ވޯޓްގެ ނަތީޖާ ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް ގޮތް ދޫނުކޮށް ސާބިތުކަމާއިއެކު ހުންނާނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓް ގުނައި ނުނިމި ހުރި ސްޓޭޓްތަކުގެ ތެރެއިން ޕެންސިލްވޭނިއާ އާއި ޖޯޖިއާ އިން އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނާތީ އިންތިޚާބު ކާމިޔާބު ކުރާނީ ބައިޑަން ކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައެވެ. އެހެންކަމުން ޓްރަމްޕް އަށް ދެން އޮތީ ނާކާމިޔާބު ގަބޫލު ކުރުން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ނަމަވެސް ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހުރީ ގޮތް ދޫކޮށްފައި ފަހަތައް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންނަށް ޤާނޫނުން ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް ހޯދައިދީ ވޯޓް ގުނުމުގެ މަރުހަލާގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސް ސަރުކާރަށް އިތުބާރު ހޯދައި ދިނުން އެއީ ކުރަން ޖެހޭނެ ކަމެއް. އެމެރިކާ ރައްޔިތުންނާއި އަދި އެމެރިކާއަށްޓަކައި އަހަރެން ކުރަމުން ގެންދާ ހަނގުރާމަ ހުއްޓައެއް ނުލާނަން." ޓްރަމްޕްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިހާރު ނަތީޖާ އެއްކޮށް ސާފުނުވެ އޮތީ ހަ ސްޓޭޓަކުންނެވެ. އޭގެތެރެއިން ޓްރަމްޕް ކުރީގައި އުޅެނީ އެންމެ ދެ ސްޓޭޓުންނެވެ. އެއީ އަލަސްކާ އާއި ނޯތު ކެރޮލައިނާ އިންނެވެ. އަލަސްކާ އިން 3 އިލެކްޓޯރަލް ވޯޓް، ނޯތު ކެރޮލައިނާ އިން 15 އިލެކްޓޯރަލް ވޯޓް ލިބޭނެއެވެ. ނަމަވެސް ހަމައެކަނި ޕެންސިލްވޭނިއާ ކާމިޔާބު ކޮށްގެން ޖޯ ބައިޑަން އަށް އިންތިޚާބު ކާމިޔާބު ކުރެވެން އެބައޮތެވެ. ބައިޑަން ވަނީ މިހާރު ވެސް ޕެންސިލްވޭނިއާ އިން ޓްރަމްޕް އާއި ވަރަށް ބޮޑަށް ފަރަގު ބޮޑުކޮށްފައެވެ.

ޓްރަމްޕް މީގެ އިރުކޮޅެއް ކުރިން ޓްވީޓެއްގައި ބުނީ ވޯޓް ފުރަތަމަ ގުނައި ނަތީޖާ އިއުލާން ކުރަން ފެށި ރޭ ބޮޑެތި ސްޓޭޓްތަކުން އޭނާ އަށް ކާމިޔާބު ލިބުނު ކަމަށާއި ޝަރުއީ ދާއިރާ މެދުވެރިކޮށް ކުރެވޭ މަސައްކަތުން، މިހާރު ނަތީޖާތަކަށް ގެނެސްފައިވާ ބަދަލު ބާތިލްވެ ކުރިން އޮތް ނަތީޖާ އަށް އިޔާދަވާނެ ކަމަށެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރަމުން ގެންދިޔަ ނަމަވެސް އެމެރިކާގެ އިލެކްޝަންސް އޮފިޝަލުން ވިދާޅުވާ ގޮތުގައި އިންތިޚާބުގެ ވޯޓް ގުނުމުގެ ތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް ކަމެއް ނުހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޫ މީހާ

