އޮސްޓްރޭލިއާއަށް އަންނަ ހަފްތާ ތެރޭގައި އެއް މިލިއަން ޑޯޒް މޮޑާނަ ވެކްސިން ލިބޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ކޮވިޑް-19 ކޮންޓްރޯލް ނުވެ ދުވާލެއްގެ މައްޗަށް ދެހާހަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހި ގިނަ ބަޔަކު މަރުވަމުންދާ މި ދަނޑިވަޅުގައި ޔޫރަޕިއަން ނޭޝަންއިން އޮސްޓްރޭލިއާއަށް ވެކްސިން ފޮނުވާނެ ކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިއާއަށް ލިބެމުންދާ ވެކްސިން ޑޯޒްތަކުގެ ތަފުސީލު ދެއްވަމުން އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ އޮސްޓުރޭލިއާއިން ހޯދާފައިވަނީ މޮޑަނާ ވެކްސިންގެ އެއް މިލިޔަން ޑޯޒްކަމަށެވެ. އަދި ސަރުކާރުގެ މަގްސަދަކީ އޮސްޓުރޭލިއާގައި ވެކްސިން ޖަހަމުންދާ ދުވެލި ބޮޑުތަނުން އަވަސްކޮށް، ވެކްސިން ޖަހަމުންދާ މިންވަރު އިތުރުކުރުމަށް ކަމަށް އޭނާވިދާޅުވިއެވެ. އެކަށީގެންވާ ދުވެއްޔެއްގައި އޮސްޓުރޭލިއާގައި ވެކްސިން ޖަހަމުން ނުދާކަން ފާހަގަކުރައްވައި މޮރިސަން ވަނީ މީގެ ކުރިން މާފަށްވެސް އެދިވަޑައިގެންފައެވެ.

އޮސްޓްރޭލިއާގައި ކޮވިޑް ކޮންޓްރޯލް ނުވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގައި ކޮވިޑް ވެކްސިން ދެވޭމިންވަރު ލަސްވުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ކުޑަވުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އެގައުމުގައި ކޮވިޑުން ދިފާއުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މީގެ ކުރިން މޮރިސަން ވަނީ އޮސްޓުރޭލިއާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނީ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމުން ކަމަށް ވިދާޅުވެފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ފުރަބަންދުކޮށްފައެވެ. ފުރަބަންދުކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްއާއި ވިކްޓޯރިޔާއާއި ވެރިކަންކުރާ މެލްބަން ހިމެނެއެވެ.

އޮސްޓްރޭލިޔާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ސްޓޭޓަކީ ނިޔު ސައުތު ވޭލްސްއެވެ. އެ ސްޓޭޓްގައި ދުވާލެއްގެ މައްޗަށް ދޮޅު ހާހާއި ދެހާހާ ދެމެދުގެ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެއެވެ. އަދި އެވްރެޖްކޮށް ފަސްމީހުންނާއި ދިހަ މީހުންނާ ދެމެދު އަދަދަކަށް އެބަލީގައި މީހުންވެސް މަރުވާކަމަށް ރިޕޯޓުތައް ބުނެއެވެ.