އިންޑޮނޭޝިއާ އާއި އީސްޓް ޓީމޯގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ގިނަވެއްޖެއެވެ.

މި ދެ ގައުމަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ އެތައް ބަޔެއްގެ ގެދޮރަށް ގެއްލުން ވެފައިވެއެވެ. އިންޑޮނޭޝިއާއިން އެކަނިވެސް މި ހާދިސާގައި 80 މީހުން މަރުވެ ބާރަ ވަރަކަށް މީހުން ގެއްލިފައި ވެއެވެ. ފެންބޮޑުވެ ބިންގަނޑު ޗަކަވެ، ކަނޑަައިގެން ގޮސްފައި ވުމުން ގެއްލިފައިވާ މީހުން ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށް އިންޑޮނޭޝިއަން ޑިޒާސްޓާ އެޖެންސީ އިން ބުނެފައިވެއެވެ.

އީސްޓް ޓީމޯއިން 21 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމަކިީ އިންޑޮނޭޝިއާގައި އާންމު ކަމެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ކުރި ވިއްސާރައިގައި ފެންބޮޑުވެ 40 އަށް ވުރެ ގިނަ މީހުންގެ ފުރާނައަށް ނުރައްކާވެފައިވެއެވެ.

އެ ގައުމުގެ ޑިޒާސްޓާ އެޖެންސީއިން ބުނެފައި ވަނީ އާބާދީގެ ދެބައި ކޮށްްފަ އެއްބައި މީހުން އުޅެނީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ މި ދަނޑިވަޅުގައި ސަމާލުކަން ދޭންވީ އޮފިޝަލުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކަމަށެވެ. އާންމުންނަށް ދޭން ޖެހޭ ސިއްހީ ހިދުމަތްތަކާއި އެހެންވެސް ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.