އިންޑޮނޭޝިއާގެ ފައްޅިއަކަށް ބޮމުގެ ހަމަލާއެއް ދީ ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ.

އެ ގައުމުގެ ސިޓީއެއް ކަމަށްވާ މަކައްސަރުގެ ކެތޮލިކް ޗާޗެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ގާތްގަނޑަކަށް 20 މީހަކު ވަނީ ޒަހަމްވެފައެވެ. މި ހާދިސާ ހިނގުމުގެ ކުރިން އެ ތަނަށް ސައިކަލްގައި ދެ މީހަކު ވަންނަން ދިޔަ ކަމަށްވެއެވެ.

އިންސްޕެކްޓަ ޖެނެރަލް އޮފް ޕޮލިސް އާގޯ ޔުވޮނޯ ބުނެފައި ވަނީ ޗާޗްގެ ސެކިއުރިޓީން އެ ދެމީހުން ވަނީ ހުއްޓުވި ފަހުން އެތަނުގައި ގޮވުމެއް ގޮވާފައިވާ ކަަމަށެވެ. އަދި މީގެ އިތުރުން ޕޮލިހުން ބުނެފައިވަނީ ޝައްކު ކުރެވޭ ދެ މީހުންގެ އިތުރުން އެތަނުން ފެނިފައިވާ ހަށިގަނޑުތަކުގެ ބައިތައް ނަގާ ތަހުގީގު ކުރަމުންދާކަމުގައެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ މި ހާދިސާ ހިނގާފައިވާ ގޮތް ވީޑިއޯ މެސެޖެއްގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ނިރުބުވެރި އަމަލެއް ކަމަށެވެ. އަދި އެ ގައުމަކީ ހަމަޖެހިގެން ބިރެއް ނެތި އަޅުކަން ކުރެވޭނެ ތަނެއް ކަމުގައި ޔަގީން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ސޫރަބާޔާގެ ޕޮލިސް ހެޑްކުއާޓާ އަދި ޗާޗްގައި ބޮމުގެ ހަމަލާއެއްދީ އެތައް ސަތޭކަ މީހުން ވަނީ މަރުވެފައެވެ. 2002 ވަނަ އަހަރު ބާލީއަށް ދިން ހަމަލާއެއްގައި 202 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނަ މީހުންނަކީ ފަތުރުވެރިންނެވެ.