މިޔަންމާގައި މިވަގުތު ކުރިއަށްދާ ބަޣާވާތާ ދެކޮޅަށް އެގައުމުގެ ޓީޗަރުންވެސް ނުކުމެއްޖެ އެވެ.

މިޔަންމާގެ އެކި ހިސާބުތަކުގައި މިވަގުތު ކުރިއަށްދާ ބަޣާވާތާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފައެވެ. އޭގެ ތެރޭގައި 70 ހޮސްޕިޓަލެއްގެ ސިއްހީ ހިދުމަތްތެރިންވެސް ހިމެނެއެވެ.

އެފަރާތްތަކާއި މިހާރު ގުޅިފައިވަނީ އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޮންގެ ޔުނިވާސިޓީއެއްގެ ޓީޗަރުންނާއި ބައެއް ދަރިވަރުންނެވެ. މިއެންމެން މަދަނީ ބަސްނޭހުމަަކަށް ގޮސްފައިވަނީ އެގައުމުގެ ލީޑަރު އޮން ސަން ސޫކީ ޖަލަށް ލުމާއި ގުޅިގެންނެވެ.

ޓީޗަރުން ބަޣާވާތާ ދެކޮޅަށް ނުކުމެފައިވަނީ ރަތް ކުލައިގެ ރިބަން ހިފައިގެން އެގައުމުގެ ޔުނިވާސިޓިއެއް ކަމަށްވާ ޑާގޮން ކުރިމައްޗަށެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް ބައެއް މީހުން ދަނީ އެ މީހުންގެ ހެދުމުގައި ރަތް ރިބަން ހިފަައިގެން ތިބެ ނަގާފައިވާ ފޮޓޯ ހާމަކުރަމުންނެވެ. އަދި ބައެއް ސިއްހީ މަސައްކަތްތެރިން ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ.

މިޔަންމާ އަށް ބަޣާވާތެއް ގެނައި ކަން އަސްކަރިއްޔާ އިން އިއުލާން ކުރީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.

އެގޮތުން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމު ހިންގުމާ އަސްކަރިއްޔާ އިން އެއް އަހަރު ދުވަހަށް ހަވާލުވެފައިވާ ކަމަށް އިއުލާންކޮށް އަސްކަރިއްޔާގެ ޓީވީން މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އަސްކަރިއްޔާ އިން އިއުލާންކޮށްފައިވާ ގޮތުން އެ ގައުމުގެ ވެރިއަކީ ޗީފް ކޮމާންޑަރެވެ. މިޔަންމާ އިން ވަނީ ފޯނާއި އިންޓަނެޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި ދައުލަތުގެ ޓީވީގެ ހިދުމަތް މިހާރު ވަނީ މެދުކެނޑިފައެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ މިޔަންމާގެ ލީޑަރާއި ރައީސާއި ދައުލަތުގެ ހުރިހާ އިސްވެރިންނާއި އެކި ޕްރޮވިންސްތަކުގެ އިސްވެރިންނާއި ވެރިކަން ކުރާ ޕާޓީގެ ވެރިން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖަނާޒާ

  އެއްކަލަ އަލިފް ދ ކޮބާ ؟

  6
  2
  • ކާފަ

   އެމީހުން މިހާރު ބޮޑުކަންނެލިބާނަންދަނީ..

   8
   2
 2. ރަށްސް

  އިހައްދުވަހު ރޮހިންޖާ މީހުން ސުއްނާފަތިކޮށްލީ، މިއަދު އަމިއްލަޔަށް އެހެރަދަނީ ފަނާވަމުން.
  ވިސްނާބަޔަކަށް އިބުރަތެއް

  10
  1