އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އެއާޕޯޓަށް އެެމެރިކާއިން ދިން ހަމަލާ ތާލިބާނުން ކުށްވެރި ކޮށްފިއެެވެ.

ޗައިނާގެ ސްޓޭޓް ޓެލެވިޒަން ސީޖީޓީއެންއަށް އިންޓަވިއު ދެމުން ތާލިބާނުގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވަނީ އެެމެރިކާއިން ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ.

ޒަބިހުﷲ ސީޖީޓީއެންއަށް ދިން އިންޓަވިއުގައި ވިދާޅުވީ އެމެރިކާއިން ކޮށްފައިވަނީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އަދި އިއްޔެ ކާބުލް އެއާޕޯޓަށް ދީފައިވާ ހަމަލާގައި ހަތް މީހަކު މަރުވެފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ހަނގުރާމަވެރިންނާއި އެމެރިކާގެ ފައުޖުތަކާ ދެމެދުވަނީ ހަމަލާބަދަލުކޮށްފައެވެ. އަފްޣާނިސްތާނުގެ ވެރިކަމަށް ދެވަނަ ފަހަރަށް ތާލިބާން ޖަމާޢަތް އައިސްފައިވާ ދަނޑިވަޅެއްގައި ނުރައްކާތެރި ހާލަތެއް އުފެދިފައިވަނީ އެ ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް އާންމުންނެއް ކާބުލްގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހުންނަ ސަރަހައްދަށް ޖަމާވެފައިވަނިކޮށް އައިއެސްގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާއެއްގައި 170 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެމެރިކާގެ 13 ސިފައިންނާއި ތާލިބާނުންގެ 28 ހަނގުރާމަވެރިން ހިމެނެއެވެ.

މި ހަމަލާގެ ރައްދުގައި އެމެރިކާގެ ފައުޖުތަކުންވަނީ ވައިގެ ހަމަލާތަކެއްދީ، ކާބުލްގެ ބޮމުގެ ހަމަލާގެ އެންމެ އިސް މޭސްތިރި މަރާލައިފައެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ކާބުލްގެ ވައިގެ ބަނދަރަށް ހަމަލާދިނުމަށް މަސައްކަތްކުރި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ ފައުޖުތަކުންވަނީ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު އެ މީހުން މަރާލައިފައެވެ.

މިކަމާއި ގުޅިގެން ހަމަލާތައް ކުށްވެރިކޮށް، ތާލިބާނުން ބުނީ އަފްޣާނިސްތާނުގައި އެމެރިކާއިން ހަމަލާބަދަލުކުރަނީ ތާލިބާނުންގެ ހުއްދަނެތިކަމަށާއި އެމެރިކާއިން ދިން ޙަމަލާތަކުގައި އަފްޣާނިސްތާނުގެ އާންމުން މަރުވިކަމަށް ބުނާ މައްސަލަ ބަލާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައުޓް

    އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް އެމެރިކާ އައުޓް

    9
    3
  2. ސަނާމުގު

    އެހެން ޖަމާއަތްތަށް ވީމަ ހައްދުފަހަނަ އެޅިގުރޫޕް. އެމެރިކާވީމަ ސިފައިން. އެކަމު ހިޓްލަރުގެ ޓެރަރިސްޓުންނަގާފަ ފަހުގެތާރީހުގަ އައި އެންމެނުބާ އަދި އެންމެބޮޑު ދެ ޓެރަރިސްޓް ޖަމާއަތަކީ އެމެރިކާ އާއި އިޒްރޭލް. ކީއްކުރާނީ އަދުގެ މުސްލިމުންގެ ހާލަތު.

    14