ހޮންކޮންގްގައި އެ ސިޓީއަށް ލީޑަރެއް ހޮވުމަށާއި، ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން ހޮވުމަށް ނުފޫޒުގަދަ ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.

ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ލީޑަރުން ހޮވަން ހަމަޖެހިފައިވަނީ ޗައިނާގެ "ޗައިނާއަށް ހެޔޮއެދޭ މީހުން އެކަނި" އުސޫލުގެ ދަަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާ ސިސްޓަމާ އެއްގޮތަށް އެންމެ ފުރަތަމަ ޕޯލްއެއް ނަގާފައިވަނީ "ޕެޓްރިއަޓްސް ރޫލް ހޮންކޮންގް" މި ޝިއާރުގެ ދަަަށުންނެވެ. މި ވޯޓު އާދިއްތަ ދުވަހު ނަގާފައިވާއިރު، 1,500 ގޮނޑިއެއް ހޮވުމަށް ވޯޓު ނަގާފައިވެއެވެ.

އަންނަ ޑިސެމްބަރު މަހު އެކުލަވާލެވޭ ކޮމިޓީއިން އެ ސިޓީގެ ގާނޫނު ހަދާ މަޖިލީހުގެ 90 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ހޮވާނެ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ބާކީ ތިބި ތަނުން 30 މެމްބަރަކު ހޮވާނީ ހާއްސަ ގުރޫޕަކުން ކަމަށާއި، އޭގެ އިތުރުން ދެންތިބި 20 މީހުންނަކީ ކޮމިޓީއެއްގެ ފާހެއްނެތި އިންތިހާބުވާނެ މެމްބަރުން ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ބެއިޖިންގްގައި އާ ސިޔާސީ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތުގެ ތެރެއިން އޮފީސްތަކަށް "އެންޓި-ޗައިނާ" އަޑުފަތުރާ އެއްވެސް މީހަކު އޮފީހަށް އެތެރެނުވާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުންނެވެ.

2016ވަނަ އަހަރު އިލެކްޝަން ކޮމިޓީ ހޮވުމުގެ ފުރުސަތު 233,000 ހޮންކޮންގްގެ ރައްޔިތަކަށް ލިބިގެން ދިޔައެވެ. ނަމަވެސް، މިއަހަރު ވަނީ އަދަދު މަދުކޮށް، 4,800 އަށް ބަދަލު ކޮށްފައެވެ.

އާ ސިޔާސީ ސިސްޓަމުގެ އިތުރުން ޗައިނާއިން ވަނީ ޗައިނާއާއި ދެކޮޅު ހަބަރުތައް ފެތުރުމާއި، ދެކޮޅަށް ވާހަކަ ދެއްކުމާއި ދެކޮޅަށްވެސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ޗައިނާގެ ސަރުކާރާއި ދެކޮޅު ފަރާތްތައް ހައްޔަރު ކުރުމާއި، ޕްރޮ-ޑިމޮކްރަސީ ގުރޫޕުތަކާއި އައުޓްލެޓްތަކަށް ފިޔަވަޅު އެޅުން އަދި ބައެއް ފަރާތްތައް ސަރުކާރުގެ އޮފިސްތަކުން ވަކިކުރުން ހިމެނެއެވެ.