މިއަދު ވެސް އިންޑިއާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ރެކޯޑް އަދަދެއްގެ މީހުން ފައްސިވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

މިއަދު އިންޑިއާ އިން ވަނީ 386,829 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ ދުނިޔޭގައި ވެސް މިހާތަނަށް އެއްދުވަސް ތެރޭގައި މިހައި ގިނަ އަދަދެއްގެ މީހުން އެއްގައުމަކުން ކޮވިޑަށް ފައްސިވި ފުރަތަމަ ދުވަހެވެ.

މިއަދު ކޮވިޑް ޖެހިގެން އިންޑިއާ އިން ވަނީ 3,501 މީހުން މަރުވެފައެވެ. މިއަދަކީ ކޮވިޑް ޖެހިގެން އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 18.7 މިލިއަނަށް އަރައެވެ. މިހާތަނަށް އެގައުމުން ވަނީ 28000 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ. އިންޑިއާގައި މިހާރު ކޮންމެ ތިން ދުވަހަކުން މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ. ހޮސްޕިޓަލްތަކުގެ ބޭރުގައި ވެސް އެތައް ބަޔަކު ހާލު ބޮޑުވެގެން ވެއްޓިފައި ތިބޭ މަންޒަރު ފެނެއެވެ. ހޮސްޕިޓަލްތަކުގެ އެތެރެއާއި ހޮސްޕިޓަލްތަކުގެ ކައިރި ވެސް ސިފަވަނީ ހަނގުރާމައިގެ މައިދާނެހެން ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ފިޔަވަޅުތައް ހަރުކަށިކުރި ނަމަވެސް ސަރުކާރުން ބުނަނީ ކުރިއަށް އޮތް ދެހަފްތާ ދުވަހު ވެސް އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާނެ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް އިންޑިއާ އިން މިހާރު ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޯވިޑު

    ރެކޯޑެއް މުގުރާލި ވާހަކަ ކިޔާހެން ހިވަނީ. ހީވަނީ މޮޅު ކަމެއް ކުރެވިގެން އުޅޭހެން.

    5
    5
  2. ގރ މޯދީ

    އިންޑިއާ ރައްޔިތުންނާ އެކުވަމެވެ.