ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،006 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 1,006 މީހަކު މަރުވެ، އެ ބަލީގައި ޖުމްލަ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 182,815 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،803 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯ އިން އިތުރު 8,642 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 2,060,908 އަށް އަރައިފައެވެ. މެކްސިކޯއިން މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީވެސް ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 22،339 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1,614,614 މީހެކެވެ. މި ބައްޔަށް 263,479 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 4,798 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 113,205,188 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 88,802,775 ރަނގަޅުވެފައިވާއިރު 2,510,872 މީހަކު ވަނީ މަރުވެފައެވެ.