    ކަލޭ މޮޔަވީ ވެރިކަމާއި ބަގުޑިބައްދަން އުޅުނަސް ބޮޑުވަރު މިގައުމުގައިވެސް 2023 ގައި ފެންނާނެ ޓްރަމްޕް އިބިރިހިމާ ހަމަ މިވައްތަރަށް ތެޅޭނެ ޔަގީން ކަމެއް މިހާރުން ފެށިގެން ރައްޔިތުން އެބަޖެހޭ ތައްޔާރުވާން އޑޕ މީހުން ނިކުމެ ހަމަނުކެހުން ހިންގައި ގައުމުގެ އަމާންކަން ނަގާލާނެ އެހެން ބަޔަކު ވެރިކަން ކާމިޔާބު ކޮށްފިއްޔާ ހުންނާނެ ކަންތައް

    10
    7
  2. ދަރަނި ދަންތުރަ

    ރަނގަޅު ފުރާނަދިޔަޔަސް ކަލޭވެސް ކެނެރީގޭ ނަސީދު ހެން ގޮތްދޫނުކުރާތި ، މާދަމާ ބަގާވާތަކުން ވެރިކަން ވަޢްޓާލީޔޭ ކިޔާފަ މުޅިގައުމުގައި އަލިފާން ރޯކުރޭ ....

    9
    2
    • މ

      އއއ 2018 ވަނަ އަހަރު ބަލިގަބޫލު ނުކުރި މީހަކު ދެކުނިން މި ގަ އުމުންވެސް!!! 🤣

  3. އަންނި

    އަހަރެންވެސް މިހުރީ ޓްރަމްޕް އެކު ގޮތެއް ދުލެއް ނުކުރާނަން.

    3
    10
  4. އަޙްމަދް

    ވޯޓްގެ ނަތީޖާ ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް ގޮތް ދޫނުކޮށް ސާބިތުކަމާއިއެކު ހުންނާނަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
    ———————————————————————————————————ޑިމޮކްރެސީގެ ބައްޕަ އެމެރިކާއިން މިއަދު ފެއްނަމުން އެދަނީ
    އެބައި މީހުންގެ ހަޤީޤީ ޑިމޮކްރެސީ އެވެ.
    އެއްބަޔަކު ވެރިކަން ދިފާޢު ކުރުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ. ޒާތީ ކަންކަމާއި ބެހެނީއެވެ ހަތިޔާރު އުފަލަނީއެވެ.
    އަނެއްބަޔަކު ވެރިކަމަށް އައުމަށްޓަކާ މަކަރާއި ހިލަތް ހަދަނީއެވެ. ވަގައް ގޮވަނީއެވެ.
    މިހެންވީމަ އަހަރުމެން މިބުނަނީ ޑިމޮކްރެސީއޭ މިކިޔާ ނިޒާމަކީ މީ މީސަތަކުން ބައިބާ ކުރާނިޒާމެކެވެ. މީސްތަކުންގެ ހިތްތަށް ފަސާދަކުރާ ނިޒާމެކެވެ.
    އެއްބަޔަކު އަނެއްބައެގެ މައްޗަށް ހަސަދަވެރި ކަމާއި ރުޅިވެރިކަން ގެނުވާ ނީޒާމެކެވެ.
    އެބައިމީހުން ގެނެސްފައި އެވާ ޑިމޮކްރެސީއަކީ އެބައިމީހުން އެއަށް ޢަމަލުކުރާ އެއްޗެއްނޫނެވެ.
    އެހެނަސް އެމީހުންގެ ގާތުގައި އެހެންމީހުން ކޮންމެހެންވެސް އެއަށް ޢަމަލު ކުރަންޖެހެ ޏިޒާމެކެވެ.

  5. އަލްޖިބްރާ

    މިޤައުމުގަ ޔާމީނު ކިއާ މީހަކުވެސް ވޯޓުން ވައްކަން ކުރީއޭ ގޮވަމުން ދުވެ އުޅުނު !

    38
    5
  6. ޔަޤީން

    އެއީ ހަޤީގަތް ވޯޓްއޮޅވާލާފައޮތީ ޝަރީފު