އިންޑިއާގެ މުމްބާއީގެ ކިންގ އެޑްވާޑް މެމޯރިަލް (ކިމް) ހޮސްޕިޓަލުގައި މެޑިސިން ކިޔަަވަމުންދާ 29 ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ދަރިވަރުންގެ ތެރެއިން 27 ދަރިވަރުންނަކީ ބަލިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުންނެވެ. އަދި ކޮވިޑަށް ފައްސިި 23 މީހުންނަކީ އެމްބީބީއެސްގެ ދެވަނަ އަހަރުގެ ދަރިވަރުން ކަމަށާއި، ހަ ދަރިވަރުންނަކީ ފުރަތަމަ އަހަރުގެ ދަރިވަރުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފައްސިވި ދަރިވަރިންގެ ތެރެއިން ދެ ދަރިވަރުންނަށް ދަނީ ސެވަލް ހިލްސް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އަދި ބާކީ ތިބި ދަރިވަރުން ކައިރީގައި ކަރަންޓީންވުމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ފައްސިވި ކުދިންގެ ގައިން ބަލީގެ ކުދިކުދި އަލަމާތްތައް ފެންނަ ކަމަށާއި، އެކުދިންނަށް ބަލި ޖެހުނީ ބޭއްވި ސަގާފީ ކުޅިވަރުގެ ހަރަކާތެެެއްގެ ސަބަބުން ކަަމަށް އެ ކޮލެޖުން ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކޮލެޖްގައި މިހާރުވެސް 1100 ދަރިވަރަކު އެމްބީބީއެސް ކޯސް ފުރިހަމަ ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު