ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކަށް ޕުލާސްޓިކު ވަނީ ވެފައެވެ. އެފަދަ ތަކެތީގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ޝަކުވާތައް އަބަދުވެ އަޑު އިވެމުންދެއެވެ.

މިފަދަ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ސައިންސްވެރިން މިވަނީ އެކަމުން ސަލާމަތްވެވޭނެ މަގެއް ހޯދާފައެވެ. އެއީ އަތްވަށް ވިރޭ ކަހަލަ ޕުލާސްޓިކެއް އުފެއްދުމެވެ.

ސައިންސްވެރިން ބުނެފައިވަނީ އެފަދަ ޕުލާސްޓިކުގެ ބޭނުންކޮށް، ބޭރަށް އުކާލާއިފިނަމަ، އެތަކެތީގެ ގެއްލުން އެހެން ބަޔަކަށް ނުވާނެ ކަމަށާއި އަވިދެންޏާ އެތަކެތި ހަތްފާއެއްގެ ތެރޭ ވިރިގެން ދާނެ ކަމަށެވެ.

ޗައިނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން މި ޕުލާސްޓިކު އުފައްދާފައިވަނީ ޗެމިކަލް ދެނެގަންނާނެ ޕްރޮޖެކްޓަކަށް ތައްޔާރުވަމުން ދިޔަ ވަގުތެއްގައެވެ.

އެގޮތުން އެންމެ ފުރަތަމަ އުފައްދާފައިވާ ޕޮލިމާ އިން ޕީއެޗް ލެވެލް ތަފާތުވުމުން ކުލަ ބަދަލު ކޮށްދޭކަން ސައިންސްވެރިންނަށް ވަނީ އެނގިފައެވެ. އޭގެ ފަހުން އެފަރާތްތަކުން ވަނީ އަވިދިނުމުން ވިރައިގެންދާ ޕުލާސްޓިކް އުފައްދާފައެވެ.

އެފަރާތްތަކުން ބުނީ، އަތްވާއި އޮކްސިޖަނާއި އެއްވުމުގެ ސަބަބުން ހަފްތާއެއްގެ ތެރޭގައި ބޭރަށް އުކާލާފައިވާ ޕުލާސްޓިކްތައް ތިމާވެއްޓަށް ގެއްލުން ނުވެ، ނެތިގެންދާނެ ކަމަށެވެ. އެގޮތަށް ނެތިގެންދާއިރު، އޭގެއިން އެސިޑެއް ދޫކުރާ ކަމަށާއި އެހެން ނަމަވެސް އެއީ ނުރައްކާތެރި އެސިޑެއް ނޫން ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މިފަދަ އުފެއްދުމެއް ސައިންސްވެރިން އުފައްދާފައިވާއިރު، އެފަރާތްތަކުން މިހާރު އަންނަނީ އިންސާނުން ބޭނުން ކުރާ ޕުލާސްޓިކާއި މިތަކެތި ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.