ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ހާލަތާ ގުޅޭ ގޮތުން އަރަބި ލީގުގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
އެ ބައްދަލުވުމަކީ ގުދުސްގައި ތިބި ފަލަސްތީނުގެ މީހުންނަށް އިސްރާއީލުން ކުރަމުން އަންނަ އަނިޔާތަކާއި، މިހާރު ހިންގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން ސައްލާކޮށް އަވަސް ހައްލެއް ހޯދުމަށް މަގެއް ކޮށުމެވެ.
މި ސަމިޓަކީ ފަލަސްތީނުގެ އެދުމަކަށް ގަތަރުން އިސް ނަގައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ބައްދަލުވުމެކެވެ. ސަމިޓުގެ ޗެއާ ކުރާނީ ވެސް ގަތަރުގެ ސަރުކާރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރަބި ލީގު ބައްދަލުވުމުގެ މައުޟޫއަކީ ފަލަސްތީނެވެ. އަދި އިސްރާއިލުން ގުދުސްގައި ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކެވެ. އިރުމަތީ ގުދުސްގައި ތިބި ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކުރުމާއި، ރޯދަ މަހު އަޅުކަން ކުރުމުގައި ޝާމިލްވެ މަސްޖިދުލް އަގްސަގައި ތިއްބާ އިސްރާއިލް ސިފައިން ގޮސް އަނިޔާވެރި އަމަލުތައް ހިންގާ ހުރަސް އެޅި މައްސަލައާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދާނެއެވެ.
އަގްސާގައި މުސްލިމުން ތަރާވީސް ކުރަން ތިއްބާ އިސްރާއިލު ސިފައިން ހަތިޔާރާ އެކު މިސްކިތަސް ވަދެ ހިންގި އަނިޔާވެރި ހަމަލާތަކުގައި ބޮމާއި ރަބަރު އުންޑަ އަދި ގޭސް ބޮން ބޭނުން ކޮށްފައިވެއެވެ. މި ހަމަލާގައި ސަތޭކައަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވެއެވެ.
އިސްރާއިލުން ފަލަސްތީނުގެ މައްޗަށް ގަދަވެ ގަނެ އިންސާނިއްޔަތާއި ދެކޮޅު އަމަލުތައް ހިންގުމަކީ އާންމު ކަމެކެެވެ. މިކަމާއި ގުޅިގެން އިސްލާމީ ގައުމުތަކުން އަންނަނީ އެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.
ވ. ރަނގަޅު...ހަނގުރާމަ ފަށަން އުޅޭ!!!!!!!! 🇵🇸❤️🇲🇻
އަބަދުވެސް ޖަހާ ސަކަރާތެއް މިއީ. ކޮސް އަގަ ތޅުން މިމީ ހުންގެ ކަމަކީ.
ކަލޭމެން ޖެހޭނީ ތިހެން ސައްލާ ކޮށްލަ ކޮށްލާ އޮންނަން
މުނާފިޤުންނަކީ ޔަހޫދީންނަށް ވުރެއް މަކަރުވެރި ބައެއް. ތި އަރަބި ސަމިޓުގަ ތިބީ މުނާފިޤުން.
އދ ން ހިންގާ ޖަރީމާއެއް
ހުހް...ކޮން ކަމެއް ކުރާ ބަޔެއްތީ؟
އަރަބީންގެ ވިޔަނުދާކަމުން ޖެހިގެން އުޅޭ މައްސަލައެއްތިއީ! ފުރަތައިނުންވެސް ވަކި ދަވްލަތެއް ހެދެން އޮއްވާ އެކަން ކުރިނަމަ މިހާރު ޖެހިގެން އުޅޭ މައްސަލަ ނުޖެހުނީސް!