އިރުމަތީ ޗައިނާއަށް މިހާރު އަރަމުންދާ ތޫފާން "އިންފާ" އާ ގުޅިގެން ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށް ޝަންހާއިގެ ދެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ބަންދުކުރަން ނިންމައިފިއެވެ.

މި ތޫފާނުގައި ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ޝަންހާއީ ސަރުކާރުން ވަނީ ހުރިހާ ވިޔަފާރިއެއް ބަންދުކޮށް ރޭލުގެ ހިދުމަތްތައްވެސް މެދުކަނޑާލައިފައެވެ.

ޒޯއުޝަންގެ ޕިއުޓިއޯ އަވަށަށް އިންފާ މިހާރު އަރާފައިވާއިރު ވާރޭވެހުމުގެ ސަބަބުން ސެންޓްރަލް ޗައިނާގައި ފެންބޮޑުވެ މިހާތަނަށް 58 މީހުން ވަނީ މަރުވެފައެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން މިލިއަނެއްހާ މީހުން ވަނީ އެހެން ހިސާބަކަށް ދާން މަޖުބޫރުވެފައެވެ.

ތޫފާން އަރާފައިވާ ހިސާބުގެ ކަމާބެހޭ ފަރާތްތަކުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި މުދާ ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހާރު ޗައިނާއަށް އަރަމުންދާ ތޫފާނަކީ ޓައިވާނަށް މީގެ ކުރިން އަރާފައިވާ ތޫފާނެކެވެ. އެފަހަރު ޓައިވާނަށް ތޫފާން އަރައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

ޝަންހާއިގެ ގައުމީ ޓީވީ އިން ބުނީ ޝަންހައިގެ ޕޫޑޮންގް އެއާޕޯޓާއި ހޮންގްކިއާއޯ އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ 100 އަށްވުރެ ގިނަ މަތިންދާބޯޓުގެ އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށެވެ.

މީހުން ސަލާމަތްކުރުމަށް ޝަންހާއިގެ ސަލާމަތީ ބާރުތަކާއި މީހުން ސަލާމަތްކުރުމަށް ހާއްސަ ޓީމުތަކުން ހަރަކާތްތެރިވާއިރު ބައެއް މީހުން އަދިވެސް ތިބީ މަގުތަކާއި ބިންތަކުގައި ހެދިފައިވާ ކިސަޑުތަކުގެ އަޑީގައިކަމަށް އެފަރާތްތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު