އިންޑިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށާއި އެ ގައުމުން އުފެއްދި ވެކްސިނަށް ބިލް ގޭޓްސް ތައުރީފް ކުރައްވައިފައެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށްޓަކައި އިންޑިއާ އިން ނެގި ލީޑަޝިޕާއި ސައިންޓިފިކް ގޮތުން ހޯދި ހޯދުންތަކާއި ވެކްސިން އުފެއްދުމަށް ކުރީ ވަރަށް ރަނގަޅު މަސައްކަތެއް،" ބިލް ގޭޓްސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ކުރިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ސަރުކާރަށް ވެސް ތައުރީފް ކުރައްވައިފައެވެ. އަދި ކޮވިޑް-19 ޓްރެކް ކުރުމަށް ހެދި އެޕްލިކޭޝަނަށް ވެސް ބިލް ގޭޓްސް ވަނީ ތައުރީފް ކުރައްވައިފައެވެ.

ބިލް ގޭޓްސް ކުރިން ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށް ކުރުމަށް އިންޑިއާ އިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. ހާއްސަ ގޮތެއްގައި އިންޑިއާ ފުރަބަންދުކޮށްފައި އޮތް އޮތުން ބިލް ގޭޓްސް ފާހަގަ ކުރެއްވިއެވެ. އަދި އައިސޮލޭޝަން މަރުހަލާ އާއި ކަރަންޓީން މަރުހަލާ އިންޑިއާގައި ކުރިއަށްދާ ކަން ބިލް ގޭޓްސް ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމް ވެސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އިންޑިއާ އިން ކުރަމުން އަންނަނީ ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ ގުޅިގެން އެކުގައި މަސައްކަތް ކުރާ ނަމަ، ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ރައްޔިތުންނަށް ރައްކާތެރި ވެކްސިނެއް ލިބުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަށް ވެކްސިންތައް އުފައްދަމުން އައި އެއް ގައުމެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ ދެ ވަނަ އަށް އެންމެ ބޮޑަަށް ކޮވިޑް-19 ފެތުރިފައި އޮތް ގައުމެވެ. އެ ގައުމުން 10 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މޯދީކޮރޮސޮފްޓް

  ލަދުހަޔާތްކުޑަ ގެރި ގޭޓްސް ޖީ!

  30
  7
  • އަސްލުވެސް

   މީނާގެ ހަޤީޤަތް މިހާރު މަޑުމަޑުން އެއްމެނަށް ފާޅުވަމުން ދަނީ. ނުބައި ސުންޕާ ޝައިތާނެއް!!

   10
   3
   • ޜަޟީ

    ޢެޔޯ؟؟؟؟؟؟އިންޑިޔާއަށް ހެޔޮ ބަހެއް ބުނީމަ ތަ؟

    7
    1
 2. ހުސޭނުބޭ

  ތިއީ މިދުވަސްވަރު ކޮސްގޮވަމުން ދުވާ މީހެއް! ހީވަނީ އަސްލު ކޮވިޑް ޖެހިގެން ސިކުނޑި ދުޅަވެފައި ހުރިހެން!

  5
  3
 3. ޖޮބޭ

  އިންޑިޔާވެސް ރަނގަޅު .
  ދެން ބިލްގޭޓްސް މީވެސް ކޯވިޑް19ގެ ސައިންސިސްޓެއް.

  6
  3
 4. ޒަރާނަ

  ތިހާވަރެއް ނޭރުވިޔަސް ތިތައުފައްދާ އެއްޗެހި އިންޑިޔާއިން ގަންނާނެ

  5
  2
 5. ޜަޟީ

  ދުނިޔެ ދުށް އެންމެ ދީލަތި އިންސާނާ

  3
  7
 6. އަޙްމަދް

  ތަނެއްގައި ވެކްސިނެއް އުފައްދާއިރަށް މިކަލޭގެ މިހަރަ ވާ އުފަލެއްތާ ދޯއެވެ!
  މީހަމަ ވެކްސިންދާ އެވެ:
  މީނާ ބުނާކަހަލައެވެ ކަލޭގެ ހަށިގަނޑު، އެހެނަސް އެއަށް އޮންނަން ޖެހޭނީ އަހަރެންގެ އިޚްތިޔާރާއިބާރުވެރިކަމެވެ.

  4
  3
 7. މޮޑަން

  ގޭޓްސްއަށް ފާޑުކިޔަން ކަލޭމެންތީކޮންބައެއް ގޭޓްސްއަކީ މިދުނިޔޭގަ މިހާރުހުރި އެންމެދީލަތިމީހާ އިންސާނިށްޔަތަށް ހިލޭސާބަހަށް ގޭޓްސްހަރަދުކުރާވަރާ ގާތަށްވެސް ހަރަދުކުރެވޭ ގައުމެއް މީހެއް މިދުނިޔެޔަކުނެތް މިހާރަކު އެއީދީލަތިކަމުގެ ލާމަސީލުމީހެއް ގޭޓްސްއަށް ފާޑުކިޔާމީހުން ލޯގަންޑެއްގެ ކުރިމަތީހުރެ ވިސްނާލަބަލަ ތިމަންނަޔަށް އިންސާނިށްޔަތަށް ކޮށްދެވުނީކޮންކަމެއްތޯ

  1
  2