ޕާކިސްތާންގައި ރޭޕް ގިނަ ވަނީ އަންހެނުން ހެދުން އަޅާ ގޮތުން ކަމަށް ވިދާޅުވެ، އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން، އަންހެނުން ހެދުން އަޅާ ގޮތް ކުށްވެރި ކުރައްވައިފިއެވެ.

ބޮޑުވަޒީރު ވިދާޅުވީ އަންހެނުން ކުރު ހެދުން ލައި ނިވާކަން ކުޑަކޮށް އުޅުމުން އެކަމުގެ އަސަރު ފިރިހެނުންނަށް ކުރާނެ ކަމަށެވެ.

''އަންހެނަކު ކުރު ހެދުން ލާނަމަ އެކަމުގެ އަސަރު ފިރިހެނުންނަށް ކުރާނެ. އެއީ ރޮބޮޓުން ކަމުގައި ނުވާނަމަ. މިއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެއް'' އެޗް ބީ އޯއަށް ދިން އިންޓަވިއުގައި އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން އެގޮތަށް ވިދާޅުވުމުން، މީސް މީޑިއާގެ އެކައުންޓުތައް ގެންގުޅޭ ގިނަ މީހުން މިކަމަކާ އެއްބަހެއް ނުވެއެވެ. އަދި އެކި ފަރާތްތަކުން ދަނީ އިމްރާން މިގޮތަށް ވާހަކަ ދެއްކެވުމުން ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

''ރޭޕްގެ ޝިކާރައަށްވާ މީހުންގެ ބޮލުގައި އިމްރާން އަނެއްކާ ވެސް އިލްޒާމް އަޅުވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. އެއީ ވަރަށް ހިތާމަ ހުރި އަދި ރަނގަޅު ކުރަން ޖެހޭ ކަމެއް''

އިމްރާން ޚާންގެ ފޯކަލް ބޭފުޅާ ކުރެއްވި ޓުވީޓެއްގައި ވަނީ އަނެއްކާ ވެސް ބޮޑުވަޒީރުގެ ވާހަކަފުޅު އެއްކޮށް އަޑުނާހާ އެކަމާ ގުޅޭ ގޮތުން މީހުން ފާޑުކިޔަމުންދާ ކަމަށެވެ. އަދި އިމްރާންގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ މިއަދުގެ މުޖުތަމައުގެ ހާލަތު އޮތް ގޮތް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން އިމްރާން ދެއްވި އިންޓަވިއުއެއްގައި ވެސް ރޭޕް ގިނަވަނީ އަންހެނުން ހެދުން އަޅާ ގޮތުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަލްޖިބްރާ

  ކޮންމެ މީހަކު ބުންޏަސް ރަގަޅު ވާހަކައެއް ވާނީ ރަގަޅު ވާހަކައަކަށް ! މުޅި ދުނިޔެ ދެކޮޅު ހެދިއަސް ވަރިހަމަ ! އަންހެނުންގެ ހުރިހާ ވަނާތަކެއް އެގޭހެން ހެދުން އަޅައިގެން މަގުތަކަށް ނުކުތީމާ ވާގޮތް އެންމެނަށްވެސް އެގޭނެ ! ހަމައެގޮތަށް ފާޑުފާޑަށް ކުރު އެއްޗިހިލައިގެން މަގުތަކަށް ނިކުމެ ފިރިހެންނުންގެ ކުރިމަތީގައި އެބުރެން ފެށީމާ އެކަމުގެ އަސަރު ނުކޮށް ނުހުންނާނެ ! ދެން ބުނޭ ! ފިރިހެނުންގެ ވަޙުޝީކަން ބޮޑީއޭ ! އަންހެނުންވެސް އެވައްތަރަށް އުޅެނީ އެމީހުންގެ ވަހުޝީކަންވެސް ބޮޑުވީމަ ! ބައެއް އަންހެނުންނަށް ހީވާ ކަހަލަ އެމީހުންގެ ވަނާތަކުގެ ފުރިހަމަކަން ފިރިހެނުންނަށް ދައްކައިގެން ނޫނީ އެމީހުނަށް އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެއޭ !

  31
  1
  • ހެލޯ

   އޮރިޔާމުން ހުއްޓަސް ރޭޕް ކުރެވިގެން ނުވާނެ

 2. ނަން

  ބަޔަކު މީހުންނަށް ހަޖަމުކުރަން ކިތަންމެ އުނދަގޫވިޔަސް އިމްރާން ތިބުނީ ހަމަ ސަތޭކައިގެ ވާހަކައެއް. އެންމެނަށް އެނގޭ ބޮޑު ހަގީގަތެއް.

  33
  1
 3. ރަދީފުލް ކުމާރު

  މިގައުމަށްވެސް ބޭނުންވަނީ އިމްރާނާ އުރުދުޣާންފަދަ ވެރިން.

  29
  4
 4. ައަހުމަދު

  ސިކުނޑިސަލާމަތުން ހުންނަ ކޮންމެމީހަކަށްވެސް އެނގޭނެ އިމްރާން އެވިދާލުވީ އެކަން އޮތްގޮތްކަން ދެން އެގޮތަށް އުޅޭމީހުން އިމްރަންގެ ވާހަކަޔާއި ދެކޮޅުވާނެ.

  20
 5. ނަޝީދު

  އިމްރާން ޚާން ވިދާޅުވީ ތެދުފުޅެއް އެކަން ޤްރާން އިންް ސާބިތު ކޮށްދޭ...