އިންޑިއާގެ މަހަރަޝްތްރާގެ ހޮސްޕިޓަލެއްގައި ރޯވެ ތުއްތު ތުއްތު 10 ކުއްޖަކު މަރުވެއްޖެ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:00ހާއިރު އެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ ކުދިން މަރުވި ހާދިސާއާ ގުޅިގެން އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި،އެ އަލިފާނުގެ ހާދިސާ ހިނގިއިރު، ބަންޑްރާ ޑިސްޓްރިކްޓްގައި ހުންނަ އެ ހޮސްޕިޓަލްގެ ސްޕެޝަލް ނިއުބޯން ކެއާ ޔުނިޓްގައި 17 ކުދިން ތިއްބެވެ. އޭގެ ތެރެއިން ސަލާމަތްވެފައި ވަނީ އިންބޯން ވޯޑްގައި ތިބި ހަ ކުއްޖެެކެވެ. ނަމަވެސް އައުޓްބައުންޑްގައި ތިބި ކުދިން ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ ތިން މަހާއި، އަދި ވިހެއިތާ ދުވަސްތަކެއް ވީ ކުދިންނެވެ.

"ޑިއުޓީގައި ތިބި ނަރުހުންނަށް ފުރަތަމަ ފެނުނީ ނިއޮނަޓަލް ކެރާ ޔުނިޓުން ދުން އަރާ ތަން، އަދި އެ މީހުން ވަނީ ވަގުތުން އެކަން ސަމާލުކަމަށް ގެނެސްފައި".

އަދި ސްޓާފުން އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދުމުގެ ސަބަބުން ބައެއް ކުދިން ހާސްވީ ކަމަށް ވެއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެެރިވި ސަބަބު ދަނީ ހޯދަމުންނެވެ. ބެލެވޭގޮތުގައި، އެ އަލިފާނުގެ ހާދިސާ ހިނގީ ޝޯޓެއް ވެގެންނެނވެ.

މިހާރު އެ ހާދިސާ ހިނގާދިޔަ ގޮތް ބަލަން ހެލްތް މިނިސްޓްރީން ވަނީ އިދާރާތަކަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު