ތޫފާން އަރާފައިވާ ސަރަހައްދު
ތޫފާން އަރާފައިވާ ސަރަހައްދު
23:46 އާދަމް ނަވާޒް

21:34 އާދަމް ނަވާޒް

ފްލޮރިޑާގެ ގަވަރުނަރު ސްކޮޓް ވިދާޅުވީ މީހުން ހޯދުމާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ހާސް ސިފައިންނެއް ތައްޔާރީ ހާލަތުގައި އެބަތިބި ކަމަށާއި ނަމަވެސް މޫސުން ގޯސްކަމުން ސިފައިންގެ މަސައްކަތްތައް ނުފެށިފައިވާ ކަމަށް.

21:23 އާދަމް ނަވާޒް

ފްލޮރިޑާގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހުރި ތެޔޮ ވިއްކާ ތަންތަނުން ތެޔޮ ހުސްވެއްޖެ.

21:17 އާދަމް ނަވާޒް

ފްލޮރިޑާގެ މިއާމީގައި ތިބި މީހުންނާއި ހަވާލާދީ ސީއެންއެން އިން ބުނީ މިއާމީގެ މަގުތައް ވަނީ ކޯރުތަކަކަށް ވެފައި ކަމަށް.

21:13 އާދަމް ނަވާޒް

ފްލޮރިޑާގެ ދެމިލިއަން އިމާރާތުން ވަނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި.

20:29 އާދަމް ނަވާޒް

ފްލޮރިޑާގެ ޓަމްޕާ އަށް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ އިރު މީހުން މަގުމައްޗަށް ނުނިކުމެ ގޭ ގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އަންގަމުން. ޓަމްޕާގެ މަގުމަތީގައި އުޅޭ މީހުން ހައްޔަރު ކުރަމުން ގެންދާ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނޭ.

19:42 އާދަމް ނަވާޒް

ފްލޮރިޑާގެ 1.3 މިލިއަން އިމާރާތުން މިހާރު ވަނީ ކަރަންޓް ކެނޑިފައި.

19:42 އާދަމް ނަވާޒް

ފްލޮރިޑާ އިން އިތުރު ދެމީހުން މަރުވެއްޖެ.

19:40 އާދަމް ނަވާޒް

ތޫފާނުގެ ސަބަބުން "ފްލޮރިޑާ ކީސް" ސަރަހައްދުގައި ބިންގަނޑު ވެއްޓުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.

19:29 އާދަމް ނަވާޒް

ފްލޮރިޑާގެ އެއްމިލިއަން އިމާރާތުން މިހާރު ވަނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައި.

19:20 އާދަމް ނަވާޒް

ފްލޮރިޑާގެ މިއާމީ ފުލުހުން ބުނީ ފުލުހުންނަށް އެމަޖެންސީގައި ލިބެމުންދާ ކޯލްތަކަށް މިހާރު އެޓެންޑް ނުވެވޭ ކަމަށާއި އެކޯލްތަކަށް އެޓެންޑް ވެވޭވަރަށް ވުރެ މޫސުން ގޯސް ކަމަށް.

19:05 އާދަމް ނަވާޒް

ތޫފާނުގެ ސަބަބުން ފްލޮރިޑާ އިން މިހާތަނަށް އެކަކު މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއްވާ.

އެމެރިކާގެ ފްލޮރިޑާ "ސުންނާފަތި ކޮށްލާނެ" ކަމަށް ލަފާކުރެވޭ ތޫފާން އިރްމާ ފްލޮރިޑާ އަށް އަރައިފިއެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތޫފާނުގެ ސަބަބުން 130 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ތޫފާނުގެ ސަބަބުން ފްލޮރިޑާގެ އައްސޭރިފަށަށް 15 ފޫޓްގެ ރާޅު އެރުން އެކަށީގެންވާ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނެއެވެ.

މިތޫފާންގެ އަސަރު 400 މޭލުގެ ސަރަހައްދަކަށް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ކެރީބިއަންގެ ސަރަހައްދުތަކަށް ތޫފާން އެރުމުގެ ސަބަބުން މިހާތަނަށް ވަނީ 27 މީހުން މަރުވެފައެވެ.

