާރކްސް ތައް ހަދަން އެވިޔަފާރި އަވަހަށް ފަށާނޭކަމަށް
ދެންއޮތީ މިރާއްޖެ މިކަމުން އިބުރަތްލިބި މިހާރުގެ މިއަނިޔާވެރި ވައްކަންކުރާ ލާދީނީ ދައުލަތައް ނޫނެކޭ ބުނުން
މަރުހަބާ ބައިޑެން ، އިސްތިއުފާ ކެނެރީގޭ ނަސީދޫ.
މަރުހަބާ... ދުނިޔެ އަށް ހެޔޮވަދަލެއް.
ޓުރަމްޕް މިހާރު އުޅެނީ ޔާމީނު އުޅުނު ވައްތަރަށް އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް މައްސަލަ ހުށަހަޅައިގެން. ވޯޓު އޮޅުވާލީ އޭ އީސީ ޝަރީފް އޭ ކިޔައިގެން... ޕަކާސް
ޑރ. ޝަހީދު ބުނުއްވިގޮތަށް ޓްރަމްޕަކީ ޕީޕީއެމް. އެހެންވީމާ ބަަަަަަައިޑަންއަކީ އިބްރާހީމް މުޙައްމަދުތާ.. އެހާމެ މުސްކުޅިވެފަ ޔަހޫދީވާނެ.
އެމެރިކާގެ 46 ވަނަ ރައީސް ތިޔަވަނީ 44 އަހަރު ސަރުކާރުގެ އިސްމަޤާމުތައްފުރުއްވާ ޤައުމަށް ޚިދުމަތްކުރައްވާފައި، ތަފާތު ހުންނަންވާނެތާ#