ހަމާސް އިން އިސްރާއީލްގެ ހައަސްކަރީ މަރުކަޒަކަށް ހަމަލާދީފިއެވެ.

ހަމާސް އިން ބުނީ އެޖަމާއަތުން ރޭ ފޮނުވާލި ރޮކެޓް ހަމަލާތަކެއް އިސްރާއީލްގެ ހައަސްކަރީ މަރުކަޒަކަށް އަމާޒުވި ކަމަށެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ އަސްކަރީ މަރުކަޒުތައް ހުންނަ ގިނަ ސަރަހައްދުތަކަކުން ރޭ ވަނީ ރޮކެޓް ހަމަލާތައް އަމާޒުވާއިރު އަޅާ ސައިރަން އަޅާފައެވެ.

ހަމާސްގެ އަސްކަރީ ގޮފި ގައްސާމް ބްރިގޭޑުން ބުނީ އިސްރާއީލްގެ ދެކުނާއި މެދުތެރޭގައި ހުރި އަސްކަރީ މަރުކަޒުތަކަށް ރޭ ހަމަލާ ދީފައި ވާނެ ކަމަށެވެ. އެއީ އިސްރާއީލްގެ ހަޓޮޒް، ހަޓްޒެރިން، ނެވަޓިމް، ޓެލް ނޮފް، ޕަލްމަޗިމް އަދި ރާމޮން އަށެވެ.

އަސްކަރީ މަރުކަޒަކަށް ހަމާސްގެ ހަމަލާއެއް އަމާޒުވިކަމަކަށް އިސްރާއީލުން އެއްބަހެއް ނުވެއެވެ. އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ބުނީ އަސްކަރިއްޔާގެ މަރުކަޒަކަށް ހަމަލާއެއް އަމާޒުވިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ޓެލް ނޮފް އަސްކަރީ މަރުކަޒު ކައިރިއަށް ރޮކެޓެއް ވެއްޓުނު ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެއެވެ.

ހަމާސް އިން އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާއި ގުޅޭ މައުލޫމާތު އިސްރާއީލުން ހާމަނުކުރާތީ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ހަމާސް އިން ރޭ އިސްރާއީލްގެ ގަޑިން 20:30 އިން ފެށިގެން 02:30 ވަންދެން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން ގެންދިޔައެވެ. އޭގެ ފަހުން ރޮކެޓް ހަމަލާތައް ދިނުން މެދުކަނޑާލުމަށް ފަހު އަނެއްކާވެސް ފަތިހު 05:30 އިން ފެށިގެން ދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. ރޭ ވެސް ޣައްޒާ އިން އިސްރާއީލަށް 50 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައި ވެއެވެ.

އިސްރާއީލުން ރޭ ވަނީ ޣައްޒާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ިރެފްރީ

  އިސްރާއީލުގާތިބިޔަހޫދީންނަ ކީ ރެފިއުޖީން. ވީމާ އެ ކަންގަބޫލުނު ކުރެވޭބަޔަ ކު ފަލަސްތީނުގެބިންތަ ކުން ފައްސާލެވެންޖެހޭނެ!

  51
  10
  • ރެފިއުޖީ

   ދައްކާ މުޑުދާރު ވާހަކަ. ޓެރަރިސްޓުން އެއީ ފަލަސްތީނުގެ ބިމަށް ވެރިވެގަތް

   47
   2
  • ރެފިއުޖީ

   ތިބެފުޅާ ގޭގެ އެޑްރެސް ބުނެލައިބަލަ. މަވެސް ބޭނުން ތިގޭގަ ރެފިއުޖީއެއް ގޮތަށް އުޅެން ދާން. މަށަކީވެސް ވަރަށް ހާލުގަ އުޅޭ މީހެއް

   8
   2