ފްލޮރިޑާ އަށް މިހާރު ތޫފާން އަރާފައި ވާއިރު ބައި މިލިއަން މީހުން މިހާރު ވެސް ވަަނީ ކަރަންޓްގެ ޚިދުމަތުން މަހްރޫމް ވެފައެވެ.

ފްލޮރިޑާގެ ހާލަތު ގޯސްވުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން ވެސް ވަނީ މެދުކަނޑާލާފައެވެ. ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ރަސްމީ އިދާރާ އިން ބުނީ މޫސުން ގޯސްވެ އެއްވެސް މީހަކަށް މަގުތަކަށް ނިކުމެވޭނެ ގޮތެއް ނެތުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ADS BY ASTERS

36 ކޮމެންޓް

 1. ޥަރައް ދެރަވޭ.އަޅުގަނޑު ގެ ދައްތަ ވެސް ދިރިއުޅެނީ އެތާގަ.ހެޔޮ ނުވާނެ ތިގޮތަށް

  ބަދު ދުއާކުރަން.ޔާﷲ މިފަދަ ކޮމެންޓް ތަށް ކުރާ މީހުންނަށް ހެޔޮ ވިސްނުން ދެއްވާންދޭ. އާމީން

 2. މުސްލިމުންގެ ނަމުގައި މިތާ ކޮމެންޓު މިކުރަނީ ހާދަ ޖާހިލު ހިތްނުބައި ނުލަފާ ބަޔެކޭދޯ؟ އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއްވެސް ނެތް. ބަލަ މުސީބާތް އަންނާނެ ދެފަރާތަށްވެސް. އެހެންވެތާ މުސްލިމު ރުހިންޖާއަށްވެސް އެއަންނަނީ. ގައިމު ﷲ ކުޅަދުންވަންތަ ވާނެއެއްނު މުސްލިމުން ސަލާމަތް ކުރައްވާފައި ހުރިހާ މުސްލިމު ނޫން މީހުން ނައްތަވާލައްވަންވެސް.

 3. ..އެމެރިކާ މީހުން އިރާގުން ފޭބިއިރު ތިއައްވުރެވެސް ބޮޑުވަރުވެފަ އޮތީ، އިސްރާއީލް މީހުން ކޮންމެ ދުވަހަކުވެސް ތިކަހަލަ ތޫފާންތައް މުސްލިމުން ނައްކުރިމަތި ކުރޭ، އެހެންވީމަ ﷲ ގެ ކޯފާއައް ފިލަން ދުވާނެ ކަމެއްނެތް

 4. ކަލޭމެން ވަރަށް އުފާވޭ ދޯ؟ އެހެންވެދޯ ހާލުގަ ޖެހުނު މީހުންނަށް އެހީވާން ފަންޑުފޮށި ނުހުޅުވާގެން ތިއުޅެނީ. ބަލަ ކަލޭމެން ހާލުގަ ޖެހޭ ދުވަހު އެހީވާކަން ރުހެންޏާ ބަޔަކު ނާންނާނެ. ކަމެއް ކޮށްދިނަސް ކޮށްދޭން ތިބީ އެމީހުން. ކަލޭމެން ތިޔަ ބަދު ދުއާ ކުރާމީހުން.

  • ބުރޯ ކާފަރުންނަށް ހިތާމައެއްވުމުން އެއަށް އުފާކުރުން އެއީ އީމާންކަމުގެ ފޮނިކަން
   ކަލޭއަށް ރިޒުގުދެއްވަނީ އަދި އަހަރެންނަށްވެސް ރިޒުގު ދެއްވަނީ ﷲ
   އެމެރިކާއެއްނޫން
   އަދި އެމެރިކާއެއީ ކަލޭމުސްލިމަކަށްވަންޔާމު ކަލޭގެވެސް އަހަރުންގެވެސް ފާޅުވެގެންވާ އަދުއްވެއް

