ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހި ތުރުކީގެ އުތުރު ސަރަހައްދުތަކަށް އިއްޔެ ހެނދުނު ތޫފާނެއް އަރައިފިއެވެ. ގަލްފް ސަރަހައްދަށް މި އަހަރު އެރި އެންމެ ބާރުގަދަ ތޫފާނަށް މި ތޫފާން ވަނީ ވެފައެވެ.

ތޫފާނުގެ ސަބަބުން ގަސްތައް މުލުން ލުހިގެން ވެއްޓުމާއި، ގަހުގެ ގޮފިތައް ބިންދައިގެން ދިޔުން ފަދަ ގެއްލުންތައް އެގައުމަށް ލިބެމުންދާއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

ހަރިކޭން ގްރޭސްގެ އަސަރާއެކު ތުރުކީއަށް ގަޑިއަކު 201 ކިލޯމީޓަރު ބާރުމިނުގައި އަންނަނީ ވައި ޖެހެމުންނެވެ. މަސްވެރިކަންކުރާ ސަރަހައްދުތަކާއި، ބީޗް ރިޒޯޓުތަކަށް ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައެވެ.

ކަމާއި ބެހޭ އިދާރާތަކުން ތޫފާނުގެ ސަބަބުން ގެއްލުން ލިބޭނެވަރު އަންދާޒާކޮށް ހިއްސާކޮށްފައިނުވި ކަމުގައި ވިޔަސް، ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާތަކުން ރިޕޯޓު ކޮށްފައިވެއެެވެ. ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނީ ގްރޭސް ހަރިކޭންގެ ސަބަބުން ގަސްތައް ވެއްޓިފައިވާ ކަމަށާއި، ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މީގެ އިތުރުން މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ ކްލިޕްތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި ތޫފާނުގެ ސަބަބުން ބައެއް އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.

ގްރޭސް ހަރިކޭންގެ އަސަރު އެއްގަމަށް ކުރުމުގެ ކުރިން ތުރުކީގެ ރައީސް އެންޑްރެސް މަނުއެލް ވަނީ 5 ސްޓޭޓެއްގައި ތިބި މީހުންނަށް އުސް ތަންތަނުން ސަލާމަތާއި ރައްކާތެރިކަން ހޯދަން ގޮވާލައިފައެވެ. އަދި އޭގެ އިތުރުން ތޫފާނަށް ހާއްސަކޮށް ރެސްކިއު ޓީމެއް ތައްޔާރު ކޮށްފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިން މެކްސިކޯގެ ކެރީބިއަން ކޯސްޓަށް މި ތޫފާނުގެ އަސަރުކޮށް 700،000 މީހުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބުރޫއަރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    ތަނެއްގައި ހިގައިގެންއުޅޭ ޙާދިސާއެއްގެ ވާހަކަމިގޮތަށް ވާނުވާނުބަލައި ޚަބަރެއްގެ ގޮތުގައި ލިޔެލުމަކީ ވަރަށްދެރަކަމެއް!!