ސިންގަޕޫރުގެ ދައުލަތް ހިންގުމަށް 2017 ވަނަ އަހަރު ކަނޑައެޅި ބަޖެޓު ސާޕްލަސްވުމާ ގުޅިގެން، އެޤައުމުގެ 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ބޯނަސްގެ ގޮތުގައި ފައިސާ ބެހުމަށް ނިންމައިފިއެވެ.

އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ޚަބަރުތައް ގެނެސްދޭ "ޗެނަލް ނިއުސް އޭޝިޔާ" އިން ބުނެފައިވާގޮތުގައި ކޮންމެ ރައްޔިތަކަށް 100 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ ފައިސާ ލިބޭނެކަމަށާއި، އެކަން ކަނޑައަޅާނީ އެމީހެއްގެ އާމްދަނީއަށް ރިއާޔަތްކުރުމަށް ފަހުގައިކަމަށެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުން ގާތްގަނޑަކަށް 10 ބިލިޔަން ޑޮލަރު ސާޕްލަސްވެފައިވެއެވެ. އަދި، މިއީ އެޤައުމުގެ ސަރުކާރުތަކުން މީގެކުރިން ކޮށްފައިވާ ތަރައްޤީގެ މަސައްކަތްތަކުގެ ނަތީޖާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ސާޕްލަސްވި ފައިސާ އާއްމުންނަށް ބެހުމަށްފަހު، އެޤައުމުގެ ރޭލު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް ބޭނުންކުރާނެއެވެ. ހަމައެހެންމެ، އިސް ރަށްވެހިންގެ އިންޝުއަރެންސް ސްކީމަކަށްވެސް މި ފައިސާ ބޭނުންކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ބަޖެޓު ސާޕްލަސްކަމަށް ބަލާނީ ކުރަން ޖެހޭ ޚަރަދުތަކަށްވުރެ ލިބުނު އާމްދަނީ އިތުރުވުމެވެ.

އެހެންކަމުން، ސިންގަޕޫރު މިއީ ނަމޫނާ ޤައުމެއް ނޫން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙަސަނާ

  ދިވެހި ހުރިހާ ސަރުކާރެއްވެސް ތިހެންވާނަމަ ގައުމު ރަނގަޅުވީސް

 2. އަބްދުއްލާ

  އެހެން ހެދެނީ އެ ގައުމުގެ ކުރީގެ ސަރުކާރުތަކުން ރަނގަޅަށް އަމަލު ކޮށްފާހުރުމުން. ދަރަނި ނުނަގާ އަދި ރަނގަޅު ރިޒާވް އެއް އޮތުމުން. ސިނަގަޕޯރަކީ އެމީހުންގެ ރިޒާވް ފައިސާގަ އެތައްބިލިއަން ހުރި ގައުމެއް. ދުނިޔޭގެ ނިސްބަތުން އންމެ ރިޒާވް ބޮޑު އެއްގައުމު.ގައުމު އޮތީ ތަރައްގީވެފަ .ކުރަންޖެހޭ ކަމެއްނެތޭ ބުނެވޭވަރަށް ގައުމވަނީ މައްޗަށް ގެންގޮއްސާ . ވީމާ ބޯނަސް ދެވިދާނެ.

 3. މީހާ

  ވަގުން ނުމަޅާނަމަ ރާއްޖޭގައިވެސް މިހެން ވެދާނެ ތޯޗެ!

 4. ާއަހުމަދު

  ޜާއްޖެވެސް އެހިސާބައް ދާނެ. ފަޔައް ހިނިއަރައިގެން ނުތެޅި ކެތްކޮލަބަލަ ކެތްތެރިވާންވާނެ

 5. ބިސްބެ

  ޔާމީނު ވެރިކަމުން ދުރުކޮށް އުގޭލް ވެރިކަމައް އިންތިހާބު ކުރަންވީ، މިހާރު ރާއްޖެއައްކުރިމަތިވާ ކަންކަމުން އަރައިގަނެވޭނީ ސިޔާސީ ބޭފުޅުން އެއްފަރާތް ވެގެންކަމައް ދެކެން

 6. އައިމަން

  ﷲ އިރާދަފުޅުކުރެއްވިއްޔާ ދެންވާނެ