އެމެރިކާގެ ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް"ގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ބްލޫމްބާގް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މާކް މި ބައްުޔަށް ޓެސްޓު ކޮށްފައި ވަނީ އޭނާގެ ފުށުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފައްސިވި ހަބަރު އަދި އޭނާ ރަސްމީކޮށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާއިރު، މިކަން އޭނާ އަދި ހިއްސާކޮށްފައި ވަނީ މަދު ބަޔަކާ ކަމަށްވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މާކްގެ ގާތް މީހަކާއި ހަވާލާދީ އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަލި ޖެހުނު ސަބަބަކަށް އޭނާ ޝައްކު ކުރަނީ ދާދި ފަހުން ވައިޓް ހައުސް އިން ރައީސް ޑޮނާލްޑް ޓްރަމްޕް އާއި، ފަސްޓްލޭޑީ އަދި އެހެން ބައެއް މުވައްޒަފުން މި ބައްޔަށް ފައްސިވި "ވައިޓް ހައުސް އައުޓް ބްރޭކް" ތެރެއިންނެވެ.

އެ ނޫހުން ވަނީ މާކްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް ބުނެފައެވެ.

މާކް ކޮވިޑް-19 އަށް ފައްސިވި ހަބަރު ފެތުރިގެން އަންނަ އިރު މިހާރު އެމެރިކާގައި ކުރިއަށްދާ ރިޔާސީ އިންތިހާބު ޓްރަމްޕަށް ނާކާމިޔާބު ވާނެ ކަމަށް ގިނަ ބަޔަކަށް ވަނީ ގަބޫލުކުރެވިފައެވެ. މިދިޔަ މަހުގެ ތެރޭގައި ޓްރަމްޕު ކޮވިޑަށް ފައްސިވި އިރު ވެސް އެންމެ ގާތްކޮށް ހަރަކާތްތެރިވި އެކަކީ މާކް މެޑޯސްއެވެ.

ކިޔުންތެރިންގެ ހިޔާލު