އެމެރިކާގެ ރިޔާސީ އިންތިޚާބު ވަނީ ވަގަށް ނަގާފައިކަން "ސިކުނޑި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ" ކަމަށް ޓްރަމްޕްގެ ސަޕޯޓަރުން ބުނެފިއެވެ.

މިހާރު އިންތިޚާބުގެ ނަތީޖާ އާއި އެންމެ ބޮޑަށް ގުޅިފައި އޮތް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާގެ ފިލިޑާފިއާގައި ވޯޓް ގުނާ މަރުކަޒުގެ ބޭރަށް ޖަމާވެފައިވާ ޓްރަމްޕްގެ ސަޕޯޓަރުން ބުނާ ގޮތުގައި އެމެރިކާގެ ސަރުކާރުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދިޔަ ގޮތުން އެމީހުންނަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ލިބިފައެވެ.

"މިއީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން. އެމެރިކާގެ ކޮންމެ ރައްޔިތަކަށް ވެސް އަދި ސިކުނޑި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އިންތިޚާބު މިވަނީ ވަގަށް ނަގާފައިކަން." ޓްރަމްޕްގެ ސަޕޯޓަރަކު ބުންޏެވެ.

ޓްރަމްޕްގެ އިތުރު ސަޕޯޓަރަކު ބުނީ މުހިއްމު ސްޓޭޓްތަކުން ޓްރަމްޕް ކުރި ހޯދުމާއިއެކު ވޯޓު ގުނުން ހުއްޓާލުމަށްފަހު އިންތިޚާބު ވަނީ އޮޅުވާލާފައެވެ. "ޓްރަމަޕް ކުރި ހޯދަން ފެށުމުން ވޯޓް ގުނުން މެދުކަނޑާލުމަށްފަހު އެމީހުން ބެލި އިތުރަށް ކިހައި ވޯޓެއްތޯ ބޭނުން ވަނީ. ދެން ފެނިގެން މިދިޔައީ އާދަޔާއި ހިލާފު ވޯޓްތަކެއް ޖާދުލެއްހެން އިތުރު ވެގެން ދިޔަތަން." ޓްރަމްޕްގެ ސަޕޯޓަރެއް ބުންޏެވެ.

އޭނާ ބުނީ ވޯޓް ގުނާ މަރުކަޒުތަކުގައި ފާޅުގައި ދަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންނެވެ.

ފިލިޑާފިއާ އިން ބައިޑެން އަށް ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ބައިޑެން ބޮޑު ތަފާތަކުން ޕެންސިލްވޭނިއާ ކާމިޔާބު ކުރާނެއެވެ. ޕެންސިލްވޭނިއާ ކާމިޔާބު ވެއްޖެނަމަ އިތުރު އެއްވެސް ސްޓޭޓެއް ދެން ކާމިޔާބު ނުކުރެވުނު ނަމަވެސް ބައިޑެން އަށް އިންތިޚާބު ކާމިޔާބު ކުރެވޭނެއެވެ.

އިންތިޚާބު ބައިޑެން އަށް ކާމިޔާބުވި ނަމަވެސް ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއިއެކު ދޫކޮށްލުމުގެ ވިސްނުމެއް ޓްރަމްޕް ގެންގުޅޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޫރު

    އާމީން

    1
    4
  2. ާނަން ނޭގޭ

    Yaameen ah vee varu mihaar trump ah ves mi vany... Bali gabool nukurevigen e ulheny mihaar... 🤣🤣🤣🤣

    6
    4
    • Anonymous

      ނަޝީދު ބުނި ދޯ ބޭރު މީޑިޔާތަކުގަ އަހަރެމެން ބަލިވެއްޖެއްޔާ ވޯޓުތައް ޔަގީނުންވެސް އޮޅުވާލީޔޭ. އަހަރެމެން މޮޅު ވެއްޖެނަމަ ރަނގަޅޭ ވަރަށް އިންސާފުވެރިޔޭ. ނަޝީދަށް ބަލި ގަބޫލު ކުރެވޭލެއް ބޮޑުކަމުން ބުނެވުނު އެއްޗެއް ދޯ އެއީ.

      3
      1
  3. އަޙްމަދް

    ‎ޑިމޮކްރެސީގެ ބައްޕަ އެމެރިކާއިން މިއަދު ފެއްނަމުން އެދަނީ
    ‎އެބައި މީހުންގެ ހަޤީޤީ ޑިމޮކްރެސީ އެވެ.
    ‎އެއްބަޔަކު ވެރިކަން ދިފާޢު ކުރުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ. ޒާތީ ކަންކަމާއި ބެހެނީއެވެ ހަތިޔާރު އުފަލަނީއެވެ.
    ‎އަނެއްބަޔަކު ވެރިކަމަށް އައުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ.
    ‎މިހެންވީމަ އަހަރުމެން މިބުނަނީ ޑިމޮކްރެސީއޭ މިކިޔާ ނިޒާމަކީ މީ މީސަތަކުން ބައިބާ ކުރާނިޒާމެކެވެ. މީސްތަކުންގެ ހިތްތަށް ފަސާދަކުރާ ނިޒާމެކެވެ.
    ‎އެއްބަޔަކު އަނެއްބައެގެ މައްޗަށް ހަސަދަވެރި ކަމާއި ރުޅިވެރިކަން ގެނުވާ ނީޒާމެކެވެ.
    ‎އެބައިމީހުން ގެނެސްފައި އެވާ ޑިމޮކްރެސީއަކީ އެބައިމީހުން އެއަށް ޢަމަލުކުރާ އެއްޗެއްނޫނެވެ.
    ‎އެހެނަސް އެމީހުންގެ ގާތުގައި އެހެންމީހުން އެއަށް ޢަމަލު ކުރަންޖެހެ ޏިޒާމެކެވެ.

    • ބާބަ

      އަޙްމަދު ތިބުނީ ވ.ރަނގަޅު ވާހަކައެއް.