އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތުރުކީގެ ފައުޖުތައް އެ ގައުމުން ފައިބަން ޖެހޭނެ ކަމަށް ތާލިބާނުގެ ތަރުޖަމާނު ސުހައިލް ޝާހީން ބުނެފިއެވެ.

ތާލިބާނުން މިހެން ބުނެފައިވަނީ މިދިޔަ އަހަރު ބޭރު ގައުމުތަކުގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބޭލުމަށް ވެވުނު އެއްބަސްވުމަށް ރިއާޔަތް ކޮށެެވެ. އެ އެެއްބަސްވުމުގެ ދަށުން މިދިޔަ މަހުގެ 21 ވަަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބާލަންޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން މިހާތަނަށް އެގައުމުގައި ތިބި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އަދި އެގައުމުގައި ތިބި ނޭޓޯގެ ސިފައިންވެސް ގައުމުން ބޭލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތުރުކީގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ތާލިބާނުން އަންގާފައިވަނީ އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލްގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރާ ހަވާލުވެ ސަލާމަތީ ކަންކަން ބަލަހައްޓައިދިނުމަށް ތުރުކީއިން އެދިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އައު ސަރުކާރު ރުއްސުމަށް ތުރުކީން އެކަން ހުށަހެޅި ނަމަވެސް ތާލިބާނުން ވަނީ ތުރުކީގެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ.

"ތުރުކީ އަކީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ނޭޓޯގެ ބައެއް. އެހެން ކަމުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތުރުކީގެ ސިފައިން ވެސް އަފްޣާނިސްތާން ދޫކޮށް ދާން ވާނެ" ތާލިބާނުންގެ ތަރުޖަމާނު ޝާހީން ބުންޏެެވެ.

ތުރުކީ އަކީ ވަރުގަދަ އިސްލާމީ ގައުމެއް ކަމަށާއި، އަފްޣާނިސްތާނުގައި ތިބި ތުރުކީގެ ސިފައިން އެގައުމު ދޫކޮށްދާން އެންގި ކަމުގައި ވިޔަސް، އެހެން ގޮތް ގޮތުން ގުޅުން ބާއްވަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްލިމް ބަނީ އިސްރާއީލް

    ﷲ އަކްބަރު ! ޚުރާސާނުން ލަޝްކަރު ނުކުންނާނެ އަލް ޤުދުސް ފަތަޙަ ކުރުމަށް އެ ލަޝްކަރު ހުއްޓުވޭނެ ބަޔަކު ނުތިބޭނެ !

    5
    5
    • މޫސަ ހަސަން

      ތިގޮތަށް ފޮނި ކެޑި އައިއެސްއެސް ވެސް، ނުކިޔަވާ ޖާހިލުކަންމަތީ އުޅޭ ބަޔަކަށް ކުރެވޭނެ ކަމެއް ނެއް. ތިހެން ހިޔާލީ ހުވަފެނުގައި ތިބެ ނިމިގެން ދާނީ. ކަލޭމެންގެ ހުރިހާވެސް ކަމަކީ ޖާހިލުކަން ކުރި އެރުވުމާއި، ބާބަރެއިންސުންގެ ގޮތުގައި އުޅުން

      2
      2
      • ޝަހުދާން

        ކަލޭމެން ކުރިއަރާފަތިބިކަމައް ބުނާ ގައުމުތަކަކުގައި އެއްޖިންސުން މީހުން ކައިވެނިކޮއް އިންސާނާގެ ގުދުރަތީ ހަގީގަތާއި ޚިލާފައް ޖިންސީ ގުޅުން ހިންގޭ. މަސްތުވާތަކެެއްޗަކީ އެއީ ހުއްދަ އެއްޗެެއް. ޖަނަވާރުތައް ފަދައިން އަންހެނުން އޮރިޔާމުން އުޅުމަކީ އެއީ މޮޅުކަމެއް. އަދިވެސް ކަލޭމެންނައް ގަބޫލ ކުރެވެނީ އެއީ ކުރިއެރުމާއި ތަރައްގީކަމައްތަ.؟