އިންޑިއާގެ ޓެލެންގަނާގެ ނިރްމަލް ޑިސްޓްރިކްޓައި ސިއްހީ ހިދުމަތްތެރިއަކަށް ކޮވިޑް-19ގެ ވެކްސިން ދިންތާ 18 ގަޑިއިރު ފަހުން މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި ވަނީ މޭގައި ރިއްސާތީ އުޅުމަށްފަހު އެވެ. އެ މަރާއި ގުޅޭގޮތުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އޭނާ މަރުވެފައި ވަނީ ވެކްސިން ޖަހައިގެން ނޫން ކަަމަށް ހެލްތް އޮފިޝަލުން ބުނެފައި ވެއެވެ.

އޭނާ ވެކްސިން ޖަހާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 11:30 ހާއިރު، އެ ޑިސްޓްރިކްޓްގެ ޕްރައިމަރީ ހެލްތް ސެންޓަރުގައެވެ. އޭނާ މޭގައި ރިއްސަން ފަށާފައި ވަނީ އެރޭ ދަންވަރު 2:30 ހާއިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އޭނާ މަރުވެގެން ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެނެސްފައި ވަނީ 5:30 ހާއިރު. އަދި ހޯދުން ހޯދުންތަކުން އެނގޭގޮތުގައި އޭނާ މަރުވީ ވެކްސިން ޖަހައިގެން ނޫން".ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް ނެރުނު ބަޔާނުގައި ވެއެވެ.

އެ އޮންނަ އުސޫލުގެ ތެރެއިން އެ މީހާގެ ޕޯސްޓްމޯޓަށް ހަދާނެއެވެ. އެ ޑިސްޓްރިކްޓްގެ އެޑްވާސް އިވެންޓް އާފްޓާ އިމިއުނައިޒޭޝަން (އޭއީއެފްއައި)ކޮމެޓީން މިހާރު ދަނީ މިކަން ބަލަމުންނެވެ. އަދި އެ ކޮމެޓީން ރިޕޯޓްޓެއް ތައްޔާރުކޮށް ސްޓޭޓް އޭއީއެފްއައިއަށް ހުށަހަޅާނެ ކަމަށެވެ.

އަދި އޭއީއެފްއައި އެ ރިޕޯޓް ބެލުމަށްފަހު، އޭއީއެފްއައި ސެންޓްރަލް ޕެނަލްގެ ސަމާލުކަން އެކަން ގެނެސް، އެކަން ބަލަމުން ދާނެއެވެ.

އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައި ވަނީ ޖެނުއަރީ 16 ވަނަ ދުވަހު އެވެ.

އިންޑިއާގައި މިިހާރު ދިނުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިންއަކީ ކޮވިޝީލްޑް އާއި ބާރަތް ބަޔޯޓެކް އިން އުފެއްދި ކޯވެކްސިން އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ....

  ޢެބުނި ހުރިހާ ކަމެއްކޮށް ނިމޭއިރު ވެކްސިންގެ ސަބަބުން މަރުވާ ނަމަ ގިނަ ބަޔެއްގެ ފުރާނަ ގެއްލިދާނެ...ވެކްސިން ނޫން ގޮތެއް ބަލިން ރައްކާތެރިވާން ނެތީބާ...ވެކްސިން ނޫން ގޮތެއް އޮތްތޯ ބަލަމާ...

  19
  3
 2. މޮޔަ

  ބޮޑު ސްޓަފު އު ކާލަން ޖެހުނީ ދޯ؟

 3. ސުވާސާ އަނގޮޓި

  ވެކްސިންގެޔަގީންކަންކުޑަވީމައޭ މޯދީ ވެކްސިންޖަހަންނުކެރިގެންއެއުޅެނީ .

 4. ރެފްރީ

  ނުބައިތަނަކަށް ވެކްސިންޖެހީކަމަށްވެދާނެ!!
  އޮޕަރޭޝަންކުރާމީހުންގެ ބަނޑުތެރެއަށް ކުނިކަހާ ފިހިގަނޑާއި މޮޕްވެސް ލަނީހަމަ ތިޔަ އިންޑިޔާމީހުން ދެއްތޯ ؟