ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިން ދިން މީހުންގެ ތެރެއިން 23 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ދިން ފަހުން މަރުވެފައިވާ ކަމަށް ނޯވޭ އިން ބުނެފިއެވެ.
ނޯވޭގެ ހެލްތު ރެގިއުލޭޝަން އޮތޯރިޓީ ކަމަށްވާ މެޑިސިން އެޖެންސީން ބުނީ ވެކްސިން ދިން މީހުންގެ ތެރެއިން މަރުވެފައިވާ އެންމެންގެ ހުރިހާ ކަމެއް ތަހްލީލްކޮށްފައިވާ ކަމަށާއި ވެކްސިން ދިން ފަހުން އެމީހުން މަރުވި ނަމަވެސް ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. 13 މީހަކު މަރުވެފައި ވަނީ ވެކްސިންގެ ބާރުފަދަ ކަމުން ކުރިމަތިވި ސައިޑް އިފެކްޓްތަކުން ކަމަށް މެޑިކަލް އެޖެންސީން ބުނެއެވެ. އެހުރިހާ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި މީހުންނެވެ.
ނޯވޭ އިން ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ފެށީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު އެވެ. އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އުމުރު ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި މީހުންނަށް ވެކްސިން ދިނުމަށެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ މިއަދަދުތަކަކުން ހާސްވެ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް. ވެކްސިން ދިން ފަހުން މަރުވެފައިވާ ހުރިހާ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުން. އެހުރިހާ އެންމެންނަކީ ވެސް ތަފާތު ބަލިތަކުގެ ސަބަބުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ވަރަށް ހާލު ދެރަމީހުން." މެޑިކަލް އެޖެންސީގެ ޑިރެކްޓަރ ޑރ.ސްޓެއިނާ މެޑްސެން ވިދާޅުވިއެވެ.
ނޯވޭގައި ވެކްސިން ދިން މީހުންގެ ތެރެއިން އިތުރު 29 މީހަކަށް ވެކްސިންގެ ސައިޑް އިފެކްޓްތައް ކުރިމަތިވެގެން ފަރުވާ ދޭން ޖެހުނެވެ. އޭގެތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސް ވިއެވެ.
ނޯވޭގެ އާބާދީ ފަސް މިލިއަނަށް އަރައެވެ. ކޮންމެ ހަފްތާއަކު ނޯވޭގެ އުމުރު ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުން 300 ވަރަކަށް މީހުން މަރުވާކަމަށް ވެއެވެ.
އެހެންވީމަ މީގެ މާނަ އަކީ ވެކްސިން ނެގީމަ އެންމެ ބޮޑުވަރުވެގެން ވާނީ މަރު ދެއްތޯ؟ ސަޅި.
ތިހުރިހާވެކުސިނަކީވެސް އަވަސްއަރުވާލައިގެން ހަދާފަ ހުރިއެއްޗެހި ތީގެންމާރަނގަޅުނަތީޖާއެއް ނިކުންނާނެ ކަމަކައް ނުބެލެވޭ
ބަލަ އިބޫވެސްތިނުޖެހީ މަރުވާނެތީ އޭނަ ބުނީ ފުރަތަމަ ރައްޔިތުންނޭ ވާއެއްޗެއްވާންޖެހޭނީ
ބަލަހައްޓަން ޖެހޭތީވެ ދުއްވާލީ
ވެކްސިން ޖަހައިގެން މަރުވީމާ އެ ކަން ބޮޑު ނުވާކަމެކޭ .މިއީ އަޅެ ފަހެ އިންސާނުންތަ؟
ވެކްސިން ޖަހައިގެން މަރުވީމާ އެ ކަން ބޮޑު ނުވާކަމެކޭ .މިއީ އަޅެ ފަހެ އިންސާނުންތަ؟
މިވެކްސިން ކަންތަކުގަ ފާހަގަ ކުރެވޭ ކަމަކީ، އެއްވެސް ގައުމަކުން ވެކްސިން އަށް އިތުބާރުނުކުރާކަން، އެހެންކަމުން ކޮންމެ ގައުމަކުންވެސް ބަލަނީ އެގައުމެއްގެ "މަރުވިޔަސް ހެޔޮ" ކަމަށް ބަލާފަ ޓެސްޓަށް ވެކްސިން ޖަހަން ގްރޫޕް އެއް ނަގާތަން، ނޯވޭއިން މުސްކުޅިން، ސެލެކްޓްކުރިއިރު އިންޑިއާއިން ނެގީ މަސަތްކަތުމީހުން، ރާއްޖޭގެއިން ވެސް ވެރިމީހާއަށް ވެކްސިން ޖަހަން ލިބުނީމަ ހޯހޯ ގޮވާފަ އައިސް އެހުރީ ރާއްޖެތެރޭ ރަށެއްގެ ބަޔަކަށް ޓެސްޓަށް ވެކްސިންދީފަ ވާގޮތްބަލާފަ ޖަހަން ކަމައް ލަފާކުރެވޭ، ގއ.ދެއްވަދޫ ރެޑިކުރަނީ މިކަމަށް ކަމަށް ބެލެވޭ...
ވެކްސިން ޖަހައިގެން މަރުވިއްޔާ އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހޭ.
އިންސާނުން މެރުން ނުވަތަ މަރުވުމަކީ މިބައިމީހުން މާ ކަންބޮޑުވާކަމެއް ނޫނެވެ . އެކަމަކު ދިރޭ ޖަނަވާރެއް މެރުމަކީ ދުނިޔެމަތީގަ ފާފަ ނުފޮހެވޭ ވަރުގެ ބޮޑު ކުށެކެވެ. ތިއީ ތަންދޮރު ނުދަންނަ ޖާހިލުންގެ ޙާލު !
ނޯވޭގައި ކޮވިޑް19 ވެކްސިން ދިން 13 މީހަކު މަރުވެފައި ވަނީ ވެކްސިންގެ ބާރުފަދަ ކަމުން ކުރިމަތިވި ސައިޑް އިފެކްޓްތަކުން ކަމަށް މެޑިކަލް އެޖެންސީން ބުނެއެވެ.
ނޯވޭގައި ވެކްސިން ދިން މީހުންގެ ތެރެއިން އިތުރު 29 މީހަކަށް ވެކްސިންގެ ސައިޑް އިފެކްޓްތައް ކުރިމަތިވެގެން ފަރުވާ ދޭން ޖެހުނެވެ. އޭގެތެރެއިން ނުވަ މީހެއްގެ ހާލު ސީރިއަސް ވިއެވެ.
ބޭރުގެ އެކި މަސްދަރުތަކާއި ހަވާލާދީ ރޮއިޓާސް އިން ފޮނުވި ރިޕޯޓު ގައި ކޮވިޑް19 ވެކްސިންގެ ސައިޑް އިފެކްޓް ތެރޭގައި ދަރިމައިވުމުގެ ޗާންސް 95 އިންސައްތަ ގެއްލޭކަމަށް ބުނެފައިވޭ.
އަޅަމެން ރައްކާތެރި ކަމަށް އެދެނީ ﷲ ގެ ޙަޟްރަތުން.