އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މުސްލިމަކަށް އެ ގައުމުގެ ހިންދޫ ދީނުގެ ޑޮކްޓަރަކު ޝަހާދަތްލައި ދިނުމުން މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ.
އިންޑިއާގެ ކެރަލާ އަށް އުފަން ޑރ. ރެހާ ކްރިޝްނަންއަކީ ޕަލަކަޑްގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ހިންދޫ ދީނަށް ތަބާވާ ޑޮކްޓަރެކެވެ. ކޮވިޑް ބަލީގައި މަރުގެ ތުންފަތްމަތީގައި އޮތް މީހަކަށް ޝަހާދަތްލައި ދިނުމުގެ ސަބަބުން އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް އެ ޑޮކްޓަރަށް ވަނީ ލިބިފައެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި ޑޮކްޓަރުގެ ފަރާތުން ފެނުނީ އިންސާނިއްޔަތުކަމުގެ ނަމޫނާއެކެވެ.
ކޮވިޑް ޖެހިގެން މުސްލިމް މީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އަދި އެމީހާ އަށް ނިއުމޯނިއޯ ޖެހިގެން އޮތީ ވެންޓިލޭޓަރުގައެވެ. އިންޑިއާގައި އަމަލު ކުރާ އުސޫލުގައިވާ ގޮތުން ކޮވިޑް ބަލި ޖެހޭ މީހުން ކައިރި އަށް ޒިޔާރަތް ކުރުމަކީ މަނާ ކަމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މެއި 17 ވަނަ ދުވަހު ބަލި މީހާގެ ހާލަތު އިތުރަށް ގޯސްވެ، ހަށިގަނޑުގެ ބައެއް ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުމަކަށް އަންނަން ފެށިއެވެ. އެއާ އެކު، އެމީހާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް އިތުރު ކަމެއް ކުރެވެން ނެތުމުން ވެންޓިލޭޓަރުން ނަގަން މަޖުބޫރުވިއެވެ.
އަދި އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް އެމީހާގެ އާއިލާގެ މެމްބަރުންނަށް ފޯރުކޮށްދީފައިވެއެވެ.
އެމީހާގެ ހާލަތު ދަށަށް ދާން ފެށި އިރު، އެންމެ ކައިރީގައި ހުރި އެއް ޑޮކްޓަރަކީ ކްރިޝްނަންއެވެ.
ކްރިޝްނަން ކިޔައި ދިން ގޮތުގައި އެވަގުތު އޭނާގެ ވިސްނުމަކަށްވީ ޑޮކްޓަރަކަށް ވުރެ ބޮޑަށް އިންސާނަކަށްވީތީ ދޭން ޖެހޭ އަޅާލުމާއި ލޯބި ދިނުމެވެ.
"އެމީހާ ކައިރީގައި އެއްވެސް ގާތް މީހަކު ނެތް. އަހަރެން ހިތަށް އެރީ ކޮންމެވެސް ކަމެއް ބަލި މީހާ އަށް ކޮށްދޭނަމޭ. އެއީ ޔޫއޭއީގައި ވެސް އުޅެފައިވާތީ. އަހަރެންނަން އެނގޭ، އަޅުކަން ކުރުމާއި މިކަހަލަ ޕްރެކްޓިސްތައް. އެހެންވެ، އަހަރެން ޝަހާދަތް ލައިދީ އެމީހާގެ ލޯ މަރާލަދިނީ. އެއާ އެކު ފުން ނޭވާއެއް ބަލި މީހާ ލުމަށްފަހު، އެމީހާގެ ހަރަކާތް އެއްކޮށް ހުއްޓުނީ،" ޑޮކްޓަރު ކިޔައި ދިނެވެ.
ޑޮކްޓަރުގެ މި އަމަލާއެކު، އެތައް ބައެއްގެ ތައުރީފް ވަނީ ކްރިޝްނަން އަށް ލިބިފައެވެ.
ކްރިޝްނަން ބުނީ ޑޮކްޓަރުން އުޅެމުންދާ ހާލެއް އެއްވެސް މީހަކަށް ނުވިސްނޭނެ ކަމަށެވެ. ކޮވިޑާ ގުޅިގެން ބަލިވާ މީހުންގެ އާއިލާގެ މެމްބަރުންނަށް މިފަހަރު ވާން ޖެހިފައި ވަނީ ޑޮކްޓަރުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮބާތޯ ވީޑިއޯ؟
ޑޮކްޓަރުވެސް ދެން ތިޔަ ބުދުތައް ދޫކޮށް ޚާލިޤުވަންތަ ﷲ އަށް އަޅުކަންކޮށް މުސްލިމަކަށް ވާންވީ..
ޔާ ﷲ ކުރިޝްނަން އަށް ތެދުމަގު ދައްކަވާށި آمیـــــــــــــن یارب العالمین
ތި ޑޮކްޓަރަށް މާތްﷲ ހިދާޔަތް ދައްކަވާށި. އާމީން
ތި ޑޮކްޓަރަށް މާތްﷲ ހިދާޔަތް ދައްކަވާށި. އާމީން
ތިޑޮކުޓަރަށް الله سبحانه وتعالىގެ خضرةن ހެޔޮރަހުމަށް ލެއްވުމަށް އެދި ދުޢާ ދަންނަވަމެވެ
ޢަޅީ
ހުސް ހަރުކ ކަށި މީހުން ކޮމެންޓް ކޮށްފަ މިތިބީ
ރަނގަޅައް އެއްޗެކޭ ބުންޏަސް ބުނާ މީހާ ގޯސް ރަގަނޅު އެއްގޮތެއް ނެތެއްނު
ތީ އެމީހަކީ. ކަލެއަށް ވެސް ހިދާޔަތް ދައްކަވާށި
އެންމެން ކީއްވެތަ ޑޮކްޓަރަށް ނޫނިއްޔާ އިންޑިއާ އަށް ނުބެވީ؟ ރޭޕިސްތާނެއް ނޫންތަ އެއީ. ދެންވެސް ވިސްނަންވީ ކަމަކީ ކޮންމެ ތާކު ވެސް ރަނގަޅު މީހުން އުޅޭކަން
يا الله އެ ޑޮކްޓަރަށް ތެދުމަގު ދައްކަވާ އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވާންދޭވެ