ލޮލަށް ނުފެނު ނަމަވެސް ކަންކަން ކުރެވޭނެ ކަމަށް އެފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އަންނަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން މިއީ ވެސް ލޮލަށް ނުފެންނަ އެކަމަކު ކަންކަން ކުރެވޭނެ ކަން ދައްކައި ދީފައިވާ މީހެއްގެ ވާހަކަ އެކެވެ.

އުމުރުން 41 އަހަރުގެ ޖެސިކާ ލައުޒާ އަކީ އޭނާ ދެވަނަ ގްރޭޑުގައި ކިޔަވަން ފެށީއްސުރެ ރާޒުވާ ކުޅުމަށް ފޯރި ހުންނަ މީހެކެވެ.

އޭނާގެ ކުޅުމަށް ބަލާއިރު، ގިނަ ބަޔަކަށް އޭނާއާއި ދެކޮޅަށް ނުކުޅެވެނީ ކުޅުން އަވަސް ކަމުން ކަމަށް އޭނާ ބުނެއެވެ. އެގޮތަށް އަވަސް ކުޅުމެއް ކުޅެ ދެކޮޅަށް ކުޅެން ހުންނަ މީހާ ޕްރެޝަރަށް އޭނާ ވައްޓާލައެވެ.

ލޮލަށް ނުފެނުނު ނަމަވެސް، ކަންކަން ކުރެވޭނެ ކަންކަން ދައްކައި އޭނާ ވަނީ ބޮޑެތި މުބާރާތްތައް ކާމިޔާބު ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރާޒުވާ މުބާރާތަކުން ޖާގަ ކަށަވަރު ކުރުމަށްފަހު އޭނާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

"އަހަރެން ރާޒުވާ ކުޅޭއިރު، ކުޅެނީ ވަރަށް ފޯރީގައި. އެއީ ކޮންމެ މީހެއް ވިއަސް. ކިހާ ފައިސާއެއް ހުރި މީހެއް ވިއަސް. ދެކޮޅަށް ބަލައިގެން ކުޅެނީ" އޭނާ ބުންޏެވެ.

އޭނާއަކީ ލޮލަށް ނުފެންނަ މީހެއް ކަމުން އެހާ މޮޅުކޮށް ރާޒުވާ ކުޅޭތީ ގިނަ ބަޔަކު ވަނީ އޭނާ އަކީ އެއްކޮށް ލޮލަށް ނުފެންނަ މީހެއްތޯ ސުވާލު ކޮށްފައެވެ. އެސުވާލުތަކަށް އޭނާ ބުނެފައިވަނީ އޭނާ ރާޒުވާ ކުޅޭއިރު، ރާޒުވާގެ އެތިކޮޅުތައް ފެންނަނީ ފުސްކޮށް ކަމަށެވެ. އަދި އެ އެއްޗެހި އަތުރާފައި ހުންނަ ގޮތުން އެ ގޭމު ކުޅެން ފަސޭހަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީމާ

    އިއާން ނެޕޯމްނިއާޗީ ކެނޑިޑޭޓް ޓޯރނަމެންޓް ޗެންޕިއަންކަން ހޯދައި، ދުނިޔޭގެ ޗެމްޕިއަން މެގްނަސް އާ ނޮވެންބަރު މަހު އޮންނަ ދުނިޔޭގެ ޗެސްޗެމްޕިއަން ކަމައް ވާދަ ކުރާއިރު އެއިން އެއްވެސް ހަބަރެއް ނުގެނެސްދޭތީ ދެރަ.

  2. ބަނބޫ

    ވަގުތު މީހުންނަކީ ޗެސް ވޯރލްޑް ބްރޯސް ކުރާ ބައެއް ނޫން..

    އެކަމް އުއްތަރު ޕްރަދޭސްގަ މީހެއް ޗަކަވަޅަކައް ފުއްމާލިއްޔާ އެވާހަކަ ލިޔާނެ.

    8
    1