މިޔަންމާ އަށް ބަޣާވާތެއް ގެނައި ކަން އަސްކަރިއްޔާ އިން އިއުލާންކޮށްފިއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ބުނީ އެ ގައުމު ހިންގުމާ އަސްކަރިއްޔާ އިން އެއް އަހަރު ދުވަހަށް ހަވާލުވެފައިވާ ކަމަށެވެ. އަސްކަރިއްޔާގެ ޓީވީން މިހާރު ވަނީ މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އަސްކަރިއްޔާ އިން އިއުލާންކޮށްފައިވާ ގޮތުން އެ ގައުމުގެ ވެރިއަކީ ޗީފް ކޮމާންޑަރެވެ. މިޔަންމާ އިން ވަނީ ފޯނާއި އިންޓަނެޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި ދައުލަތުގެ ޓީވީގެ ހިދުމަތް މިހާރު ވަނީ މެދުކެނޑިފައެވެ.

މިޔަންމާގެ ލީޑަރާއި ރައީސާއި ދައުލަތުގެ ހުރިހާ އިސްވެރިންނާއި އެކި ޕްރޮވިންސްތަކުގެ އިސްވެރިންނާއި ވެރިކަން ކުރާ ޕާޓީގެ ވެރިން ވަނީ ހައްޔަރުކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރުޅިގަދަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގައި އަސްކަރިއްޔާ އަށް ކޮންޓްރޯލް ގެއްލުމުންނެވެ. އެ އިންތިހާބުގެ 476 ގޮނޑީގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސުލްހައިގެ އިނާމު ލިބިފައިވާ މިޔަންމާގެ ލީޑަރު އޮން ސަން ސޫކީގެ ޕާޓީ ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ (އެންއެލްޑީ) އިންނެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި ވެރިކަންކުރާ އެންއެލްޑީން ވަނީ ވޯޓުގެ 83 އިންސައްތަ ކާމިޔާބުކޮށްފައެވެ. އަސްކަރިއްޔާއިން ބާރުވެރިވެ ހިންގާ "ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ" އަށް އިންތިހާބުގައި ތަނަވަސް އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސީމު

    ދިވެހިރާއްޖެ މިއޮތީ ތިފަދަ ޙާލަތަކަށް ދާން ޖެހިފައެވެ.

    58
    10
    • Anonymous

      ދިވެހި ރާއްޖެއޮތީއެފަދަހާލަތެއްގައެންނޫން އެކަމަކު ސިފައިންއެކު ރީރ ރަނގަޅުކަމެއް.. ސަބަބަކީ އެގައުމުގެ މުސްލިމުންކޮޅު އަންދާލީ ހަޔަވާނެއްކަހަލަ އަންހެނެއްއެއީ!! ޝުކު ރިއްޔާ މިޔަންމާގެސިފައިންނަށް

      15
  2. ކުރުކުރު

    އަލްހަމްދު ލﷲ
    ރޮހެންޏާ މުސްލިމުންނަށް ޖެއްސި ހާލު ހިތައްއަރާތަ.
    ﷲތަޢާލާ އޭގެ ޖަޒާ ދުނިޔެ އާއި އާހިރަތުގައިވެސް
    ދެއްވާނެ
    މިހާރު އެތިބީ ރަގަޅައް ބުޑިސްޓު ވެވިފަ
    އެ މީހުންގެ މައްޗައް އެމީހުންގެ ތެރެއިން މީހުން އެ ފާ ކުރެއްވީ

    30
    • ޝައިހް ފަރީން

      ﷲއަށް ހަމްދުހުރި. މުސްލިމުންނައް ކުރި ޖަރީމާ އަދިވެސް ހަދާންވޭ..ނިކަމެތި މުސްލިމުން ކަރުނައެޅި
      އިރު މުޅި ދުނިޔެ ކުޅިބަލަން..މުސްލިމް ގައުމުތަކަށް ވީއެންމެކަމެއް އެއީ އިންޒާރުދިނުން...ސައްދާމް ހުސައިން ހުރިނަމައޭ ހިތައްއަރާ

      14
    • ރީނދޫގެރިއައްހުރި އިބުރަތެއް

      ﷲއަކުބަރު ﷲއަކުބަރު ﷲއަކުބަރު

  3. ަިަައިބޫ

    ދިވެހިރާއްޖެއައް އަނެއް 7 ފެބުރުއަރީ އައުމަ ކީ ދުއާ.

    14
    1
  4. ނުވިސްނޭމީހާ

    ދިވެހި ރާއްޖެ 1 އަހަރައް ހަވަލުވަނީ އިންޑިޔާ. ދިވެހިންގެ މޮޔަކާމާ.