އޮސްޓްރިއާގައި ހަތް މިސްކިތެއް ބަންދުކޮށް ގިނަ އަދަދެއްގެ އިމާމުން ގައުމުން ފޮނުވާލަން ނިންމުމާއި ގުޅިގެން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ވިދާޅުވެ ތުރުކީގެ ރައީސް އުރުދުޣާން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އޮސްޓްރިއާއިން ބޭރުކޮށްލަން ނިންމީ ތުރުކީގެ އިމާމުންތަކެކެވެ. ގާތްގަނޑަކަށް 60 އިމާމުން ބޭރުކޮށްލަން ނިންމާފައިވާއިރު ތުރުކީގެ ރައީސް ވަނީ މިނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
ތުރުކީގެ ރައީސް ވިދާޅުވީ އޮސްޓްރިއާގެ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން މުސްލިމުންނާއި ނަސާރާއިންނާއި ދެމެދު ބޮޑު ހަނގުރާމައެއް މުސްތަގުބަލުގައި ފެށިދާނެ ކަމަށެވެ.
އޮސްޓްރިއާގައި 600000 އެއްހާ މުސްލިމުން އުޅެމުންދާއިރު ތުރުކީއަށް ނިސްބަތްވާ 300000 މީހުން އެގައުމުގައި ދިރިއުޅެއެވެ. އޮސްޓްރިއާ ސަރުކާރުގެ މި ނިންމުން އެ ގައުމުގެ މުސްލިމުންގެ ފެޑެރޭޝަން، އައިޖީޖީއައިއޯއީން ވަނީ ކުށްވެރިކޮށްފައެވެ.
އެޖަމިޔާގެ ރައީސް އިބްރާހިމް އޮލްގުމް އާދީއްތަ ދުވަހު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދީނީ ގްރޫޕްތަކުގެ އަގުވައްޓާލަން ކަމަށެވެ.
އޮސްޓްރިއާގެ ކަލްޗަރ މިނިސްޓަރ ގެއަރްނޮޓް ބުލުމެލް ވިދާޅުވީ ޓަރކިޝް މޮސްކް ބަންދުކުރީ ކަނާތު ފިޔައިގެ ހައްދު ފަހަނައެޅި ހަރަކާތްތަކާއި އޮސްޓްރިއާގެ އިސްލާމިކް ފެއިތު ކޮމިޓީއިން ލައިސަންސްދީފައިނުވާތީ ކަމަށެވެ.
އޮސްޓްރިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ، ދީނީ ޖަމާއަތްތަކުން ފަންޑު ކުރުމާއި އެފަދަ ފަރާތްތަކުގެ އަތުން ފަންޑު ހޯދުން މަނާކޮށް 2015 އަހަރު ވުޖޫދަށް ގެނެވުނު ގާނޫނެއްގެ ދަށުން ހިންގާ ކަންކަމެވެ.
މިހާރުވެސް ނަޞާރާތް ދަނީ މުސްލިމުންނާ ހަގުރާމަ ކުރަމުން
މުސްލިމުންނަކަށް ނަސާރާއިންނާ ހަގުރާމައެއް ނުކުރެވޭނެ. އެންމެ ކުޑަމިނުން މުސްލިމުން ގެންގުޅޭ ބަޑީގެ އުންޑަ އަކީވެސް ނަސާރާއިން ރިމޯޓް ކޮންޓްރޯލަކުން ބަލަހައްޓާ އެއްޗެއް. އަނެއް ވާހަކައަކީ މުސްލިމް ގައުމުތަކުގައި ނަސާރާއިންނަށް އެއްވެސް ހަރަކާތެއް ނުހިންގޭ. އެކަމަކު ނަސާރާއިންގެ ގައުމުތަކުގައި މުސްލިމުންނަށް ލައުޑު ސްޕީކަރު ބަހައްޓައިގެން ހުރިހާ ކާފަރުނަ މަރަންވީއޭ ކިޔާފަ ފަތުވާ ދެވެން ޖެހޭ. ހަމަ ބޭރު ކުރަންވީ. އޮސްޓިއާގެ ނިންމުން ހަމަ ވަރަށް ރަގަޅު.
ކަލޭ ތީ މުސްލިމެއްތަ؟
ކާފިރުކަން ފާޅު ކުރުމުން މުނާފިގަކަށް ނުވާނެ. އެއިރުން ވާނީ ކާފިރަކަށް. ދުވަސްކޮޅަކަށް ޢަރަބިން ތެޔޮ ވިއްކުން ހުއްޓާލަން ގަރާރެއް ފާސްކޮއްފިނަމަ ކިހިނެތް ވާނީ، އެއިރުން ރަލަށް ދެވިހިފާ މީހުން ގެ ރާ ފެކްޓްރީ ތައް މަސައްކަތް ނުކޮއްގެން އެމީހުންނަށް ރާ ނުލިބިގެން އެންމެން އަމިއްލަ އަށް މަރު ނުވާނެބާ؟
ފުރަތހަމަ މިކަލޭގެ އެއްނު މި ރާއްޖެއިން ބޭރުކުރަންވީ
ނަން ތިބުނީ ހަމަ އެއްވަނައިގެ ވާހަކައެއް. މިމީހުން ހިތަށް އެރިހާ ފާޑަށް އުޅެން އެހެން އެންމެން ފުރުސަތު ދޭށޯ ނޫނީ ހަނގުރާމައޯ ހަހަހާ މަ ހީހީ
މިވާނީ ނަސީދުގެ ލަދީނީސޮރަކައް
ޢަރަބި ގައުމުތަކުން ތެޔޮ ނުވިއްކަން ގަރާރެއް ފާސްކޮށްފިނަމަ އޭގެ ގެއްލުންވާނީ ހަމަ އަރަބީންނަށް . ތެލުގެ ރިމޯޓް އޮތީ ވެސް ކާފަރުން ޢަތުގައި . މީގެ ހެކި ސަައުދީއިން މިސްރާއި އިޒްރޭލްގެ ހަގުރާމައިގައި ކިންގް ފައިސަލް ކާފަރުންނަށް ތެޔޮނުވިއްކަން ފާސްކުރުމުން އެމެރިކާގެ ސީއައިއޭ އަޑީގައި އޮވެގެން ކިންގް ފައިސަލް މަރާލީ އޭނައަށް ބޮޑުބޭބެ ކިޔާ ހަމަ ފައިސަލް ކިޔާ އެމެރިކާއިން ތަމްރީންކޮށްފައި ހުރި ކުއްޖެއްލައްވާ .މިހާރުވެސް ސައުދީ ގެ ސަލާމަތީ ހުރިހާކަމެއް ބަލަހައްޓަނީ އެމެރިކާ . ޓްރަމްޕްގެ އާއިލާ އާއި ސަލްމާން ގެ އާއިލާ އަކީ ވިޔަފާރީގެ ޕާޓްނަރުން .