  • ކޮބާ! ހަނދާންވެސް ބަލި ބޭފުޅެއްކަންނޭގޭ! އިހައްދުވަހު ނޫންތަ ފެންކުންފުނި ހަލާކުވެގެން އިންޑިޔާއިން (ކާފަރުން) ޗައިނާއިން (ކާފަރުން) ފެންގެނެސްގެން ބޮއެހެދީ! ބަލިވީމަ ބޭސްކުރަންދަނީ ކޮންތާކަށް؟ ގޭގަ ހުރެފަ އޮފީހަށްދަނީ ޖަމަލަކަށް އަރައިގެންތަ؟ އަމިއްލަ ދީންވެސް ރަނގަޅަށްނޭގޭ ހާލު އެހެންމީހުންނަށް ދަސްކޮށްދޭންވެސް އެބައުޅޭނު!

 5. ކޮބާތަ ތޫފާނަށް ބަޑިޖަހާމީހުން. އޭގެތެރޭގައި މިއުޅޭ މަހޭއާއި ކާފަރުންގެ އަޅުކަލޭގެއާއި ރާނީީގެ ބޯއީ އާއި ކިއްލި ބާސާއާއި ކަނބިލި ހިމެނޭބާ.ކާފަރުން ކަމެއްކުރަންޏާ އެކަމެއްގައި ބައިވެރިވެލްނަ ޖެހޭނެ. އެއީނު ފެޝަނަކީ.

 6. ކޮމެންޓް ތައް ބަލާފައި ވަރަށް ޙައިރާން ވިއެވެ. އެންމެ ފުރަތަމަ ތިމާގެ ކިބައިގައި އިންސާނަކަށް ވީތީ އިންސާނިއްޔަތު ކަން އަށަގަންނަވާށެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ދީނުގެ މަގެވެ. ހަރުކަށިކަމާއި ނުލަފާކަމަކީ ޝައިޠާނީ ސިފައެކެވެ. މިފަދަ ޠޫފަާންތަކުން ސަލާމަތް ކޮށް ދެއވުން އެދި ދުޢާކުރުން ހުއްޓެވެ. ރާއްޖެއަށް ސުނާމީ އެރި ދުވަސް މަތީން ހަނދާން ކުރާށެވެ. މާލެ އިން ފެން ހުސް ވި ދުވަސް ހަނދާން ކުރާށެވެ.

 7. އާދަމް ނަވާޒް ތިކުރާ ހިތްވަރަށް ސާބަސް ދެން ﷲ ތިބާ ތިކުރާ މަސައްކަތުގައި ބަރަކާތާއި ކާމިޔާބު ލައްވާންދޭން ! އާމީން

 8. ފުރިހަމަމުސްލިމެއްގެ ދުޢާ އާއި ﷲ ދެމެދު ހުރަހެއްނެތް އެއްވެސްބަޔަކު ނެތިކުރެއްވުމަށް ދުޢާ ކުރުމެއްނުވެ ކިތަންމެޖާހިލަސް އެބަޔަކަށް ނޫނީ މީހަކަށް ހިޔޮވިސްނުންދެއްވާ ދުޢާކުރުމަކީ މުސްލިމުންގެ ސިފަ

 9. އެއްވެސްބަޔަށް ދެރަގޮތެއްވާން އެދިގެންނުވާނެ ކާފަރުންނަށް ނުވިސްނެނީ

 10. ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ އެފަދަނުރަށްކާތެރި ހުރިހާކަމަކުން އިސްލާމީމުޅި އުންމަތާ މުޅިދުނިޔެ ރަށްކާތެރިކޮއްދެއްވާ ކާފަރުންގެހިއްތަކަށް މުސްލިމުންގެމަށްޗަށް ލޯބިޖައްސަވާންދޭވެ.އާމީން

 11. ކޮބާ ބަޑި ޖަހަން ނިކުތް މީހުން

 12. ޑިމޮކްރަޓިސްޓް

  އަލްހަމްދުﷲ.. ތި ގައުމު ހަލާކުކޮށް ނެތިކުރައްވާފާންދޭވެ.. އާމީން..

  • އެތާގަ ވެސް މުސްލިމުން އުޅެއެ.....

