އަވައްޓެރި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ސްކޫލެއްގައި ތަޢުލީމު ހާސިލްކުރަމުންދިޔަ ކުޑަ ކުއްޖަކަށް ވަޅިން ޙަމަލާދީ، އެ ސްކޫލްގެ ފާހަނާ ތެރެއަށް އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ޒަޚަމްވި ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެކުއްޖާ ވަނީ ދުނިޔެއާއި ވަކިވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ވަޅިން ޙަމަލާދީފައި ވަނީ އެކުއްޖާގެ ބަނޑަށެވެ. މިއީ ގްރޭޑް 9 ގައި ތަޢުލީމު ހާސިލްކުރަމުން ދިޔަ ކުއްޖެކެވެ.

މި މައްސަލަ އާއި ގުޅޭ ޚާއްސަ ތަހުޤީޤެއް މިހާރު ގުޖުރާތުގެ ކަމާއިބެހޭ އިދާރާތަކުން ފަށާފައިވާއިރު، މި މާރާމާރީގެ ފަހަތުގައި ތިބި ބަޔަކު އަދި ދެނެގަނެވިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އެކަމަށް ޚާއްސަ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

ގުޖްރާތްގެ ސްކޫލެއްގައި މިއަަދު ކުއްޖަކު މަރާލާފައި އޮއްވާ ފެނުނުއިރު، މިދިޔަ އަހަރުގެ ސެޕްޓްބަރު މަސް ތެރޭގައި ގުރްޖައުންގައި ހުންނަ ރީއާން އިންޓަނޭޝަނަލް ސްކޫލްގެ ފާހަނަ ކައިރީގައި ސްކޫލް ދަރިވަރަކު ކަރު ބުރިކޮށްފައި އޮއްވާ ވަނީ ފެނިފައެވެ. އެ މައްސަލާގައި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކު ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ޞުބުޙާނަﷲ