ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މީހުން އަންދާލުން ނޫން ގޮތެއް ނެތް ކަމަށް ދޭހަވާ ގޮތަށް އެގައުމުގެ ޕަވިތްރާ ވަންނިއަރައްޗީ އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް އަށް ދަންނަވައިފިއެވެ.

އެގޮތަށް ބަލި ޖެހޭ މީހުން އަންދާލުމަށް ނިންމާފައިވަނީ ކޮވިޑް-19 ޖެހޭ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ ޓީމުގެ ލަފާގެ މަތިން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޕަވިތްރާ ވިދާޅުވެފައި ވަނީ ދީނި، ސިޔާސީ ނުވަތަ އެފަދަ ކަމަކާއި ލައިގެންވެސް އެ ނިންމުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

ލަންކާގެ ހެލްތް މިނިސްޓަރު މިކަން ހާމަ ކުރެއްވީ، ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުވެސް އަންދައިގެން ނައްތާލާ މައްސަލާގައި އެހެން ގޮތެއް ހޯދާ ދިނުމަށް އެދި ލަންކާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ގުޅިގެން، ހާއްސަ ކޮމިޓީއަކުން އެ ކަން ބެލުމަށްފަހު އެ ކޮމިޓީގެ ނިންމުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބަޔާން ކޮށްދެއްވަމުންނެވެ.

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ރާއްޖޭގެ ސަރުކަރުގެ ކިބައިން ލަންކާ ސަރުކާރުން އެދުނެވެ. އޭގެ ފަހުން ދިވެހި ސަރުކާރުން ވަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް މިހާރު ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލަން ލަންކާގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލައިފައެވެ. އަދި ލަންކާގައި ކޮންކްރީޓް ވަޅުތަކެއްގައި އެ މީހުން ވަޅުލަން ނިންމާފައިވާ ކަން އެ ގައުމުން ވަނީ އިއުލާނުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ރާބޯސް

  ލަންކާ އަށްހަލާކުހުރި!! ލަންކާގެހުރިހާ
  ސަ އިފަތްދަނޑުތަކަށް އަލިފާނުގެވާރޭ
  ވެ އްސަވާފާނދޭވެ!!

  7
  3