ކޮވިޑް-19 އަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބޯޓަރީ އަކުން ލީކްވެފައިވާ ވައިރަހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަން ފަށައިފިއެވެ.
ފޮކްސް ނިއުސްއިން ކުރި ސާވޭ އަކުން ދައްކާ ގޮތުން 60 އިންސައްތަ މީހުން ގަބޫލުކުރަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބޯޓަރީއަކުން ލީކްވެފައިވާ ވައިރަހެއް ކަމަށެވެ. އަދި 31 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑް އާލަމީވަބާގެ ފެށުމަކީ ގުދުރަތީ ކާރިސާއެކެވެ.
މެޖޯރިޓީގެ 79 އިންސައްތަ އަކީ ރިޕަބްލިކަންސްއެވެ. ލެބުން ލީކްވީ ވައިރަހެއް ކަމަށް ބުނާ އަނެއް 58 އިންސައްތަ މީހުންނަކީ މިނިވަން ބައެކެވެ. ޑިމޮކްރަޓުންގެ ތެރެއިން 41 އިންސައްތަ މީހުން މެޖޯރިޓީގެ ހިޔާލަށް ތާއިދުކޮށްފައިވާއިރު، 46 އިންސައްތަ މީހުން ގަބޫލުކުރަނީ ކޮވިޑަކީ ގުދުރަތީ ކާރިސާއެއް ކަމަށެވެ.
މިއިން އެއްވެސް ގޮތަކަށް ގަބޫލުކުރުމަށް ސައިންޓިފިކް ހެއްކެއް ލިބިފައެއް ނުވެއެވެ.
ފޮކްސް ނިއުސްގެ ސާވޭގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބުނަނީ ކޮވިޑް އާލަމީ ވަބާގެ ސަބަބުން އެމެރިކާ ރައްޔިތުންގެ ދިރިއުޅުމަށް ދާއިމީ ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި 42 އިންސައްތަ މީހުން ބުނަނީ މިއީ ވަގުތީ ބަދަލެއް ކަމަށެވެ. ކޮވިޑްގެ ސަބަބުން ދިިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ގަބޫލުކުރަނީ ސާވޭގެ ބައިވެރިންގެ ތެރެއިން ހަ އިންސައްތަ މީހުންނެވެ.
ކޮވިޑް-19 ވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގައި ހުރި ލެބޯޓަރީއަކުން ލީކްވެފައިވާ ވައިރަހެއް ކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. ޓްރަމްޕް ބުނީ ޗައިނާގެ ލެބޯޓަރީ އަކުން ވައިރަސް ލީކްވި ކަމަށާއި، އެކަމާއި ގުޅިގެން އެކަށީގެންވާ މައުލޫމާތު ވެސް ހާމަކޮށްފައިނުވާ ކަމަށެވެ.
ކޮވިޑުގެ ސަބަބުން އެއްވެސް ބަދަލެއް ދިވެހިރާއްޖެއައް ނާދޭ. ހަމަ ކުލި ހުރީ އެއްވަރެެއްގައި ހިފެހެއްޓިފައި ބައެއްފަހަރު އިތުރައް ބޮޑުވަނީ