  • އަމިއްލައައް ނިކަމެތިވެ ކާފަރުންނާއެކު މަސްހުނިވާންދިޔަމީހުން އެއީ(މީގައި އެތާގެ ޖަލުތަކާއި އެތަނުގެ ޠާޣޫތުން ޕާސްޕޯޓު ހިފެހެއްތިމީހުން ނުހިމެނޭ)
   ބަދުރުގެ ދުވަހު އިނގުނު ހިޖުރަނުކޮށްތިބިމީހުނަށްް

 13. މުސްލިމުންނަކީ އެހެންމީހުންނައް މުސީބާތެއް ކުރިމަތިވާ ހިނދު އެކަމާ ހަމްދަރުދީ ވާމީހުން އެމީހުން ތިމާޔާމެދު ކަންކުރި ގޮތްގެބަދަލު ހިފާ ރުޅިވެރި ކަންފާޅު ކުރާބައެއްނޫން

 14. ޢަލްޙަމްދުﷲ

 15. ތިޔަވަރުން ވެސް ކަލޭމެންނަށް އެއްޗެއް ވުސްނިއްޖެޔާ ކިތައްމެހާވެސް ރަނގަޅު. މުސްލިމު ގައުމުތަކަށް ހަމަލާދީ އެބައިމީހުން ނިކަމެތި ކުރި ހަނދާން ވޭތަ.

 16. އާމީން.

 17. ޢިންނާލިﷲ ވައިއްނާ އިލައި ރާޖިޢޫން

 18. ޚކުށެއް ނެތް މުސްލިމުން މަރާ މީހުންނަށް ވާނެ ގޮތް

 19. ޢަލްހަމްދު ލިއްލަަަހި

 20. ޢަލްހަމްދުﷲ.

 21. اللله اكبر!! سوريا ولعراق سننا فت كرمق بدل

 22. ހަނދާންވަނީ އީރާގް ސުއްނާފަތި ކުރި މަތިން ދެން އަންނަނީ ހިނި.

 23. ޙުސައިން ނައީމު މުލި

  ޫފާން ޢިރުމް ގެ ސަބަބުން ވެސް އެމެރިކާގެ ކާފަރުންގަޑަށް ރަނގަޅު ފިލާވަޅެއް ލިބިއްޖިއޔާ ކިތއްމެހާވެސް ރަނގަޅު

 24. .ކޮބާ ގަދަބަސްބނި ތުރަންޕު ނިކަން މޮޅިއްޔާ އައިކޮޅައް ތޫފާން ފޮނުވާލަބަލަ ގަދަބަސްބުނާ މީހުންގެ ނިމުން ވަރަށް ހިތިވާނެ

  • ދޮންއާދަނުބެ. ކަލޭ ތިޔަބުނަނީ ގަދަ ބަހެއް ނޫންތަ؟ ކަލެއަށް ލިބޭނެ މޮޅެއް ބަލަން ނިކަން ހުރެބަލަ.

 25. އެމީހުން ހީކުރީ އެމީހުންނަކީ ސުޕާރ ޕަވާ ކަމައް ދޯ ނިކަން ދެލިބަލަ ކުދަދުން ވަންތަކަން...

 26. ކުއްތާއިން ރައްގާއާއި މޯސުލްއާއި އިސްލާމުދީނައްނަސްރުދޭން ތައުހީދުގެ މަތީގައި ތިބިމީހުން ފުޑާލާފަ ފިލާތިބެވިއްޖެތަ
  ތިއޮތީ ﷲ ގެ ލަސްކަރު ކަލޭމެނާ ހަމަޔައް ފޯރާފަ
  އިންސާﷲ އެމެރިކާ އާއި އެެރިކާގެ އައުވާނުން ބިމައްތިރިވާނެ
  ދެންފެންނާނީ ސައުދީއާއި ކަދުރުކޯލިސަނުން އެމެރިކާއަށް އެހީވާތަން
  އަދި ޠާޣޫތުންތައް އަވަހައް އެމީހުންގެ ވެރިމީހާއަށް ތައުޒިޔާކިޔާކަން
  #ކުރުރަކީ އެއްމިއްލަތެއް

 27. ސުބްހާނައްﷲ