ސިންގަޕޫރްގައި ހައްދާ އޯކިޑް މަލަކަށް އިންޑިއާގެ ބޮޑުވަޒީޒު މޯދީގެ ނަން ދީފި އެވެ.

ސިންގަޕޫރްގެ އޯކިޑް މަލަކަށް މޯދީގެ ނަން ދިނުމުން އެކަމަށް ޝުކުރު އަދާ ކުރައްވައި ވިދާޅުވީ މިއީ ސިންގަޕޫރުން ދިން ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި އޯކިޑް މަލަކަށް މޯދީގެ ނަން ދިނުމަކީ ވަރަށް ބޮޑު ފަހަރަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. މޯދީގެ ނަން ދިނީ ޑެންޑްރޯބްރިއަމް އޯކިޑާ ގުޅުވައިގެންނެވެ.

ސިންގަޕޫރްގައި ހައްދާ އޯކިޑް މަލުގެ ފުރިހަމަ ނަމަކީ "ޑެންޑްރޯބްރިއަމް ނަރެންދުރަ މޯދީ" އެވެ.

މި ގަހުގެ ގޮފިތަކުގައި 14-20 ދެމެދުގެ އަދަދަކަށް ހުދާއި ގަދަ ދަނބު ކުލައި މަސްހުނި މާތަކެއް އަޅަ އެވެ.ސިންގަޕޫރަކީ އޯކިޑްގެ މާ ހެއްދުމަށް މަޝްހޫރު ގައުމެކެވެ. އަދި އެ ގައުމުގައި ހައްދާ އޯކިޑް މަލުގެ ވައްތަރުތައް ގިނަވެފައި، އޯކިޑް ބަގީޗާތައް ވެސް ބައިވަރެވެ.

އޯކިޑަކީ ގޭގައި ހައްދާލުމަށް ރީތި، އޭގައި ނިކުންނަ މާގަނޑު ގިނަދުވަހަށް ހުންނަ ރީތި މާގަނޑެއް އަޅާ ގަހެކެވެ. ގޭތެރޭގައްޔާއި ބޭރުގައިވެސް ފަސޭހަކަމާއެކު އޯކިޑް ހައްދާލެވެއެވެ. އެކަމަކުވެސް ގަސް ހެއްދުމަށް ބޭނުންވާ މުހިއްމުކަންކަން ނޭނގޭނަމަ މިއީ ހެއްދުމަށް އުނދަގޫ ގަހެއްކަމަށް ގިނަބަޔަކު ބުނެފާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެނެރީ ސޮނި މުގާބޭ

    ހަތުރުވެރި އިންޑިޔާ

  2. އަބްދުއްލާ

    މިއީ ސިންގަޕޯރ ގަ އާންމު ކަމެއް ސިނަގަޕޯރ ގެ އޯކިޑަކަށް މައުމޫނުގެ ނަން ވެސް ކުރިން ދީފައި ވާނެ